އިންޑިއާގެ ކެއުންތަކަށް ޚާއްސަ "ޕީޓާ ޕޭން" ގެ ކޮންމެ އޯޑަރަކާއި އެކު ހިލޭ، ކުކުޅު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އިންޑިއާގެ ކެއުންތަކަށް ހާއްސަ ކޮށްގެން މާލޭގައި ހުޅުވި މި ރެސްޓޯރެންޓަށް އާއްމުންގެ ބޮޑު ތަރުޚީބެއް ދަނީ ލިބެމުންނެވެ. މި ރެސްޓޯރަންޓް ހުންނަނީ ސްޓެލްކޯ ކުރިމަތީ އޮންނަ ކަށިމާ ހިނގުމުގައެވެ.

މާލެ ފުރަބަންދުގައި އޮތް އިރު ޑެލިވަރީގެ ޚިދުމަތް ދިނުމުގެ އިތުރުން ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ، އަވަސް ޚިދުމަތެއް ދިނުމަށް ޕީޓާ ޕޭނުން މަސައްކަތް ކުރެއެވެ.

އަދި މިހާރު ފެށި ޕްރޮމޯޝަން އާއި އެކު ކޮންމެ އޯޑަރަކާއި އެކު ކުކުޅު ލިބޭނެ ކަމަށް އެ ތަނުގެ އޮފިޝަލަކު "ވަގުތަށް" މައުލޫމާތު ދިނެވެ.

"ކޮންމެ އޯޑަރަކާއި އެކު ވެސް ލިބޭނެ 2 ކްރިސްޕީ ޗިކަން. އެއީ ކޮންމެ މީލްއަކަށް." އޭނާ ބުންޏެވެ.

އެ ރެސްޓޯރެންޓްގެ ކެއުންތަކުގެ 70 އިންސައްތަ ޚާއްސަވާނީ އިންޑިއާގެ ކެއުންތަކަށް ކަމަށްވީނަމަވެސް އެހެން ޤައުމުތަކުގެ ކެއުންތައްވެސް ރެސްޓޯރަންޓުން ލިބެން ހުންނާނެކަމަށް ޕީޓާ ޕޭން އިން ބުނެއެވެ.

ޕީޓާ ޕޭން އަށް އޯޑަރު ކުރާ އެއްޗެހި މިހާރު ވެސް ޑެލިވަރީ ކޮށްދޭނެއެވެ. ނަމަވެސް މިހާރު އެރެސްޓޯރަންޓުން އަންނަނީ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށް އެޕްލިކޭޝަންގެ ތެރެއިން އޯޑަރު ދެވޭނެ ގޮތް ހެދުމުން އޯޑަރު ކަސްޓަމަރުންގެ ގެއާއި ހަމައަށް ދާންދެން ވީތަން ބަލާލެވޭނެކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.

މިއީ ޕީޓާ ޕޭންއިން ހުޅުވި ފުރަތަމަ ރެސްޓޯރަންޓެވެ. ކުރިއަށް އޮތް ތަނުގައި އެ ރެސްޓޯރަންޓުގެ އިތުރު އައުޓްލެޓްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ސަރަހައްދުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރާނެކަމަށް ޕީޓާ ޕޭންއިން ބުނެއެވެ.

ޕީޓާ ޕޭން އިން ކްރިސްޕީ ކުކުޅު ލިބޭ ޕްރޮމޯޝަން ޖޫން މަހުގެ 3ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ޕީޓާ ޕޭންގެ ކެއުންތަކަށް އޯޑަރ ދިނުމަށް ގުޅުއްވާނީ 3312882 އަށެވެ.