މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ "ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް މުޅި ރާއްޖެއަށް ހޯލްސޭލްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ކުކުޅު ފިހާރައިގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އޮންލައިންކޮށް ހޯލްސޭލްގެ ޚިދުމަތް ދޭ އިރު އެ ޚިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހޯއްދެވޭނެ ކަމަށެވެ.

އަދި ކުކުޅު ފިހާރައިގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚާއްސަކޮށްގެން، ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ އިތުބާރާއި މަގްބޫލްކަން ހޯދާފައިވާ ކުކުޅުފިހާރައިގެ މި ޕްރޮމޯޝަނަކީ، އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 100 ވަނަ ކަސްޓަމަރަކަށް 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން، ކުކުޅު ފިހާރައިން މިހާރު ވެސް ހޯލްސޭލް ކުރާ ފަރާތްތަކަށް 20-30 އިންސައްތަ އާއި ދެމެދުގެ ޑިސްކައުންޓެއް ދެމުންދާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން 100 ވަނަ ކަސްޓަމަރުގެ ބިލުގެ 40-50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ދުވާލެއްގެ މައްޗަށް އެތަށް ސަތޭކަ އޯޑަރެއް ލިބެމުންދާ އެ ފިހާރައިން އޯޑަރު ކުރާ ކަސްޓަމަރުންގެ އަދަދު ވެބްސައިޓުން ފެންނާނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން ދަނީ ހިލޭ ޑެލިވަރީގެ ޚިދުމަތް ދެމުންނެވެ.

ވެބްސައިޓު މެދުވެރިކޮށް ތަކެތި ބައްލަވައިގަންނަ ކަސްޓަމަރުންނަށް ފޯރުކޮށްދޭން ޖެހޭ ތަކެތި، ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް އެ ފިހާރައިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ކުކުޅު ފިހާރައިން ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެ ފިހާރައިން ވިއްކާ ހުރިހާ ތަކެއްޗެއްގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން 800 ގްރާމް ކުކުޅު ކޭހެއް ހޯލްސޭލްކޮށް 224ރ. އަށް ލިބެން ހުރި އިރު 900 ގްރާމް ކުކުޅު ކޭހެއް 252ރ. އަށް މިހާރު ލިބެއެވެ.

އަދި 1،100 ގްރާމް ކޭހެއް 308ރ. އަށް، އަދި 1،000 ގްރާމް ކޭހެއް 280ރ. އަށް، 1،200 ގްރާމް ކުކުޅު ކޭހެއް 337ރ. އަށް، 1،300 ގްރާމް ކުކުޅު ކޭހެއް 364ރ. އަށް ލިބޭ އިރު 1،400 ގްރާމު ކުކުޅު ކޭހެއް 393ރ. އަށް ލިބެނެއެވެ. ކުކުޅު ކޭހެއްގައި ހިމެނެނީ 10 ކުކުޅެވެ.

ކުކުޅު ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި، ކުކުޅުގެ އިތުރުން ސޮސެޖާއި ބޯންލެސް ޗިކަން އާއި ޗިކަން ޑްރަމްސްޓިކް ކޭސް ހިމެނެއެވެ. އަދި ތާޒާ މޭވާ އާއި ތަރުކާރީވެސް އެތަނުން ލިބެން ހުރެއެވެ.