ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާރު ވަޒީފާ ނުގެއްލި ތިބި ގިނަ މީހުންގެ ވަޒީފާ ވެސް ޖޫން މަހުގެ ނިޔަލަށް ގެއްލޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރި ރިޕޯޓެއްގައި ބުނެފިއެވެ.

ރިޕޯޓްގައި ބުނީ ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ހަމައަކަށް އެޅޭނީ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭ ހިސާބުގައެވެ. އެހެންކަމުން އެއީ އަންނަ އަހަރުގެ އޭޕްރީލް މަސް ހިސާބެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލި ނަމަވެސް ރިސޯޓްތަކުގައި މަސައްކަތް ކުރަން ފުރުސަތު ލިބޭނީ މއަދު އަދަދެއްގެ މުވައްޒަފުންނަށް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 45000 މުވައްޒަފުންގެ ވަޒީފާ އަށް ކޮވިޑް-19 ގެ ސަބަބުން ވަނީ އަސަރު ކޮށްފައި ކަމަށާއި އޭގެ ތެރޭގައި 22000 ދިވެހި މުވައްޒަފުން ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. ރިޕޯޓް އެކުލަވާލުމަށް އެއްކުރެވުނު މައުލޫމާތައް ބަލާއިރު 16 އިންސައްތަ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ވަނީ އުވާލާފައެވެ. އަދި 84 މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފައެވެ.

ޖޮބް ސެންޓަރަށް މައުލޫމާތު ހުށަހަޅާފައިވާ 724 މީހެއްގެ މައުލޫމާތައް ބަލާއިރު 49 އިންސައްތަ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި 35 އިންސައްތަ މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފައެވެ.

އޮންލައިން ޖޮބް ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ގިނަ މީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ އޭޕްރީލް މަހު ވެސް ގޭގެ ޚަރަދުތައް ހަމަޖެއްސުމަށް އެމީހުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ގިނަ މީހުންގެ އަތުގައި ފައިސާ ރައްކާކުރެވިފައި ނެތް ކަމަށް ރިޕޯޓަށް ލިބުނު މައުލޫމާތުތަކުން އެނގެއެވެ.

ރާއްޖޭގެ އިޤުތިޞާދު ބިނާވެފައި ވަނީ ފަތުރުވެރިކަމަށް ވެފައި ފަތުރުވެރިކަން ހުއްޓުމުން އެކަމުގެ އަސަރު ވަނީ މުޅި ގައުމުގެ އިޤުތިޞާދަށް ކުރަން ފަށާފައެވެ. ދައުލަތައް ލިބޭ އާމްދަނީ ވެސް ދަށްވެ، އާއްމު އެހެން ވިޔަފާރިތައް ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރޯދަ މުބާރިކް

    ޢެހެންވެގެން ވަޒީފާއިން ވަކިކުރަން ދުރާލާ ކޮވިޑް 19 އެޖެންޑާ ގާނޫނެއް ހެދުމަށް ހުށައެޅުނީ!

    14
  2. ޑައެލޯގް

    ވަޒީފާތައް ގެއްލޭނެތާ އަހަރެންގެވެސް ކޮންސްޓްރަކްޝަން ކުންފުންޏެއް ހުރެއެވެ. އެތަނަށް މިއުޅެނީ ހުއްދަގަޑުވެސް ނުލިބިގެންނެވެ. އެއްފަހަރުބުނާނެ ސިޓީކައުސިލޭ އަނެއްފަހަރު އެކޮނޮމިކޭ ނޫނީ ޕޮލިހޭ ދެންމިހާރު މަވެސްއެކަށްއިދަޖެހިއްޖެއެވެ. ދެންމުވައްޒަފުންނަށް އަސަރުކުރާނެދޯ

  3. ޙުދުނާ

    މީ.ކިހިނެ ވެގެން އުޅޭ މީހެއް ވަރިހަމަ ކަލޭމެން ތިިތިބީ ވަޒީފާގަ ނުން ބޮޑު މުސާރަ ޖައިގެން

    17
  4. ޙައްގުބަސް

    ހަމަހަމަކަން ގާއިމު ނުކެރެވި ޢަދުލުއިންސާފުން އެއްކިބާވެ ތިބެ ކަންކަން ކުރަމުންދާ ގައުމަކުން ފެންނާނެ މަންޒަރު އެމެރިކާއިން މިއަދު އެފެންނަނީ!! އެގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ އެތިބީ އަދުލު އިންސާފާއި ހަމަހަމަކަން ގެނަސްދިނުމަށް އެދި ގޮވަން!! އެމަންޒަރު މިގައުމުންވެސް ފެނުން ދުރެއްނޫން މިހެން ކަންތައްތައް ވަމަުންދާނަމަ!!

  5. މުހައްމަދު

    ރިސޯޓް ބޯއިސް 2018 މިއަޑު ވަ ރަހަ ގަދަވި.
    އެމީހުންވެސް ތިބީ ވަ ރަށް ވަ ރަށް ވަ ރަށް ވެފާ...