ރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

އުރީދޫ އިން ސަރުކާރަށް މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބޭނުންވާ ތަކެތި ހޯދުމަށެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫން މިއަދު ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، މި އެހީތެރިކަމަކީ ރާއްޖެއަށް މި ދަނޑިވަޅުގައި ބޭނުންވާ ވެންޓިލޭޓަރާއި ޕީޕީއީ އާއި ޓެސްޓު ކިޓާއި އެނޫންވެސް ސިއްޙީ ސާމާނު ހޯދުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށެވެ.

ނަޖީބް ޚާން ވިދާޅުވީ، މި އެހީ އަކީ ރާއްޖެއިން މި ބައްޔާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، މި ނުރައްކަލުން ރާއްޖެއަށް ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސީއީއޯ ނަޖީބް ޚާން ވަނީ، މި އެހީތެރިކަން ދެއްވުމުގައި އުރީދޫ ގްރޫޕްގެ އިސް ވެރިންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އުރީދޫން ވިދާޅުވީ، އެކަކު އަނެކެއްގެ އެހީތެރިކަން އިންތިހާއަށް މުޙިންމު ވެފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން ތިބީ ދިވެހި ރައްޔިތުންނާއެކު ކަމަށާއި، މި ޙާލަތުން އަރައިގަތުމަށް އެ ކުންފުނިން ވެސް މަސައްކަތްކުރާނީ ގުޅިގެން ކަމަށެވެ.

ސަރުކާރަށް ވެދެއްވި އެހީގެ އިތުރުން އެ ކުންފުނިން ދަނީ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި އެޗްޕީއާއި ކުރީ ސަފުގައި މަސައްކަތްކުރާ އެހެން އިދާރާތަކަށް ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަބަރޭ

    ލާރިތީ މިސަރުކާރަށް ހިތި އެކަމަކު ފެންފޮދަކާއި ނުލާ ދިރުވާލާނެ

  2. ރަބަރޭ

    ލާރިތީ މިސަރުކާރަށް ހިތި އެކަމަކު ފެންފޮދަކާއި ނުލާ ދިރުވާލާނެ ލާރިނުދީ ތަކެތިދީ

    4
    1
  3. ދަރަނި ދަންތުރަ

    ފަށްފަށުން ސުކުރިއްޔާ އުރީދޫއަށް އުޖާލާ ކުރިމަގަކަށް އެދެން ...

  4. އަރިޕޭ

    ހިތް ބަލި ހަޖަމުގެ މައްސަލަ އުޅޭ ބޭކަލަކު ނުވަތަ ކަނބަލަކު ނަމަ 1000 ފަހަރު "ގައިގާދުރު، ބޯބޯ ކަދުރު، ކަންވިޔަސް އަލީ ވެޔޭނަން" މިހޭން ކިޔާފައި ނޫނީ ކުރިޔަށް ވަޑައި ނުގަތުން އެދެން... އޫރިދޫއިން ފައިސާ ދީފި ހިނދު އަވަސް ވާންވީ ކޮންކަމަކަށް ތޯ ދިވެހި ހަމަބުއްދި ހުރިމީހަކަށްވިޔާ މިހާރު ސާފުވާން އެބަޖެހޭ އިގޭތޯ! އާދެ.. އިންޑިޔާގެ ވެރިންނަށާއި ހާއްސަކޮށް ގެރިމޯދީއަށް ސަނާ ކިޔަންވީ، ޝުކުރުގެ ޖިޒީތަކުން ބަރުތީލަކޮށް އުޅެންވީ އިގޭތޯ... މިހާރު ތިއީ ނިޔު ނޯރުމަލް ފުރިހަމަ ދަހިވެތިކަމެއް ނެތް، އެންޓި ރިޝްވަތު ފަހުރުވެރި ރަތްލާޖެހި ދިވެއްސެކޭ އިގޭތޯ