ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އަށް ފޯރުކޮށްދީފައިވާ އޮފަރ ތަށް ޖޫން މަހުވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މާރިޗް މަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ހިސާބުންފެށިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދެމުންނެވެ. މި ދުވަސްވަރަކީ ހުރިހާ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، ޑޭޓާ ބޭނުން ކުރާވަރު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިއެވެ.

އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ކުރިން ފޯރުކޮށްދެމުން އައި އޮފަރތައް ޖޫން މަހުވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖައްސާފައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާއި ދެމެދުގެ ހިލޭ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ. މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންގެ ތެރެއިން ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %50 އާއި %75 އާ ދެމެދުގެ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން %50 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.

މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުން ބައްލަވައިގަންވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ. ވޮއިސް އެޑް-އޮންތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ. %20 އިތުރު އެލަވަންސް މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.

ހުރިހާ އެލް.ޓީ.އީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓަރ ތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 ގެ ނިޔަލަށް ލިބިގެންދާނެއެވެ.

ދިރާގުން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ކަމަށް ދިރާގުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    ހިލޭ ދޭ އެއްޗެކޯ. ހިލޭދޭ އެއްޗެއް ވިއްޔާ، ފޯނުގަ ބެލެންސް ނެތަސް ދޭންވީއެއްނޮއް. ބެލެންސް ނެތީޔާ ނުލިބޭ..އެއީތަ ތިބުނާ ހިލޭ އަކީ.

    15
    • ވިސްނޭ

      ލާރި ކާނެގޮތެއް އަބަދު ހޯދަހޯދަ ތިބެނީ...ރައްޔިތުން ފެލުންކަމަކީ....

  2. ޖ

    ގިނަފަހަރައް ޑާޓާޖައްސައިގެން ހުންނަން ޖެހެނީ ނުހުޅުވި ފިނިހަ ކަ ސްޕީޑު.

  3. ކިނބޫ

    ދިރާގުން އެކި ޕަސެންޓުތަކަށް އަނބުރަނީ ބިޑި ތޯއްޗެއް، އަހަރުން އެނުބޯތީ ނުލިބޭ އެކައްޗެއްވެސް

  4. ޚަނޖަރު

    ދިރާގު މޮބައިލް ކަސްޓަމަރުންގެ ތެރެއިން ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %50 އާއި %75 އާ ދެމެދުގެ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން %50 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.
    އަޅުގަނޑު ޕޯސްޓުޕެއިޑު ނަމްބަރެއް ގެންގުޅޭތާ މިވީ 14 އަހަރު ދިރާގުގެ ޚިދުމަތްތައްހޯދާތާ މިވީ 25 އަހަރު މިމަހުގެ މިބުނާ “ހިލޭ “ ދޭއެއްޗެއް ނުލިބިގެން އަހާލީމަ ބުނީ ކުރީގެ ޕެކެޖު ތަކަށް ނުލިބެޔޯ، ދިވެހިރާއްޖޭގެ ހުރިހައި މީޑިއާތަކަށް ދިރާގުން ސްޕޮންސަރ ދީގެން މިވާހަކަތައް ނުދައްކާތިބެނީ.

  5. ތަރަބެ

    އުރީދޫއިން މޭ މަހުވެސް ނުދޭ.