ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން މީރުވަސް ދުވާ މޮޅު ސެނެޓައިޒާ އެއް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

"އިރާ" ބްރޭންޑުގެ މި ސެނެޓައިޒާ ޖެލް އަކީ ޖަރާސީމާއި ވައިރަސް އިން ހަންގަނޑު ރައްކާތެރިކޮށްދިނުމުގެ އިތުރުން ގިނައިރުވަންދެން އޭގެ މީރުވަސް ހަންގަނޑުގައި ހުންނާނެހެން ތައްޔާރުކޮށްފައިވާ ސެނެޓައިޒާއެކެވެ. ހަންގަނޑަށް ތާޒާކަން ގެނެސްދޭ މި ސެނެޓައިޒާ އުނގުޅާލުމުން، ގިނައިރު ވަންދެން އޭގެ ރައްކާތެރިކަން ވެސް ލިއްބައިދެއެވެ.

70 އިންސައްތަ އަލްކަހޯލް ހިމެނޭ މި ސެނެޓައިޒާ އަކީ، ހަންގަނޑަށް ގެއްލުންކުރާ މާއްދާތައް އެކުލެވިގެން ނުވާ ގުދުރަތީ ފައިދާކުރަނިވި ބައިތަކުން އުފައްދާފައިވާ މޮޅު ސެނެޓައިޒާއެކެވެ. މިގޮތުން މި ސެނެޓައިޒާ ބޭނުން ކުރުމުން ހަންގަނޑު ހައިޑްރޭޓްކޮށްދީ ހިކިފައި ހުންނަ ހުރުމަށް ޙައްލެއް ގެނެސްދީ ހަންގަނޑު މަޑުކޮށްދެއެވެ.

"ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ މި ސެނެޓައިޒާގެ 25 އެމްއެލް އާއި 500 އެމްއެލްގެ ފުޅި މިހާރު ލިބެން ހުންނާނެއެވެ. އެފަރާތުން "އީރާ" ބްރޭންޑުގެ މި ސެނެޓައިޒާގެ 25 އެމްއެލް ފުޅިއެއް ވިއްކަނީ 40 ރުފިޔާއަށެވެ. އަދި 500 އެމްއެލް ފުޅިއެއް ވިއްކަނީ 250 ރުފިޔާއަށެވެ.

"އީރާ" ބްރޭންޑުގެ އިތުރުން "ފޮއިބަސްބަޔޯ" ބްރޭންޑުގެ 500 އެމްއެލް ސެނެޓައިޒާ ޖެލް ވެސް ލިބޭއިން ވިއްކަމުން ދެއެވެ. "ލިބޭ" އިން މި ބްރޭންޑުގެ 500 އެމްއެލް ވިއްކަނީ 160 ރުފިޔާއަށެވެ.

މީގެ އިތުރުން "ޑެލީ" ބްރޭންޑުގެ ސެނެޓައިޒާ ޖެލްގެ 480 އެމްއެލް އާއި 240 އެމްއެލް އާއި 30 އެމްއެލް ވެސް "ލިބޭ" އިން ވިއްކަމުން ދެއެވެ. މި ބްރޭންޑުގެ 480 އެމްއެލް ފުޅިއެއް ވިއްކަނީ 150 ރުފިޔާ އަށެވެ. އަދި 240 އެމްއެލްގެ ފުޅިއެއް 100 ރުފިޔާއަށް ހުރިއިރު، 30 އެމްއެލް ވިއްކަނީ 50 ރުފިޔާއަށެވެ.

ސެނެޓައިޒާގެ އިތުރުން ފެންވަރު ރަނގަޅު އަދި ރައްކާތެރި ފޭސް މާސްކުވެސް "ލިބޭ" އިން ލިބެން ހުންނާނެއެވެ. މި މާސްކަކީ އާދައިގެ މާސްކުތަކާއި ޚިލާފަށް ތިން ލޭޔަރ ހުންނަ މޮޅު މާސްކެކެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7999681 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މީގެ އިތުރުން ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

"ލިބޭ" އިން ލ. އަތޮޅުގައި ވެސް މި ޕްރޮޑަކްޓުތައް ވިއްކަން ފަށާފައިވާއިރު، އެ އަތޮޅުން ތަކެއްޗަށް އޯޑަރު ކުރުމަށް 9847791 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ."ލިބޭ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (150 ރުފިޔާ)


2. ބަރުދަން ލުއިކޮށްދޭ، ލޭންސްލޭ ކޮކޯ ޕްލަސް (ހޮޓް ޗޮކްލެޓް) (150 ރުފިޔާ)


3. ޑެލީ ބްރޭންޑް ސެނެޓައިޒާ (480 އެމްއެލް - 150ރ. | 240 އެމްއެލް - 100ރ. | 30 އެމްއެލް - 50ރ.)


4. ފޮއިބަސްބަޔޯ ބްރޭންޑުގެ ސެނެޓައިޒާ ލިކުއިޑް (500 އެމްއެލް - 160ރ.)