ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައި އޮންނަތާ ދޮޅު މަސް ދުވަސް ފަހުން ދިން ލުއިތަކާއެކު، މާލެ ސިޓީގެ ފިހާރަތަކުން 11 ޖެހުމާއި ހަމައަށް ޑެލިވަރީ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ޚިދުމަށް ދެވޭނެ ގަޑި އަދި ޑެލިވަރީ ޚިދުމަތް ދެވޭނެ ގަޑިތަކެއް ކަނޑައަޅާފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ފުލުހުން މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދެވޭނެ ގަޑި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ޚިދުމަތް ދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެންޓީނު ފަދަ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށާއި، އިލެކެޓްރޯނިކް ޒަރީޢާއިން އޯޑަރު ދިނުމުން މުދާ ޑެލިވަރކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ނޫނީ އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން މިގޮތަށް އަމަލު ކުރުމަށް އަންގާފައެވެ.

މި ފުރަބަންދަށް ދިން ލުއިތަކުގެ ތެރޭގައި ކޮންމެ ގޭބިސީއަކުން ވިޔަފާރި ކުރުމަށް ތިން މީހުންނަށް ފުރުސަތު އޮވެއެވެ. މި ހުއްދަ ހޯދަން ފުލުހުންގެ ޕޯޓަލްއަށް ހުށަހަޅަން ޖެހެއެވެ.