ކޮވިޑް-19 އާއި ގުޅިގެން، މާލެ ފުރަބަންދު ކުރުމާއި އެކު، ގިނަ ދުވަސް ތަކެއްގެ މެދުކެނޑުމަކަށްފަހު، އަނެއްކާވެސް، އިހުސާން ފިހާރައިން "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، ވިއްކަން ފަށައިފިއެވެ.

އިހްސާން ފިހާރަ 1 (މާފަންނު އިޙުސާން ފިހާރަ)، އިހުސާން ފިހާރަ 2 (ގަލޮޅު އިހުސާން ފިހާރަ) އަދި އިހުސާން ފިހާރަ 3 (މައްޗަންގޮޅި އިހުސާން ފިހާރަ) އިން، ބަނޑު ހިންދާ ކޮފީ މިހާރު ލިބޭނެއެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ބަނޑު ހިންދާ ކޮފީގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، މި ފިހާރަތަކުން ކޮފީ ބައްލަައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މިއަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ވިއްކުމަށް ޙާއްޞަ އިހުސާން ފިހާރައިގެ ޑެލިވަރީ އޯޑަރުތައް މިހާރު ނަގަނީ ވެބްސައިޓް މެދުވެރިކޮށެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުރެއެވެ. އަދި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް އެތަނުން ލިބެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.