ކްލީން ޓެކް އެމްވީއަކީ 2016 އިން ފެށިގެން ރާއްޖޭގައި ޑިސްއިންފެންޝަން (ބެކްޓީރިއާ މަރުވާގޮތަށް ސާފުކުރުން) އަދި ޑީޕް ކްލީނިންގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ފެނުމާއި ގުޅިގެން އެ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ފުޅާކުރަންޖެހިފައިވާ މި ދަނޑިވަޅުގައި ކްލީންޓެކްއިން ވަނީ އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށް، އޮފީސްތަކާއި، ބަދިގެ، ރިސޯޓް، ޖިމް، ސިއްހީ ވަސީލަތްތައް އަދި ވައިގެ އުޅަނދުތަކަށް އަމާޒުކޮށްގެން އިންޑަސްޓްރިއަލް ގްރޭޑްގެ ޑިސް އިންފެކްޝަންގެ ޚިދުމަތް ދޭން ފަށާފައެވެ.

ކްލީންޓެކްއިން ދެމުން އަންނަ މި ޚިދުމަތަކީ ތަޖުރިބާކާރު ދިވެހި މުވައްޒަފުން ބޭނުންކޮށްގެން ދެމުންއަންނަ އިތުބާރު ހިފޭ ޚިދުމަތެކެވެ. އެ ޚިދުމަޔް ދެމން އަންނަ އިރު، ސާފުކުރުމުގެ މަރުހަލާ، "ޑިސްއިންފެކްޝަން އެންޑް އިންފެކްޝަން ޕްރިވންޝަން"ގެ ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ މެނޭޖަރުންގެ ބެލުމުގެ ދަށުން ވަރަށް ހަރުދަނާ އުސޫލުތަކާއި އެކު ބަލަހައްޓަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.

ކްލީން ޓެކްއިން ސާފުކުރުމުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރި ވަނީ: ފޮޓޯ ކްލީން ޓެކް

އަދި ޚިދުމަތް ދޭ މުވައްޒަފުން ބޭނުން ކުރާ ރައްކާތެރިކަމުގެ ހެދުން (ޕީޕީއީ)ތަކަކީ އެމެރިކާގެ ޑުޕޮއިންޓް، ހަނީވެލް އަދި އަންސެލްފަދަ ކުންފުނިތަކުގެ މޮޅު އުފެއްދުންތަކެވެ. އެހެންކަމުން އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނިން އަޅާފައި ވަނީ ވަރަށް ފުރިހަމަ ފިޔަވަޅުތަކެކެވެ.

"އެބައުޅޭ ޕެސްޓް ކޮންޓްރޯލް ކުރާ މީހުންވެސް. އެކަމަކު މިއީ ޕްރޮފެޝަނަލް ކްލީނިން ސަރވިސްއެއް. އަޅުގަނޑުމެން މި ބޭނުން ކުރަނީ އީޕީއޭއިން އެޕްރޫވްކޮށްފައި ހުރި ޑިސްއިންފެކްޓްސް ކޮވިޑް 19 އާއި ގުޅިގެންވެސް. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ސްޓޭންޑަރޑްް ވެސް އެބަ ފޮލޯކުރަން." ކްލީން ޓެކްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކްލީން ޓެކްއިން ސާފުކުރުމުގެ ޚިދުމަތް ދޭއިރު، ކެމިކަލް ޓްރީޓްމެންޓަށް ފަހު މައިކްރޯ ސްޓީމް ބޭނުންކޮށްގެން ރެސިޑިއު ސާފުކުރުމަކީ، އެކިކަހަލަ އެލަރޖީތަކާއި ނެވާލުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭކަމެކެވެ. ކްލީންޓެކްއިން ކަރަންޓާއި ގުޅުން ހުރި ސާމާނުތައް ސާފުކުރުމުގައި ބޭނުން ކުރަނީ މައިކްރޯ - ޕާރޓިކަލްސްތައް ހިމެނޭނެހެން، ޚާއްސަކޮށް ޑިޒައިންކޮށްފައިވާ ޔޫއެލްވީ ފޮގަރތަކެކެވެ.

ކްލީން ޓެކްއިން ސާފުކުރުމުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރި ވަނީ: ފޮޓޯ ކްލީން ޓެކް

ހިރަފުސް ފިލުވާލަން އެ ކުންފުނިން ސާފުކުރަން ބޭނުންކުރާ ވަސީލަތްތަކަކީ ޖަރމަނީގެ އިތުބާރު ހިފޭ މޮޅު އުފެއްދުންތަކެކެވެ. ކްލީން ޓެކްއިން ބޭނުން ކުރާ ކެމިކަލް ޑިސްއިންފެކްޓްތަކަކީ ނޮން-ޓޮކްސިކް އަދި ތިމާވެއްޓާއި ރައްޓެހި ޑިސްއިންފެކްޓްތަކެކެވެ.

ކްލީން ޓެކްއިން ދޭ ޚިދުމަތް މިހާރު ހޯދަމުންދާ ކުންފުނިތަކުގެ ތެރޭގައި މަގްބޫލް ބޮޑެތި ކުންފުނިތައް ހިމެނެއެވެ. އޭގެ ތެރޭގައި ކޮކާ ކޯލާ ކޯ، ލިލީ އެންޓަރޕްރައިޒިސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ)، ދަ މޮރީޝަސް ކޮމަރޝަލް ބޭން (އެމްސީބީ) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ތަންތަން ހިމެނެއެވެ.

މީގެ އިތުރުން ކްލީން ޓެކްއިން ވަނީ ސަރފޭސް ޑިސްއިންފެކްޓެއް ބާޒާރަށް ނެރުމަށް ތައްޔާރުވެފައެވެ. ލިފްޓާއި ސިޑި ގޮޅި ފަދަ ތަންތަން ހެޔޮ އަގުގައި ޑިސްއިންފެކްޓްކޮށްލަން ބެނުން ކުރެވޭ މި ޕްރޮޑަކްޓަކީ ޒާޒާކޮރޯނާއެވެ. ސިންގަޕޫރުގައި ވެސް އާއްމު ދަތުރުފަތުރުގެ ނިޒާމާއި ލިފްޓްފަދަ ތަންތަން ސާފުކުރަން ބޭނުންކުރާ މި ޕްރޮޑަކްޓް ޕްރީ އޯޑަރކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކްލީން ޓެކްގެ މެއިލް އެޑްރެހަކީ [email protected]އެވެ. އަދި ގުޅޭނެ ނަމްބަރަކީ 7779413އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޯޕްރެސް

    ޑިސްއިމްޕެކްޓް ކުރާށޭ ކިޔާފަ ދެން އަންނާނީ ގޭގެއަށް ވަގުން. ވަގުން ވަރަށް ހުށިޔާރުވާނެ އެކަހަލަ ކަންތައްތަކަށް. ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭއެބަ.

    6
    1
  2. ބަދިގެޑޮޓްކޮމް

    ހިލޭ މިކަންކޮށްބަލަ. ކަސްޓަމުން ޑިޔުޓީ ކަޑާލީވެސް ކަމެއްވީމަދޯ.