"ވަގުތު" ވެބްސައިޓް ބޭނުން ކޮށްގެން ވިޔަފާރިތައް އިސްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަގުހެޔޮ ޕެކޭޖްތަކެއް ގަތުމުގެ ފުރުސަތު "ވަގުތު" އިން ހުޅުވާލައިފިއެވެ.
"ވަގުތު" އިން ބުނީ ކުރިއަށް އޮތް ދެހަފްތާ ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއްގެ ދަށުން "ވަގުތު" އިން އަގުހެޔޮ ޕެކޭޖްތަކެއް ތިން މަސް ދުވަހާއި ހަމަސް ދުވަހަށް ވިއްކަމުން ގެންދާ ކަމަށެވެ.
"އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފް ކުރުމުގެ ބޭނުމަކީ ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައި ވާތީ އެފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުން. އަދި އަލުން އާއްމު ހާލަތަކަށް ބަދަލުވެ، ވިޔަފާރިތައް އަލުން ފަށައި ގަންނަން ތައްޔާރު ވާއިރު މިއީ އިސްތިހާރު ކުރަން ވިޔަފާރިވެރިން ވެސް ބޭނުންވާނެ ވަގުތަކަށް ވެފައި މިދަނޑިވަޅުގައި ބޮޑެތި ޚަރަދުތަކެއް ކުރުން އެއީ ދަތިކަމަކަށް ވާނެތީ." "ވަގުތު" ގެ މާކެޓިން އެގްޒެކެޓިން ޒަހީން އަބްދުﷲ ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ އަގުހެޔޮ ޕެކޭޖްގައި ހިމެނިގެން "ވަގުތު" ވެބްސައިޓްގައި އިސްތިހާރު ޖެހުމުގެ އިތުރުން ހާއްސަ އުފެއްދުންތަކާއި، އަދި ވިޔަފާރިތަކާއި ބެހޭ އާޓިކަލްތައް ވެސް ގެނެސްދޭނެ ކަމަށެވެ.
"މިޕެކޭޖްތައް ތައްޔާރު ކުރެވިފައި ވާނީ އެންމެ ކުޑަކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި، އަދި ކަންމަތީ ފިހާރަތަކުން ގޮސް ބޮޑެތި ވިޔަފާރިތަކަށް ވެސް އެކަށީގެންވާ ޕެކޭޖްތައް ނެގޭނެ ގޮތައް." ޒަހީން ވިދާޅުވިއެވެ.
"ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 7999681 އަށެވެ.
"ވަގުތު" އަކީ އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓެވެ. މަހަކު 5.5 މިލިއަނަށް ވުރެ ގިނަ ވިޒިޓްސް "ވަގުތު" އަށް ލިބެއެވެ.
މަހަކު 5.5 މިލިއަނަށް ވުރެ ގިނަ ވިޒިޓްސް ލިބޭ ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ނޫހުގެ މަޤާމް ޙާޞިލް ކޮށްފައިވާ، "ވަޤުތު" ނޫހުން ވިޔަފާރިވެރިންގެ ވިޔަފާރިތައް އެކަށީގެންވާ ހެޔޮއަގެއްގައި އިޝްތިހާރު ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ތިޔަ ހުޅުވާލެއްވި ފުރުޞަތަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ވަގުތު ނޫހުން ހުޅުވާލެއްވި ތިޔަ ފުރުޞަތަށް މަރްޙަބާ!
ބަޔަކައްހެޔޮކަމެއްކޮއްދިނަސް ޑިސްލައިކު ކީކޭދޯބުނާނީ?
ބްރޯ ވަރަށް ބަލަންދޯ ލައިކް އަށަ