ފުރަބަންދު އުވާލުމުން އެމެރިކާ ރައްޔިތުން އެންމެ ދާން ބޭނުންވާ ތަންތަނުގެ އެންމެ ކުރީގައި ރާއްޖެ ހިމެނިއްޖެއެވެ.
އިންޝުއާ މައި ޓްރިޕްއިން ގޫގަލް ސަރޗް އެނަލައިޒްކުރުމަށް ފަހު ނެރުނު ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް ޓްރެވެލް އޭޖެންޓް ދެންޓްރެވަލްގައި ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާ ރައްޔިތުން ފުރަބަންދު ނިމުމަށް ފަހު ދާން ބޭނުންވާ ތަންތަނުގެ ތެރެއިން އެންމެ ކުރީގައިވާ 10 ތަނުގެ ތެރެއިން 5 ތަނަކީ ރަށްތަކުގެ މައްޗަށް އެކުލެވޭ ތަންތަނެވެ.
ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 އާ ގުޅިގެން ގޭގައި ތިބި އިރު އެމެރިކާގެ އެންމެ ގިނަ ބަޔަކު ގޫގަލް މެދުވެރިކޮށް ހޯދާފައި ވަނީ ރާއްޖޭގެ މައުލޫމަތެވެ. އެގޮތުން 18،100 ފަހަރު ރާއްޖެއާ ގުޅޭ މައުލޫމާތު ހޯދިއެވެ.
އެންމެ ގިނަ މީހުން ރާއްޖެއާ ބެހޭ މައުލޫމާތު ހޯދީ އެމެރިކާގެ ކެލިފޯނިއާގައެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖޭގެ މައުލޫމާތު ހޯދީ ޖޯޖިއާ މީހުންނެވެ. އެއަށް ފަހު ނިއުޔޯކް އާއި ޕެންސިލްވޭނިއާއިން ވެސް ވަނީ ރާއްޖޭގެ މައުލޫމާތު ހޯދިއެވެ.
އެ ވެބްސައިޓްގައި ބުނެފައި ވަނީ ޖުލައި އެއް ވަނަ ދުވަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލާ ކަމަށް ބުނެފައެވެ.
އެމެރިކާގެ މީހުން ދެވަނައަށް އެންމެ ބޮޑަށް ދާން ބޭނުންވާ ތަނަކީ ގްރީސްއެވެ. އެތަނުގެ މައުލޫމާތު ގޫގަލް މެދުވެރިކޮށް ހޯދީ 14،800 ފަހަރެވެ. އަދި ފީޖީ އާއި ކޯސްޓަރީކާ 9900 ފަހަރު ހޯދިއިރު އިރު، ބަހާމަސް ހޯދި 8100 ފަހަރެވެ. މީގެ އިތުރުން މެކްސިކޯ އަރުބާ އާއި ޖަމައިކާ 6600 ފަހަރު، ތައިލޭންޑް 5400 ފަހަރު އަދި އިޓަލީ 4400 ފަހަރު ވަނީ ބަލައިފައެވެ.
އެމެރިކާ ހުރިހާ ރައްޔިތުންވެސް ރާއްޖެއަންނަންވީ. ޓުރަންޕުވެސް.
ދާން ބޭނުން ވަނީ އެއް ނޫން ... އަންނަން ބޭނުން ވަނީ
18000 މީހުން ވިއްޔާ އެމއރިކާގަ ތިބީ ހޫޫން ވަރައް މޮޅުޙަބަރެއް
ކޮވިޑުން މަރުވާން ބޭނުމިއްޔާ އަވަހަށް ޢާދޭ
އެމްޑީޕީ މީހުންނެއްނު ކޭމްޕޭން ކުރީ ރާއްޖެނާއްނާށޭކިޔާފަ...!؟މިހާރު މިޔޮތީކަލޭމެންނައް ﷲ އެދުވަސް ކޯފާއަކާއެކުދައްކަވާފަ..ޓޫރިސްޓުން ހުއްޓި..ގައުމުހުއް ހުއްޓިފަމިއޮތީ...ނަޝީދުމެންމޮޅުބަސްބުންޔަކަސް...؟
ދެންމިހާރުމީހުންނުގެނެވިގެން ތެޅެނީ...
އެމެރިކާ ގިނަ މީހުންނަށް ނޭގޭ މިރާއްޖެ އޮނަކަމެއް ވެސް. ހެހެ