ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ކޮސްމެޓިކްސް މޮނޯ ސްޓޯރް ކަމަށްވާ ނޯޓް ކޮސްމެޓިކްސް މޮނޯ ސްޓޯއިން ގެއަށް ޑެލިވަރީ ކުރުމުގެ ޙިދުމަތް ފަށައިފިއެވެ.
ނޯޓް އިން މައުލޫމާތުދޭ ގޮތުގައި ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން މިހާރު ބޭނުންވާ ކޮންމެ ނޯޓް ޕްރޮޑަކްޓެއްވެސް ޑެލިވަރީ ކޮށްދެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ނޯޓް ކޮސްމެޓިކްސްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާ، ނިއު އެޑިޝަން އޮތީ ތައްޔާރަށެވެ. އެގޮތުން ނޯޓު ފިހާރަ އަދި ނިއުއެޑިޝަން ފިހާރަ ޑިސްއިންފެކްޓްކޮށްފައިވާއިރު، އެ ފިހާރައިން ވިއްކާ އަދި ޑެލިވަރީ ކުރާ ހުރިހާ މުދަލެއްވެސް ޑެލިވަރީ ކުރަނީ ޑިސްއިންފެކްޓް ކުރުމަށް ފަހުއެވެ..
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން އެ ކުންފުނީގެ ފިހާރަތަކުންވެސް ޑެލިވަރީ ހިދުމަތްތައް ދޭން ވަނީ ފަށާފައެވެ. އެގޮތުން ކޮންމެ މުދަލެއްވެސް އޯޑަރު ކުރާ ކޮންމެ މީހެއްގެ ގޭގެ ދޮރާއްޓާއި ހަމައަށް އޯޑަރު ކުރި ތަކެތި ގެންގޮސްދޭނެ ކަމަށް ނިއުއެޑިޝަނުން ބުނެއެވެ.
ނޯޓް ހޮޓްލައިން އަށް ގުޅައިގެން ނުވަތަ ވައިބާ އަދި ފޭސްބުކް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 12:00 އާއި ދޭތެރޭ ތަކެއްޗަށް އޯޑަރު ކުރުމުން 48 ގަޑިއިރުތެރޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި ފޭސްބުކް ނޫނީ ވައިބާ މެދުވެރިކޮށް ކޮންމެ ގަޑިއަކުވެސް އޯޑަރު ހުށައެޅޭނެއެވެ.
ނޯޓް ޕްރޮޑަކްޓް އޯޑަރުކުރުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ.
ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ ސްކިން ކެއަރ ޕްރޮޑަކްޓްގެ ބާވަތެއްގެ ގޮތުގައި އުފައްދަމުން އައި ބްރޭންޑެކެވެ. %100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ މި ހަލާލު ޕްރޮޑަކްޓް ބޭނުންކުރުމުން ހަންގަނޑު ރީތިވެއެވެ. ހަމަށް ހާއްސަކޮށް ފުރަތަމަ އުފެއްދި ނޯޓް ބްރޭންޑް ފަހުން ވަނީ ކޮސްމެޓިކްސް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްއިން ވަނީ ގިނަ ބާވަތްތަކެއްގެ ހަމަށް މިންގަންޑުތަކެއް ކަނޑައަޅާ، ގިނަ ބާވަތްތަކެއްގެ ނާޒުކު ހަމަށް، ކޮންމެ ވައްތަރެއްގެ ހަމަކަށް ތަފާތު ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ.
ނޯޓް ކޮސްމެޓިކްގެ އެންމެ ހާއްސް އެއް ކަމަކީ، ނޯޓް ގެ ހުރިހާ ޕްރޮޑަކްޓު ތަކަކީ ވެސް ހަލާލު ޕްރޮޑަކްޓުތަކަށްވުމެވެ. ވަރަށް ގިނަ މޭކަޕް ބްރޭންޑުތަކުގައި އޫރުގެ ބައެއް މާއްދާތައް ބޭނުންކޮށްފައިހުރެއެވެ. ނަމަވެސް ނޯޓް ކޮސްމެޓިކްސްގެ އެއްވެސް އުފެއްދުމެއްގައި މިފަދަ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުހުރެއެއެވެ. އެންމެ ފުރަތަމަ ހަލާލް މޭކަޕް ބްރޭންޑަށް ވުމުގެ އިތުރުން، ނޯޓް ކޮސްމެޓިކްސްގައި އެއްވެސް ނުރައްކާތެރި ކެމިކަލެއްވެސް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ޔެސްޔެސްޔެސްޔެސް
ތިޔަ ކޮށްދެއްވާ ހިދުމަތަށް ވ ބޮޑަށް ޝުކުރިއްޔާ
ނޯޓުތީ ވަރަށް ބެސްޓް ބްރޭންޑެއް، އޯޑަރު ކުރާނަން މިރޭ ތޭންކްސް ނޯޓް ޓީމް
މިފެންވަރުގެ ތަނެއްގައި އިންނަންޖެހޭނެ އޮންލައިންކޮށް އެއްޗެހި ގަނެވޭ ގޮތަށް ޕޯޓަލް އެއްހަދާފއި.