ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ކާގޯ ބްރިޖެއް އަޅަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި "ހޮޓެލިއާ ސަމިޓް 2018" ޝަރަފްވެރި ކުރައްވާ ވާހަކަފުުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެއް ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން އަޅާ އައު ރަންވޭ އަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެގުނަ އިތުރުކުރުމަށް އަޅާ ރަންވޭއެއް ކަމަށް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އައު ރަންވޭ އާއި އެކު ކާގޯގެ ހިދުމަތްތަށް ހުޅުމާލެއަށް ބަދަލު ކުރުމަށް ހުޅުމާލޭގައި ކާގޯ ވިލެޖެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ހުޅުލެއާއި ހުޅުމާލެއާއި ދެމެދުގައި ކާގޯ ބްރިޖެއް އަޅާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
" މި ސަރުކާރުން މިވަނީ ހުޅުމާލޭގައި ކާގޯ ވިލެޖެއް ތަރައްޤީކޮށް ހުުޅުލެއާއި ހުޅުމާލެއާއި ދެމެ ކާގޯ ބްރިޖެއް އަޅަން ނިންމާފަ. މިކަމުގެ ސަބަބުން ރިސޯޓްތަކުން ކާގޯގެ އެއްްވެސް ކަމެއްގައި ހުޅުލެއަށް ދިޔުމުގެ ބަދަލުގައި ދާނީ ހުޅުމާލެއަށް. އެރުން ކާގޯގެ ހުރިހާ މުދަލެއް ހުޅުމާލޭ ކާގޯ ވިލެޖުން ބޭރުކުރަން ފެށޭނެ" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް ރާއްޖޭގެ ދަރަނި ކުޑަކުރުން ކަމުގައިވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމެންޓްތަށް ރާއްޖެ ގެނެސްދެއްވާފައިވާ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ތިޔައީ ރަނގަޅުކަމެއް .ކަސްޓަމްސް ކާގޯ ހުޅުމާލެ އަށް ތަ ބަދަލް ވާނީ
މުޅި ދިވެހިރާއްޖޭގައި ބުރިޖްއަޅާ ގުޅާލާތި މިފަހަރު!!!
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާ ހަރާމީ ދަ ހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަޕޮއިންޓް. ގުޑްގުޑް.
މިއީ ދެން ކާކުތަ
1ބިލިއެނޭ ރަންވޭއަކަށް
ކަލޯ މީހާރުވެސް ގަވަރުނަރު އެގޮވަނީ ދަރަނިވާ ވާހަކަ ؟ މިގައުމު އޮތްތަން ވަޅުގަޑަކަށް ހަދާފާ ނޫނީ ތިކަން ނުހުއްޓާތި،؟