މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ "ކުކުޅު ފިހާރަ" ގެ ޑެލިވަރީއަށް ހުއްދަ ދިނުމުގެ ގޮތުން ދީފައިވާ ގިނަ އަދަދެއްގެ ފާސްތަކެއް ފުލުހުން ކެންސަލްކުރުމުގެ ސަބަބުން ކުކުޅު ފިހާރައިގެ ޑެލިވަރީއަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ކުކުޅު ފިހާރައިގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ކުކުޅު ފިހާރައިން ދުވާލެއްގެ މައްޗަށް 2000 ވަރަކަށް ކުކުޅު ޑެލިވަރީ ކުރަމުން އައި ކަމަށާއި، ފުލުހުން އެ ފިހާރައިގެ ފާސްތައް ބާތިލް ކުރުމުން މިހާރު 200އެއްހާ ކުކުޅު ޑެލިވަރި ކުރަން ވެސް އުނދަނގޫ ވާނެ ކަމަށެވެ.

"ކުރިން އޮވޭ 20 ވަރަކަށް ފާސް. މިހާރު ބާތިލް ކުރީމަ ގާތްގަނޑަކަށް 3. އެވަރުން ފިހާރަވެސް ނުހުޅުވޭނެ ނޫންތޯ. މިހާރު ވެސް 4000އެއްހާ ފާސް ޑެލިވަރީއަށް ދޫކޮށްފީމޭ ވިދާޅުވަނީ. ޑެލިވަރީގަ 200އެއްހާ މީހުން ނޫޅޭ. އެހެންވީމަ ފުލުހުންނަށް މި 2 ކިލޯމީޓަރެއްހާތަން ވެސް ނުބެލެހެއްޓެނީތާ. ފާސް ހިފައިގެން ފިނި ބުރު ޖަހާ މީހުން ނުހުއްޓުވޭ. މިއީ ވަރަށް ދެރަ ކަމެއް." އޭނާ ވިދާޅުވިއެވެ.

ކުކުޅު ފިހާރައިގެ އިތުރުން ބައެއް އެހެން ފާސްތައް ވެސް މިގޮތަށް ބާތިލްކޮށްފައިވާ ކަމަށް ޝަކުވާ ލިބޭތީ އެކަން އޮޅުން ފިލުވާލުމަށް ވަގުތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައެވެ.

އެހެންނަމަވެސް ފުލުހުންގެ ފާސް ކެންސަލް ކުރަމުން އައީ ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއި ލައިސަންސް ނެތުން ފަދަ މައްސަލަތައް ދިމާވުމުންނެވެ. އެހެންނަމަވެސް ކުކުޅު ފިހާރައިގެ ފާސްތައް ބާތިލް ކުރީ މިފަދަ ސަަބަބަކާއި ހުރެ ނޫންކަމަށް އެ ފިހާރައިން ފާހަގަކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން، ދަތުރުފަތުރު ކުރުމާއި، އާއްމުން އެއްވެ އުޅުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި، ކުކުޅު ފިހާއަށް ކުރާ ހުރިހާ އޯޑަރެެއްވެސް މިހާރު ބަލައިގަންނަނީ އެ ވެބްސައިޓް މެދުވެރިކޮށެވެ.

www.kukulhufihaara.com

ދުވާލަކަށް، 3000 އާއި 4000 ދެމެދުގެ އަދަދަކަށް، އޯޑަރު ލިބޭ، މި ވިޔަފާރި އާއި ގުޅިގެން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ކުކުޅު ފިހާރައިގެ، ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ، މުހައްމަދު ނަޝާތު ވިދާޅުވީ، އާއްމު ދިރިއުޅުމުގައި، ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ މުޙިއްމު ބާވަތްތައް މިހާރު ލިބެން ހުންނާނެ ކަމަށާއި، މީގެ އިތުރުން، މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތައްވެސް މިހާރު ލިބެން ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Jaleel

    20 ފާސް އެއްފިހާރައަކަށް ދީފައި ދެން ކޮން ލޮކްޑައުންއެއް ކުރެވޭނީ. 4000 މަތީ އަދަދަކަށް ހުއްދަވަނީދީފައި.

    9
    1
  2. ޢައިމަން

    ގުޅިގެން މަސައްކަތް ކުރައްވާ އޭރުން ފާސް ލިބޭނެ ?

    11
    1
  3. އަހްމަދު

    ތިވާނީ އެމީހުންނާ ގުޅުންއޮންނަ ކޮންމެވެސްފިހާރައެއްގެ ވިޔަފާރިތަންކޮޅެއް ދައްވީކަމަށް މިގައުމުގަހުރިހާކަމެއްވެސް ހިނގާނީއެއުސޫލުން

    13
    5
  4. ހަނީ

    (ޑެލިވަރީގަ 200އެއްހާ މީހުން ނޫޅޭ.) ބަލަގަ މާލެ، ހުޅުމާލެ، ވިލިމާލެ، މިއިން ކޮންމެ ތަނެއްގެ އެންމެ އާދައިގެ ފިހާރައެއްގައިވެސް 2 މީހުން ތިބޭ މިދަނޑިވަޅުގައި ޑެލިވަރީ ކުރަން. މިތަނުގައި 200 ފިހާރައަށް ވުރެން ފިހާރަ ގިނަ. ތަންކޮޅެއް ބޮޑުވަރު

  5. ނަސްރު

    ތީ ހަމަ ތިކަން ވާނެގޮތް. މީގެކުރިން މާލެއަށް މަސްވިއްކީ ދޯނިތަކުން. އެކަން ހަޖަމުނުވީ އެމީހުން މާގިނަ ފައިސާ މަސްވިއްކައިގެން ހޯދާތީ. މިހާރު މަސްމާރުކޭޓު ދީފައެއޮތީ ގަނެވިއްކާ ދެމީހަކަށް. އިއްޔެ މަހުންއައި ދޯންޏަކުން މަސްވިއްކަން ހުއްދައެއް ނުދިން. މަސްވިއްކުމުގެ ހުއްދައޮތީ ހަމައެކަނި ގަނެވިއްކާ އެ ދެމީހުންނަށޯ. ދެން ދޯނިމީހުންވީ އެމީހުންނަށް މަސްކޮޅު އަގުހެޔޮކޮށް ވިއްކަން. އޭރުން އެ ދެމީހުން އާއްމުންނަށް އަގުބޮޑުކޮށް ވިއްކައިގެން ފަައިދާނަގަންވީ. މީ ބޮޑުޖަރީމާއެއް ލޮކްޑައުންއޭ ކިޔައިގެން.

  6. ސޮސް

    20 ފާސްތީ މާގިނަ އަދެއް މީކީ ނޯމަލް ސްޓޭޓަސް އެއް ނޫން. ރަގަޅު ފުލުހުންގެ ނިންމުން