ގދ.ތިނަދޫން އަގުހެޔޮކޮށް ސެނެޓައިޒާ ވިއްކުމުގެ އިންތިޒާމް އޮންލައިން ވިޔަފާރީގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ލިބޭ" އިން ހަމަޖައްސައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސެނެޓައިޒާ އަށް ތިނަދޫ އާއި ގދ.އަތޮޅުގެ އެހެން ރަށްތަކުން ވެސް ޕްރީ އޯޑަރު ނެގުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ތިނަދޫން 500އެމްއެލް، 480އެމްއެލް، 240އެމްއެލް އަދި ކީޗެއިންއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ 30އެމްއެލް ސެނެޓައިޒާގެ ޖެލް އަށް ޕްރީ އޯޑަރު ކުރެވޭނެއެވެ. އޭގެ އިތުރުން އެއް ލީޓަރުގެ ލިކްއިޑް ސެނެޓައިޒާ އަށް ވެސް ޕްރީ އޯޑަރު ކުރެވޭނެއެވެ.

ޕްރީ އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ 9110960 އަށެވެ.

ލިބޭ އިން ގެންދަނީ ލ.އަތޮޅުގައި ވެސް ސެނެޓައިޒާ ވިއްކަމުންނެވެ. ލ.އަތޮޅުން ސެނެޓައިޒާ ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7513153 އަށެވެ.

"ލިބޭ" އިން ވިއްކަމުން ގެންދާ ތަކެތި މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7999681 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ. މީގެ އިތުރުން "ލިބޭ" ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.