ތިން ދުވަހުގެ ތެރޭގައި "ބީ ޓީމެއް" އުފައްދައި ވީބީ ބްރަދާސްގެ ހުރިހާ ފިހާރަތަކެއް އަލުން ހުޅުވާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ވީބީގެ ހުރިހާ ފިހާރަތަކެއް ބަންދު ކުރީ އެ ތަނުގެ ބައެއް ފިހާރަތަކުގައި މަސައްކަތް ކުރާ އަށް މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. އެއީ ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ ތިން ބިދޭސީއަކާއި މާފަންނު ފިހާރައިގެ ހަތަރު މީހުންނެވެ. އެ މުވައްޒަފުން ފައްސިވުމާ އެކު، އެޗްޕީއޭ އިން ވަނީ އެ ފިހާރަތައް ބަންދުކޮށް މޮނިޓަރިން އަށް ގެނެސްފައެވެ.

އެކަމާ ގުޅިގެން ވީބީގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓުނެވެ. އަދި ގޭގެއަށް ޑެލިވަރީ ކުރުން ވެސް މަޑުޖެހުނެވެ.

ވީބީގެ ފިހާރައެއް ކައިރީގައި ކިއު ހަދާފައި ތިބޭ މީހުން ހުއްޓި ތިބެން ހަދާފައި ހުރި ނިޝާން

އެކަމަކު، ވީބީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ ބާޒާރު ހޯލްސޭލް ފިހާރަ އާއި މާފަންނުގައި ހުންނަ ފިހާރަ އާއި ގަލޮޅުގައި ހުންނަ ފިހާރަ އިން ރައްޔިތުންނަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްދޭން ފެށީ ހުރިހާ ފިހާރައެއް ޑިސްއިންފެކްޓްކޮށްފައި ކަމަށާއި އަލުން މަސައްކަތްތައް ފަށާ އިރު، އިތުރު ޓީމެއް ވެސް ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިން ދުވަހުގެ ތެރޭގައި ވަރަށް ބުރަ މަސައްކަތެއް ކޮށްފައި އަލުން ހިދުމަތަށް ނުކުތީ،" އޮފިޝަލް ވިދާޅުވިއެވެ.

ވީބީ މާޓްގެ ފިހާރައެއް ޑިސްއިންފެކްޓް ކުރަނީ

ވީބީއަކީ މާލެ ތެރޭގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ރަނގަޅަށް އަޅައިގެން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏެވެ. ކޮވިޑް-19 މާލޭގައި ފެތުރެން ފެށުމާ އެކު، އެ ކުންފުނީގެ ފިހާރަތަކުން ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކެއް އެޅިއެވެ.

އެގޮތުން ހުރިހާ ފިހާރައެއް ހެން ޑިސްއިންފެކްޓްކޮށް މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލައި ރެކޯޑް ކުރެއެވެ. ދެ މީހުންނަށް ވުރެ ގިނައިން ކަސްޓަމަރުން އެއްފަހަރާ ފިހާރަ އަށް ނުވައްދާ އިރު، ކޮންމެ ކަސްޓަމަރެއްގެ އަތް ސެނިޓައިޒް ކުރުމާއި ކަސްޓަމަރުން ފިހާރަ އަށް ވެއްދުމުގެ ކުރިން ހުން ބެލުމަކީ ވެސް ވީބީގެ ހުރިހާ ފިހާރަތަކުން ކުރާ ކަމެކެވެ.

ވިބީއިން ތަކެއްޗަށް އޯޑަރު ކުރުމުން ގެޔަށް ޑެލިވަރީ ކޮށްދެމުން ދާނެއެވެ. ވީބީގެ ފިހާރަތަކުން ވަނީ އޯޑަރު ކުރެވޭ ޚާއްސަ ވަގުތުތަކެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާއި ހަމައަށް ވީބީގެ ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރު ކުރެވޭނެއެވެ.

ވީބީގެ ތިން ފިހާރައަކުން މި ޚިދުމަތް ދެމުން ދާނެއެވެ. އޭގެތެރޭގައި ހިމެނެނީ ވީބީ ހެންވޭރު (ހޮޓްލައިން/ވައިބާ: 9152007)، މައްޗަންގޯޅި އާއި ގަލޮޅު (ހޮޓްލައިން/ވައިބާ: 9633855) އަދި މާފަންނު (ހޮޓްލައިން/ވައިބާ: 9634745) އެވެ. މިއިން ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރުކޮށްގެން މިހާރު ވީބީ އިން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ވީބީ ބްރަދާސް އިން މާލޭގައި ތިން ފިހާރައެއް ހިންގަމުންދާ އިރު، ހުޅުމާލޭގައި އާއި އައްޑޫ ސިޓީގައިވެސް ވީބީން ދަނީ ފިހާރައެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުއްޅަބޭ

  ސަރުކާރުން ހިލޭ ލިބުނު ލާރިގަނޑުން ނުވާނެ ކަމެއްނެތް!

 2. ސަމްސިއްޔާ

  ޚޮބައި ޑައިރެކް ކޮންޓެކްސްތައް؟؟ ފިހާރާގައި މަސއްކަތް ކުރާ އެންމެންވާނީ ޑައިރެކްޓް ކޮންޓެކްސްއަށްދޯ. އެމީހުން ކަރަންޓީން އެއް ނުކުރޭތަ؟؟ ކޭޝިއަރުންގެ ޓީމްތައްވެސް އަލަށް ޓްރެއިން ކުރީތަ؟؟ ތަންކޮޅެއްސާފުކޮށް ކިޔައިދެއްވަންވީއެއްނު.

 3. އާދަމުގެދަރި

  މުޅިން އޮޅުވާލުން. ތިހާވަރަށް ތައްޔާރުވެފައި އޮތް ކުންފުންޏެއް ރާއްޖޭގައި ނޯންނާނެ. ދެތިން ދުވަހުގެ ތެރޭގައި މުޅިން އާޓީމެއް އުފެއްދިއިރު މީހުން ހޯދިގޮތެއް ޓްރޭނިންގ ދިން ގޮތެއް އެނގެން ނެތް. ޓްރޭނިންގ ދިން މީހަކު މި އުޑުހިޔަލުގައި ހުންނާނެ ހެނެއް ހިއެއް ނުވޭ.

 4. ވީބީ

  އައްސަރި ބަހުން ސާބަސް. އެކްޝަން ނަގަން ޖެހޭނީ. މޫވްމަންޓް ހުނަނަްޖެހޭނެ. މާވެވަށް ވެއްޓުނު ގެރިއަށް ވެގެން ނުވާނެ. ތީ ދިވެހިންގެ ގޮތަކީ. "ކޮރޯނާސޭ ލަޅްނާނޭ. ޑަރްނާނެހީ. ޖީވަން ޖީނާހޭ. މަރްނާ ނެހީ.

 5. ސާބަހޭ

  އަލުން މިޤައުމު ބިނާކުރަން ދިވެހިން ތެދުވަންވީ. އަވަސް ނިންމުންތަށް ނިންމަންވީ. ލަސް ކުރާނެ ވަގުތެއް ނެތް.