ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަޝްހޫރު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާއިން ފިތުރު އީދާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ފަށާފައި ވަނީ މިއަދުއެވެ. އޫދް އަލް ސަބާޔާގެ މެނޭޖަރަ އަހުމަދު ފަޒާލް ވިދާޅުވީ، އަބަދުވެސް ހާއްސަ ދުވަަހަކާއި ގުޅުވައިގެން ޕްރޮމޯޝަންތަކާއި، ހަދިޔާ ދެމުން އަންނަ އޫދް އަލް ސަބާޔާއިން މިއަދު ފެށި ޕްރޮމޯޝަންގައި 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ. އަދި 1000 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް 15 ޕަސެންޓް ޑިސްކައުންޓް ލިބިގެން ދާނެކަަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ އަމިއްލަ ޕްރޮޑަކްޓްތަކެއް ރާއްޖެއަށް ނެރެފައިވާ އޫދް އަލް ސަބާޔާގެ ފިހާރައިން ވިއްކާ އަތަރާއި ސެންޓް، އަދި ލޯޝަނާއި، އެއާ ފްރެޝްނާ ގަތުމަށް ޖެހޭނީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޯޑަރު ކުރާށެވެ. އަދި 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ އޯޑަރެއް މާލެ އަދި ހުޅުމާލެއަށް ޑެލިވަރީ ކޮށްދެމުން ދާނެއެވެ.

އޫދް އަލް ސަބާޔާގެ އީދު ޕްރޮމޯޝަން މިއަދުން ފެށިގެން އީދު ދުވަހުގެ ރޭގަނޑު 11:00 ޖަހަންދެން ކުރިއަށްދާނެވެ.

ދިވެހިންގެ އިތުބާރު ހޯދާފައިވާ އޫދް އަލް ސަބަާޔާ ވެފައި ވަނީ، ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވާ އަތަރު ބްރޭންޑަކަށެވެ. އަދި އެތަނުން ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އަތަރުތައްވެސް ވިއްކަމުން ދާނެއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މިރިޔަސް މަގުގައެވެ. ހުޅުމާލެ ފިހާރަ ހުންނާނީ ނިރޮޅު މަގުގައެވެ.