މާލޭ ކޮމާޝަލް ޕޯޓު ބަދަލުކުރަން އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެކަން ކުރުމަށް ހަދަން ޖެހޭ ހުރިހާ ޕްލޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދައި ނިންމާފައިވާ ކަމަށް މިހާރު މާވަށު ދާއިރާގެ މެންބަރުކަން ކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހްގެ ސަރުކާރުންް ވެސް ފުރަތަމަ ނިންމީ މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރާށެވެ. ނަމަވެސް ފަހުން ސަރުކާރުގެ ވިސްނުން ބަދަލުކޮށް މިހާރު ނިންމާފައި ވަނީ ޕޯޓް ގުޅީ ފަޅަށް ބަދަލު ކުރާށެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ތިލަފުއްޓަށް މާލޭ ކޮމާޝަލް ޕޯޓް ބަދަލުކުރަން ބޭނުންނުވީ އެ ހިސާބުގައި އެތަން ހަދައިފިނިމަ ކުނި އަޅާތަނާ މާކައިރިވެ ތިމާވެށީގެ ގޮތުން އެއީ އެކަން ކުރަން އެންމެ ރަނގަޅުގޮތް ކަމަށް ނުވާތީ ކަމަށެވެ.

ނަމަވެސް އެކަމަށް ރައްދުދެއްވާ ސައީދު ވިދާޅުވީ ކުޅީފަޅުގައި ޕޯޓް ހެދުމުން ކުނި އަޅާ ސަރަހައްދާއި ޕޯޓް މާބޮޑަށް ކައިރިވާނެ ކަމަށެވެ.

ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮތީ ނިންމަވައި އެކަމާ ގުޅޭ ކުރެހުންތައްވެސް ކުރައްސަވާފައި ކަމަށެެވެ. އަދި އެގޮތަށް ނިންމީ ވަރަށް ބޮޑަށް ދިރާސާތައް ކުރުމަށްފަހުގައި ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ތިލަފުށީގައި ބަނދަރު ހަދަން ނިންމާފައި އޮތީ އެރަށުގެ ހުޅަނގު އުތުރު ސަރަހައްދުގައި ކަމަށެެވެ. އޭރުން ކުނި އުކާ ސަަރަހައްދާ 3369 މީޓަރުގެ ދުރުމިން ހުންނާނެ ކަަމަށާއި އޭގެ ބަދަލުގައި ގުޅި ފަޅުގައި ބަނދަރު ހެދުމުން ކުނިއަކާ ސަރަހައްދާ ދެމުދު އޮންނާނީ 400 އެއްހާ މީޓަރުކަމަށް ސައީދު ވިދާޅުވިއެވެ.

"ޕްލޭން އޮންނާނެ ސަރުކާރުގައި. އެ ޕްލޭން އެގޮތަށް އޮއްވައި އެ ބަދަލު އެ ގެނައީ. ވެއ ހައުސްއާ ހުރިހާ ކަމެއް އަންނާނެ ގޮތަށް ޕްލޭން ހަދާފައިވާނީ. މުޅި ތިލަފުށި އެއްކޮށް ހިއްކައިގެން އެތަން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ކުރުމަށް އަޅުގަނޑުމެން ނިންމީ،" ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭޗާރާ

    ސައީދޫ ފޮނި ނުކަނޑާ. އެއީ ކަލޭމެން ހެދި ޕްލޭނެއް ނޫން. އެއީ މިގައުމުގެ ރަން ތިރީސް އަހަރުގެ ބާނީ ހަދާފައި އޮތް ޕްލޭނެއް. މުޅި ސަރަހައްދުގައި ބްރިޖް އެޅުމާއި، ތިލަފުށި ހިއްކުމާއި ގުޅީފަޅުގައި ޕޯޓް ހެދުމާއި، ގްރޭޓަރ މާލެ ސަރަހައްދަން ކަރަންޓް ދޭނޭ މައިމަރުކަޒު އެތަނުގައި ގާއިމުކުރުމާއި، ކަރަންޓް ވިއުގައަކުން ގުޅައިލުމާއި، ފުނަދޫގައި ހުރި ތެޔޮ ތާނގީތައް އެތަނުން ނަގައި ގުޅީ ފަޅަށް ބަދަލުކުރުމާއި، މާލޭގެ ބަނދަރުގެ ކުރިމަތީގައި އެއޮތް ހުސް ފަޅު ތަރައްޤީކޮށް ރައްކާތެރި ބަނދަރެއް ހެދުމާއި، މިހެން ގޮސް އެތައް ކަމެއް މިސަރަހައްދަށް އެކަނިވެސް ޕްލޭނެއް ކޮށްފައި އޮތީ. 2020 ގެ ތަޞައްވުރެއް އޮވެ އޭގެ ބައެއް ކަންކަން އޮތީ ފުރިހަމަކޮށްފައި. ޑިމޮކްރަސީ އައިސްގެން މަމޮޅު މީހުން އައިސްގެން މިލިޔަނުން ބިލިޔަނުން ޚަރަދުކޮށްގެން ކަންކަން ނުކުރެވިގެން އުޅުނެއްކަމަކު އޭރު ތިއޮތް ހުޅުމާލެ ހިއްކާފައި އެއޮތީ އެންމެ 10 މިލިއަން ރުފިޔާއަށް. އަދި އެތަނުގެ ފުރަތަމަ ފޭސްގައި ފްލެޓް އަޅައި ދީފައި ދެވަނަ ފޭސްގައި 572 ފްލެޓް އަޅާފައި ބަހައްޓާފައި ވެރިކަން ނިމިގެން ދިޔައީ. އޭގެ ފަހުން ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި މިއުޅެނީ ހުޅުމާލޭގައި 2000 ފްލެޓަށް މީހުންނަށް ނުވަދެވިގެން. އަނގަތެޅުމާއި ބައިސާކެނޑުން ކަމަކަށް މިހާރު މިއޮތީ.

    • ހާން

      ރަންތިރީސް އަހަރު ހެދިއެއްޗެކޭ..އެއީ އަހަރެމެން ދެ އަތުން 2014 ގައި ހެދި އެއްޗެއް. ރަންތިރީސްއަހަރު އޭރު މަޖިލީސް ގަޑުބަޑު ކުރަން ބިޒީކޮއް.

  2. ާަާަަައަސްލު

    ނަޝީދު ވެރިކަމުގަ އަސްލަމް މިނިސްޓަރ ކަމުގަ އުޅުނުއިރުގެ އޮޑިޓު ރިޕޯޓުންވެސް އިނގޭ ކިހާލާރިއެއްގެއްލިފަވާކަން ދެންކިހާވަރެއްކޮއްލާނެ...؟! މިފަދަމީހުން 2 ވަނަފަހަރައް މިނިސްޓަރ ކަންދިނުމުން މިގައުމުގެ އަދުލުއިންސާފް ހުރިފެންވަރުއިނގޭ...އެހެންގައުމެއްގަނަމަ މީއުމުރުދުވަހައް ޖަލައްލާވަރު މީހުން..ސުބުހާނަﷲ..ހުކުންކުރާނީކޮންއިރަކުބާ.!!