ރާއްޖޭގެ ފިހާރައެއްގައި އެންމެ ފުރަތަމަ ހަރުކުރި ޑިސްއިންފެކްޝަން ޗެމްބަރު ހުޅުމާލޭގައި ހުންނަ ފަހި ޕްލާޒާގައި ހަރުކޮށްފިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އެ ޗެމްބަރު އެ ފިހާރާގައި ހަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފަހި ޕްލާޒާއިން މައުލޫމާތުދިން ގޮތުގައި، އެ ޗެމްބަރު ހަރުކުރުމުން ފިހާރައަށް ވަންނަ މީހުންގެ ހަށިގަނޑުގެ، ފިނިހޫނުމިން އެއިން ބެލޭނެ އެވެ. ފިނިހޫނުމިން ރަނގަޅުކަމަށް އެއިން ދައްކާނަމަ ފިހާރައަށް ވަނުމުން، އޭގެން އޮޓޯމެޓިކްކޮށް، މީހާ ސެނެޓައިޒްވެސް ކޮށްލާނެއެވެ.

"ވަނީމަ މީހާގެ ގަޔަށް މަތިންނާއި ތިރިން ސްޕްރޭ ކޮށްލާނެ، އެއީ ސެނެޓައިޒާ ސްޕްރޭ، އެއިރުން މީހާ ހުންނާނީ ޑިސްއިންފެކްޓް ވެފައިތާ، މިއަށް މާބަނޑު މީހުންނާއި، ކުޑަކުދިންނަށް ނުވަދެވޭނެ". އެ ފިހާރައިން މައުލޫމާތު ދިނެވެ.

އެ ފިހާރައިން ބުނީ، މި ދުވަސްވަރާއި ދިމާކޮށް ފިހާރާއިން ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ފިހާރަ ބޮޑުކޮށް، ކައުންޓަރު ކައިރީގައި މީހުން ދުރުދުރުގައި ތިބެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ފަހި ޕްލާޒާއަކީ ހުޅުމާލޭގައި ފުރަތަމަ ހުޅުވި ފިހާރަތަކުގެ ތެރެއިން ފިހާރައެކެވެ. އެފިހަރައިން ކެއުމަށާއި، ރީތިވުމަށް ބޭނުންވާ ހުރިހަ ސާމާނެއް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    މީ ވަރަށް ރަނގަޅު ކަމެއް ގިނަ ތަންތަނުގައި މިކަހަލަ ސިސްޓަމްސް ތަށް ބެހެއްޓިފައި ވާނަމަ ރައްކާތެރިވާނެ
    ހާއްސަ ކޮށް އާންމުން އެއްވެ އުޅޭ ތަންތަނުގައި

    ޝުކުރިއްޔާ ފަހިޕްލާޒާ
    ?

    30
    3