ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު، "ނިއު ނޯމަލް" ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މި ފަހުން ވަނީ ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާއި އިންޓަނޭޝަނަލް ޓާމިނަލްގައި އެކަކު އަނެކަކާ އިޖުތިމާއީ ގައިދުރުކަން ބެހެެއްޓޭ ގޮތަށް މާކް ޖަހައި ތައްޔާރުވެފައެވެ. އަދި އެކަން ދައްކައިދޭ ފޮޓޯތައް ރެ އާއި މިއަދު އެމްއޭސީއެލް އިން ވަނީ ޓްވީޓްކޮށްފައެެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، މިގޮތަށް މާކް ޖެހީ އެއް ފަސެންޖަރަކާއި އަނެއް ފަސެންޖަރަކާއި ކައިރި ނުވެވޭނެ ގޮތަށް ހެދުމަށް ކަމަށެވެ.

"މިހާރުވެސް މީހުން ބައިތިއްބާފައި ތިބެނީ ދުރުދުރުގައި އެއިރު ވަކި މާކެއް ކަނޑައަޅާފައި ނެތަސް، ނަމަވެސް ފާހުން މާކިން ޖަހާފައި އެއްކޮށް މި ހެދީ". އަރީފް ވިދާޅުވިއެވެ.

މި ދުވަސްވަރު އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން އަރީފް ވިދާޅުވީ، އެ އެއާޕޯޓަށް މަތިންދާބޯޓެއް އައިސްފިކަމުގައި ވަނީ ނަމަ ޑިސްއިންފެކްޓް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ހެދި އެމްއޭސީއެލްގެ ފަޔަރުންނާއި، ޓާމިނަލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް ބުުރަކޮށް މަސައްކަތް ކުރަމުންދާކަން އަރީފް ވަނީ ފާހަގަކޮށްފައެވެ.

"އަދި ހަމަ މެއިންޓަނަސް އިން މަގުތައްް ވެސް ޑިސްއިންފެކްޓް ކުރާނެ، ޓާމިނަލްއިން ހުރިހާ ގޮނޑިއާއި، މޭޒާއި ކައުންޓަރުތައް ޑިސްއިންފެކްޓް ކުރާނެ، އަދި ރޭމްޕް ސާފް ކުރާ މީހުން ބޯޓަށް އަރާ ސާފް ކުރަމުން ދާނެ، މި ހުރިހާ ކަމެއް ކުރާނީ ޕީޕީއީވެސް ލައިގެން" އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ، މިހާރު އެއާޕޯޓުގެ ކައުންޓަރުތައްވެސް ހުންނާނީ އެއް ކައުންޓަރާއި އަނެއް ކައުންތަރާއި ދެމެދު ބިއްލޫރި ޖަހާފައި ކަމަށެވެ. އަދި ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިންވެސް އެމްއޭސީއެލްގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑް ލައިނާއި އެއްގޮތަށް ފިޔަވަޅުތައް އަޅާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މޫސަ

  މީ ހާދަ ވަ ރުގަަދަ ފިޔަވަޅު ތަކެކޭ ދޯ. ބިޔަ ބޮޑު ޕް ރޮޖެކްޓެއް ތިޔަ ނިންމާލީ ދޯ. ތިޔަ މި ސަ ރުކާ ރަށް ކު ރެވޭވަ ރު ކަންތައްތަކަކީ. ތަންތާނގައި ކުލަ ދަވާދުން މާކު ޖެހުން.

  25
  5
 2. ރޮބަރޓް

  ކިހާ ވަރެއް ޚާރަދުވީބާ ތިވަރު ކަމެއް ކޮށްލަން، ފަހުން ބުނާނެ މިލިއަން ރުފިޔާ ޚަރަދުވިކަމަށް.

  24
  3
 3. ވިސްނާ

  ކޮވިޑް 19 އަށް ވެސް އެންމެ އަވަހަށް އެންމެ ފު ރިހަމަ އަށް ތައްޔާ ރު ވީ ރާއްޖެ.ކިހާ ވަ ރަކުން ދާނެ ބާ..

  22
 4. އަލިބެއްޔާ

  ވަރުގަދަ ފިޔަވަޅު ތި އެޅުނީ ތިބުނާ ކޮވިޑް މިނިވަންކަމާއިއެކު ރާއްޖެއައިސް ކުރާނެ ކަމެއް ނިމުނު ފަހުން މިހާރު ވަރުގަދަ ފިޔަވަޅު ތި އަޅަނީ ބޭރުން ޖިންނި ފްލައިޓްތަކުގައި އަންނަ ޖިންނިންނައްތަ އެއަރޕޯރޓް ފަޅުވީމާ ރައްކާތެރި ފިޔަވަޅު އެޅީމާ ކިޔާނީ ކޮސް ގޮވަނީއޭ ތި

  27
  4
 5. މިއަދު

  ށުރުހީކިޔާލީމަ ދިޔައީ ފިއްކަޑައިގެން ހަބަރުކިޔާނިމުނުއިރު އެކަމަށް ވަގުތުކޮޅެއް ހޭދަކުރެވުނު މޮޔަހިތައްއެރި

  21
 6. ރަށްފުށުންް

  ފުލައިޓްގަވެސް މިހުން ތިބޭނީ 3 ފޫޓް ދުރުމިނުގަތޯ

  22
 7. ސަލާން

  ހެޔޮނުވާނެ ރާއްޖެއަށް މީހުން އެތެރެ ނުކުރޭ އާދޭސް ކޮށްފަ މިބުނަނީ

 8. ސޭކްސްތާން

  ފްލައިޓް ތެރޭ ދެފަރާތު ކުޑަދޮރު ކައިރީ 1 ކަކު. ދެން އިން 2 ގޮނޑި ނަގަނީ. 2 ލައިން އަށް ވާގޮތަށް. ދެފަރާތު ދެމީހުން ތިބޭއިރު މެދު އޮންނާނީ ހުސްކޮށް ދެމީހުން ދެމެދު 5 ފޫޓް. މިގޮތަށް ގައިދުރުކޮށް ތިބޭއިރު ވަރަށް މަދު މީހުން ކޮޅެއް ގެންދެވޭނީ. އެއްބަޔަކު ގެންގޮސް އަޅާލާފަ އަންނާނީ އަަނެއް ބަޔަކު ބަލާއި.