ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު އިހުސާން ފިހާރައިން އަނެއްކާވެސް ޚިދުމަތް ދޭން ފަށައިފިއެވެ.

18 އެޕްރިލް އިން ފަށައިގެން އިހުސާން ފިހާރައިގެ އައުޓްލެޓްތަކުގެ ޚިދުމަތް މެދުކެނޑުމަށްފަހު އެ ޚިދުމަތްތައް އަލުން ފަށާފައި ވަނީ މިއަދުއެވެ.

އެގޮތުން މާފަންނު، ހެންވެރު އަދި ގަލޮޅުގައި ހުންނަ އިހުސާން ފިހާރައަށް ގޮސް ތަކެތި ގަތުމުގެ ފުރުސަތު އާއްމުންނަށް ލިބިގެން ދާނެއެވެ.

މީގެ ކުރިން އިހުސާން ފިހާރައިގެ އައުޓްލެޓް 1ގައި ޑެލިވަރީކުރި މީހަކު ކޮވިޑް-19 އަށް ފައްސިވުމުން، އެ ފިހާރަ ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

އިހުސާން ފިހާރައަކީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. އެހެންކަމުން ފުރަބަންދުގެ ހާލަތުގައި އެ ފިހާރައަށް ޒިޔާރަތްކުރެއްވުމުން ތަނަކުން ގޭތެރެއަށް ބޭނުންވާ ސާމާނު ގަނެލަން ބޭނުންވާ މީހުންނަށް ވަގުތު ސަލާމަތްކޮށްދީ އިތުބާރު ހިފޭ، އަވަސް ޚިދުމަތެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މި ދުވަސް ވަރަކީ ސާފުތާހިރުކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ދުވަސްކޮޅަކަށް ވާއިރު އިހުސާން ފިހާރައިން ގޭތެރެއާއި ގޭތެރޭގައި ގެންގުޅޭ ސާމާނުތަކާއި، ބަދިގެ ސާފުކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް މި ފިހާރައިން ލިބޭނެއެވެ. އަދި އަންނައުނު، ދޮންނަން ބޭނުން ކުރާ ސައި ބޯންޏާއި، އަންނައުނުގައި މީރުވަސް ދުއްވަން ބޭނުންކުރާނެ ސޮފްޓްނާ ފަދަ ތަކެތިވެސް ލިބެން ހުންނާނެއެވެ.