އެމްޖޭސް ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގެ ބޮޑެތި ފިހާރަތަކުގައި ރަސްކަން ކުރަމުން އަންނަ އެއް ބްރޭންޑެއްގެ ގޮތުގައި މިހާރު ވަނީ ވެފައެވެ. ނެދަލޭންޑުގެ ޖޮބެކޯ ކުންފުނީގެ ބްރޭންޑެއް ކަމަށްވާ އެމްޖޭސްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަނީ ރާއްޖޭގެ ސޯލް ޑިސްޓިބިއުޓާ އިންމާ މޯލްޑިވްސްއެވެ.

އިންމާ މޯލްޑިވްސް އިން އެ ބްރޭންޑުގެ މަޔޮނައިސް، މާމުއި، ސިރަޕް، ކެޗަޕް، ވިނިގާ، ރޯޒްވޯޓާ، ސެލެޑް ޑްރެސިން އަދި ބާބިކިއު ސޯސްވެސް ވިއްކަމުން ދެއެވެ. މި ބްރޭންޑުގެ ތަކެތީގެ އަގުތައް ވަރަށް ހެޔޮއެވެ. ގިނަ ބައެއްގެ މެދުގައި މި ބްރޭންޑު މަގްބޫލުވެފައި ވަނީ މި ބްރޭންޑުގެ އުފެއްދުންތަކުގެ ރަހަ ގިނަ ބަޔަކަށް ކަމުދާތީއެވެ.

މީގެ ތެރެއިންވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެއް ޕްރޮޑަކްޓަކީ އެމްޖޭސް ބްރޭންޑްގެ މަޔޮނައިސްއެވެ. އިންމާ އިން އެ ބްރޭންޑްގެ އޮރިޖިނަލް މަޔޮނައިސް އާއި ފްލޭވާޑް މަޔޯނައިސް ވިއްކަމުން ދެއެވެ.

އެ ކުންފުނިން ވިއްކަމުންދާ އޮރިޖިނަލް މަޔޮނައިސަކީ ބިހުގެ ގޮބޮޅިގަނޑު ބޭނުންކޮށްގެން ހަދާފައިވާ، މިހާރު ރާއްޖޭގައި ވިއްކަމުންދާ އެހެން މަޔޮނައިސްތަކާއި ތަފާތު މަޔޮނައިސްއެކެވެ. ހުހަށް ވެސް ކާލެވޭ އަދި ހެދިކާ އާއި ޗިޕްސްއާއެކުވެސް ކާލެވޭނެ، މި މަޔޮނައިސް އަކީ ސޭންޑްވީޗް، ބާގާ، ސަބްމެރިން ފަދަ ކެއުންތަކަށް އިތުރު މީރުކަން ގެނުވައިދޭ ޕްރޮޑަކްޓެކެވެ.

މީގެ އިތުރުން، މިއީ އެހެން މަޔޯނައިސްތަކާއި ޚިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ފްރިޖުގައި ބެހެއްޓި ނަމަވެސް ރަހަ ނުބައިނުވެ އަދި ފުޅީގައި ފެން އުފެދިގެން ނުދާނެ މަޔޮނައިޒެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ފްލޭވާޑް މަޔޮނައިސްގެ ހަ ވައްތަރެއް އިންމާ މޯލްޑިވްސް އިން ވިއްކަމުންދާ އިރު، އޭގެ ތެރޭގައި ގާލިކް ފްލޭވާޑް މަޔޯނައިސް، ލެމަން ފްލޭވާޑް މަޔޯނައިސް، އޮލިވް ފްލޭވާޑް މަޔޯނައިސް، ރެޑް ޗިލީ ފްލޭވާޑް މަޔޯނައިސް، މަޔޯޗަޕް ސޯސް، ބްލެކް ޕެޕާ ފްލޭވާޑް މަޔޯނައިސް ހިމެނެއެވެ. މިއިން ކޮންމެ ވައްތަރެއްގައި ލާނީ ތަފާތު ރަހައެކެވެ. އެހެންކަމުން ބޭނުންކުރާ ފަރާތަކަށް އެންމެ ކަމުދާ ފްލޭވާއެއް އިޚްތިޔާރު ކުރުމުގެ ފުރުސަތުވެސް މި ޕްރޮޑަކްޓުން ލިބިގެންދެއެވެ.

އިންމާއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ މި ޕްރޮޑަކްޓްތައް ރާއްޖޭގެ ބޮޑެތި ފިހާރަތައް ކަމަށްވާ އެސްޓީއޯ، އިހުސާން ފަދަ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އަދި ރަށްރަށުގެ ފިހާރަތަކުންވެސް މިހާރު ލިބެން ހުންނަ އިރު، މި ޕްރޮޑަކްޓްތަށް މިހާރު ވަނީ ދިވެހިންގެ މަގުބޫލުކަން ހޯދައިފައެވެ.

އިންމާ މޯލްޑިވްސް މެނޭޖިން ޑިރެކްޓާ އަމީން އަހުމަދު ވިދާޅުވީ، އެ ކުންފުނީ ހޯލްސޭލް ކުރަމުންދާ ޕްރޮޑަކްޓްތަކަށް ވަރަށް ބޮޑު ތަރުހީބެއް މާލެ އާއި އަދި އަތޮޅުތެރޭގެ ރަށްތަކުން ލިބެމުންދާ ކަމަށެވެ. އަދި މި ލިބުނު ތަރުހީބަށް ބަލާފައި ޖޮބެކޯ ކުންފުނީގެ އިތުރު ބްރޭންޑްތަކާ އަދި އެމްޖޭސް ބްރޭންޑްގެ އިތުރު ވައްތަރުތައް މި އަހަރު ތެރޭގައި ރާއްޖޭގެ މާކެޓަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޖޮބެކޯ ކުންފުނީގެ ޕްރޮޑަކްޓުތަކަށް ހާއްސަކޮށް މާލޭގައި އައުޓްލެޓެއް ވެސް މި އަހަރު ތެރޭގައި ހުޅުވާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިންމާ މޯލްޑިވްސް އިން ވިއްކަމުންދާ ތަކެއްޗަށް ކަސްޓަމަރުންނަށް ވައިބާ އަދި މެއިލްއިން ވެސް އޯޑަރު ދެވޭނެއެވެ. އަދި އޯޑަރު ދިނުމުން މުދާ ފިހާރައަށް ނުވަތަ ބޯޓަށް ގެންގޮސް ދޭނެއެވެ.

އިންމާ އިން ތަކެތި ބައްލަވައިގަތުމާއި އިތުރު މައުލޫމާތު ހޯދުމަށް ޚާއްސަ ކުރެވިފައިވާ ދެ ނަމްބަރަކީ 7990005 އާއި 7408781. މީގެ އިތުރުން އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި އީމެއިލް ([email protected]) މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަރައް ރަހަ ރަނގަޅު ޕްރޮޑަކްޓެއް ހަގީގަތުގައިވެސް މިއީ. ޢަޅުގަނޑު ރަހަ ބެލިން ހަނަ ތަފާތު. މީރު . ޢެހެންވެ ފިހާރައައްވެސް އަދި ގެއައްވެސް މިހާރު މިގަންނަނީ އެމްޖޭ އެސް ޕްރޮޑަކްޓްތައް.

    5
    4
  2. އެމްޖޭ

    ސްޕައިޑަރ މޭންގެ އެއްމެ ފުރަތަމަ ފިލްމު މަތިން ހަންދާންވަނީ ތިނަން ކީމަ...

    1
    1