ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވާ 580 ޓަނުގެ އެހީ ކްލިއާކޮށް ނިމިއްޖެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު "ކޭސަރީ" ގައި ރާއްޖެ ގެނައި ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު، 26 ޓަނުގެ ފިޔާ، 14 ޓަނުގެ އަލުވިއެވެ.

މިތަކެތި ހިފައިގެން އައި އިންޑިއާގެ މަނަވަރު ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ތިން ދުވަހުގެ ތެރޭގައި މިތަކެތި ކްލިއާ ކޮށް، އެސްޓީއޯ އިން ވަނީ އެ މަސައްކަތުގައި ބުރަކޮށް މަސައްކަތް ކޮށްފައިވާ އެކުންފުނީގެ ސްޓޭޕަލް، ޑެލިވަރީ އަދި ކްލިއަރަންސް ޓީމަށް މަރުހަބާ ކިޔާފައެވެ.

އަދި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ ސަރުކާރަށް މިފަދަ ދަނޑިވަޅެއްގައި އެގައުމުން ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

https://twitter.com/stoplc/status/1261148678921711616?s=19&fbclid=IwAR1VFYBBVwE4LyLAjincCx24vI0QETmfX1ULX2xpXG8TjaSx4C9EJyrP8VE

 

އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ މި އެހީ އަކީ ރަމަޟާން މަހާއި ގުޅިގެން އެގައުމުގެ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ދޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާ ކަމަށެވެ. އެހެން ނަމަވެސް ކުރިން އެ ކޮމިޝަނުން ބުނެފައިވަނީ އެ އެހީއަކީ އެގައުމުގެ ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް ޑޮކްޓްރިންގެ ދަށުން ސަރަހައްދީ ގައުމުތަކަށް ފޯރުކޮށްދިން އެހީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    އަދި ބުނާނެ މިއީ ފަހުން އަގުދައްކާއި ގޮތަށް ދިން ހިލޭ އެހީގެ ތަކެއްޗޭ ކިހާބޮޑު ނޮހޮރުއްޕާނެއް ދޯ

    10
  2. މާމީ

    ތިއަކީ ދިވެހިންނަށް ކޮންގޮތަކަށް ދިން އެހީއެއްތޯ.؟އެސްޓީއޯ މެދުވެރިކޮށް ދިވެހިންނަށް ވިއްކަން ސަރުކާރަށް ފަހުން ލާރިދައްކާ ގޮތައް ގެނައި ކާބޯތަކެތިތޯ؟؟؟؟؟؟ ެެެ

    8
    1
  3. ައަބުދު ﷲ

    ކޮންމެހެންވެސް ތެދެއްނުބުނާތި ވެރިއެންވިއަސް
    ގެރިއެއްވިއަސް ސަފީރެއްވިއަސް މަހުޖަނެއްވިއަސް
    ތިހަދިޔާލިބޭނީގަންނަށް