މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ބީއެމްއެލް އިން މިއަދު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ވިދާޅުވީ މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން ހޯމަ، އަންގާރަ އަދި ބުދަދުވަހު ހިދުމަތް ލިބޭނެއެވެ. މިދުވަސްތަކުގައި ބްރާންޗުތަކުން ލިބޭނީ އޮންލައިންކޮށް އަދި އޭޓީއެމްތަކުން ނުލިބޭ ހިދުމަތްތައް ކަމަށް ބޭންކުން ވިދާޅުވިއެވެ.

އެފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހިދުމަތްދޭތީ ޝުކުރު އަދާކުރާ ކަމަށް ވެސް އެ ޓުވީޓުގައިވެއެވެ.

މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާ އެކު، ބީއެމްއެލްގެ އެކިއެކި ބްރާންޗުތަކުން ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އަދި އޭޓީއެމް މެދުވެރިކޮށާއި އޮންލައިންކޮށް ބޭންކްގެ ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ.

އަދި ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި 24 ގަޑިއިރު ކޯލް ސެންޓަރުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ.

ސަރުކާރުން މާލެ ސަރަހައްދުގެ ފުރަބަންދަށް ދީފައިވާ ލުޔާ އެކު، ބީއެމްއެލްގެ މާލޭ ބްރާންޗްތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ހުޅުވުމަށް ވަނީ ނިންމައިފައެވެ. އެކަމަކު، ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އެ ބޭންކުން ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި ދިރިއުޅޭ އެންމެ ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ބޭންކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    ބީއެމްއެލް އިސްލާމިކަށް މުދާ ނަގަން އެއްދުވަހުން ހަމަޖެހޭ ވާދިއާއަކަށް ފޯމްލާފަ އޮންނަތާ ދޮޅުމަސް ދުަވަސް ވެއްޖެ. އެވެސް ލޮކްޑައުންވީ ގޮތަށް ހަބަރެއް ނުވޭ