ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިއަށް ގެއްލުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނަށް އެދިފައިވާ 103 ފަރާތަކަށް 155 މިލިއަން ރުފިޔާ ދޫކޮށްފިއެެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ފައިސާ ދޫކުރަމުން ދަނީ ބީއެމްއެލް މެދުވެރިކޮށެވެ. އެ ބޭންކުން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.

އެ ބޭންކުން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވިގޮތުގައި މިހާތަނަށް 103 ވިޔަފާރިއަކަށް 155 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 80 ފަރާތެއްގެ ޑޮކިއުމެންޓް އޮތީ ޕްރޮސެސިންގގައި ކަމަށާއި، 30 ފަރާތަކަށް ލޯނު އެޕްރޫވް ކުރިކަމުގެ ލިޔުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މި ލޯނަކީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި ގައި ވެސް ބޭންކުން މިދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިންގ ފެސިލިޓީތައް ދޫކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިންގ ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެވެސްމެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޚިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަބުރު ބަކުރު

    ބޮޑެތި އަދަދުތައް ކިޔާ އިރު ތިޔަ ދިންބަޔަކުވެސް އަންގާލިނަމަ. ހަމައެކަނި ޕާޓީ ބޮޑުންނަށް ބައި އަޅާ ގޮތައްއޮތް ކަމެއްކަމަށް އަޑުތައް އިވެނީ

  2. ބެހެނި

    މިހާވަރަށް ބަހާއިރު ހިއްސާގަތްމިީހުންގެ ފައިދާ ބަހަނީ ކޮންިރަކުންބާ!

  3. މުހޮދޭ

    މަގޭ ބޭންކު ދިވެހިން ގެ ބޭންކު....އާންމު ރައްޔިތުންގެ ކްރެޑިޓް ކާރޑުގެ ޕޭމަންޓް އެކައުންޓުގައި ފައިސާ ނެތިސް މައިނަސް ކޮށް ކަޑާލަނީ....

  4. ޒަހީން

    ސޭޓަށް ދިނީ ކިހާ ވަރެ އްތަ. ައދިވެސް ރޯދަ އެލަވަންސް ނުދެ. މާޗް މަހުން ފެށިގެން މުސާރަ އެށް ނުދޭ.. ހެދުނު 8 ކުން ރޭގަޑު 10 މަސަ އް ކަތް އެބަ ކުރުވަ..

  5. ނަގުލު ފިއްތި

    އަހަރުމެން ވެސް މީ އަމިއްލަ މަސައްކަތް ކުރާ މީހުން ތިޔަ ލޯނު ހޯދުމެކޭ އިރަށްދަރާ ތޮށަލިގަނޑު ހޯދަން ދިއުމެކޭ އެއްވަރު.

  6. ބަކުރުބެ

    ކޮބާ ނިކަމެތި މީހުންނަގާފައިވާ ލޯނުތައް ދުވަހުން ދުވަހަށް އިންޓް ރެސްޓް އެބައަ ރާ އެއީބާ ރައްޔިތު ނިކަމެތިންނަށް ފައިދާވާގޮތަށް ލޯނުތަކަށް ލުއިދިނުމަކީ؟؟