މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރު ސަރަހައްދުގައި، އަމީނީ މަގަށް ވާގޮތަށް މީގެ ކުރިން "ހާބަރު ކަޑަތައް" ހިންގި ސަރަހައްދުގައި ސަރުކާރުން އެސްޓީއޯ އާއި ހަވާލުކޮށްގެން ތަރައްޤީކުރި، ޒަމާނީ ފުޑް ކޯޓުތަކުގެ ތެރެއިން ފުރަތަމަ ފުޑް ކޯޓު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުޑް ކޯޓުތަކުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ވަނީ ހުޅުވާފައި ކަމަށާއި، ދެން ހުރި ކެފޭތައް ހުޅުވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

ފުޑް ކޯޓުތަކުގައި ފުރަތަމަ ހުޅުވި ކެފޭއަކީ މާލޭގައި މަތީ ފެންވަރުގައި ރެސްޓޯރެންޓު ހިންގާ ނަން މަޝްހޫރު "އޮކްސިޖަން" ގެ ކެފޭއަކަށްވީއިރު، މި ފުޑް ކޯޓުތައް ތަރައްޤީ ކޮށްފައިވަނީ ޒަމާނީ ފެންވަރަށް ވަރަށް ހިތްޤައިމު ޑިޒައިނަކަށެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތަރައްޤީ ކޮށްފައިވަނީ ތަފާތު ތިން ސައިޒެއްގެ ޖުމްލަ 26 ކެފޭއެވެ. އޭގެ ތެރޭގައި 990 އަކަފޫޓުގެ 15 ކެފޭއަކާއި، 1،260 އަކަފޫޓުގެ 7 ކެފޭއެއްގެ އިތުރުން 1،660 އަކަފޫޓުގެ 4 ކެފޭއެވެ.

ފުޑް ކޯޓުތަކުގެ ތެރެއިން ފުޑް ކޮޓެއް ހުޅުވައި މިއަދު ޚިދުމަތް ދޭން ފެށިއިރު، ފުޑް ކޯޓުތަކަކީ މާލޭގައި ދިރިއިޅޭ އެތައް ބައެއްގެ އުއްމީދާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫއެކެވެ. ޙާއްޞަކޮށް ޓީ ޖެޓީ ސަރަހައްދާއި، މާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ބަންދަރު ބޭނުންކުރާ ލޯންޗުތަކާއި ދޯނިތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މި ކެފޭތައް ހުޅުވޭނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ކރިން ކުނިގޮޑެއް! މިހަރު ގަނޑުވަރެއް! ތަރައްޤިއަކީއަކީ މިއީ!

    • ފެއިލް އަސުރުމާ

      ތަރައްޤީ އަކީ ލިބޭ އެތި ބޮޑު ވެފަ ކުރަން ޖެހޭ ޚަރަދު ކުޑަވުން.. އަމަަން ކަމާއެކު އަނބި ދަރިންނާއި އެކު އުޅެވެން.. އަމިއް އަތޮޅުން ނޫނީ ސަރަހައްދުން ޚިދުމަތްތައް ލިބުނ. ކުލީގެ އަޅުވެތި ކަމުގައި އަަޅެން މަޖުބޫރު ވުމަކީ ތަރައްގީ އެއްނޫން..

      • ސަޅިމީހާ

        ހަފްސާ ބުނަނީ ތެދަށް

  2. ރީނދޫ

    2018ޔަގީން

  3. ފެއިލް އަސުރުމާ

    ޕީޕީއެމްގެ ތަރައްގީ އަކީ އަތޮޅުގައި މުއްސަނދި ރިސޯޓްތައް އޮވެމެ އޭގެން އަތޮޅުގެ ރައްޔިތުންނަށް ފައިދާއެއް ނުވެ ކަށީގެ ޑޮކްޓަރަކު އަތޮޅުފައި ނެތިގެން ކައިރީ އޮތް ރީޖަނަލް ހޮސްޕިޓަލްފައ ނެތިގެން އަދި ކީއް މުޅި ސަރަހައްދުން ވެސް ނުލިބިގެން މާލެެ ދާން ޖެހުން..