ދިރާގުން "ދިރާގުޕްލޭ"ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، މި އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. އަދި ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ބަލާލެވޭނެ ކަަމަށް ދިރާގުން ބުންޏެވެ

ދިރާގު ޕްލޭގައި ކަސްޓަމަރުން މުނިފޫހިފިލުވުގެ މުޅިން އައު އަދި ތަފާތު އެތަށް ފީޗަރތަކެއް އެކުލެވިގެންވެއެވެ. އެގޮތުން

- މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން ، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެވެ

- ރިކޯޑިންގ: މި ފީޗަރ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެއެވެ.

- ކެޗްއަޕް: މި ފީޗަރ މެދުވެރިކޮށް ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ.

- ރީސްޓަރޓް: މި ފީޗަރ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޔެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެއެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެއެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝާފިއު

    ހިޔެއްނުވޭ ތިއެޕް ގިނަމީހުންނެއް ބޭނުންކުރާނެހެން، ބައިސްކޯފް އެޕް މާ ފައްކާ
    މިހާރުވެސް ރައްޔިތުން އުޅެނީ ދިރާގުގެ ބައެއް ހިދުމަތްތަކާ ހިތްހަމަނުޖެހިގެން ވިއްޔާ.
    އެޕް ބޭނުންކުރާމީހުން މަދުވީމަ 2 އަހަރެއް ވާތަނާ ތިއެޕް ޑިސްކޮންޓިނިއު ކޮށްފަ ތި ޙިދުމަތް އުވާލަފާނެ.

  2. ކިނބޫ

    ލާރި ކެވޭލެއް މަދުކަމުން

  3. ޖސޖސޖޖސ

    ކަމުދާ އެޕެއް ނޫން..ނާޅާތި