ކުކުޅު ފިހާރައަށް އާންމުންގެ ތާއީދު ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިންގ މޯލްއަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެކަމާއި ގުޅޭ މައުލޫމާތު "ވަގުތާއި" ހިއްސާކުރައްވަމުން ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ މުހައްމަދު ނަޝާތު ވިދާޅުވީ އީ-މޯލްގެ ޚިދުމަތް މުޅި ރާއްޖެއަށް ލިބޭނެ ކަމަށާއި، އީ-މޯލް މެދުވެރިކޮށް ޝޮޕިން މޯލްއަކުން ލިބޭ ހުރިހާ އެއްޗެއް ލިބޭނެ ކަމަށެވެ.

އަދި ކުކުޅު ފިހާރައަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭނެ ޝޮޕިން މޯލްއިން ކަމަށާއި ހުރިހާ އެއްޗެއް ވެސް އެހެން ތަންތަނަށް ވުރެ އަގު ހެޔޮވާނެކަން އޭނާ ފާހަގަކުރިއެވެ. މީގެ ކުރިން އީ-ޝޮޕް މެދުވެރިކޮށް ވިއްކަމުން އައީ ކުކުޅުގެ ބާވަތްތައް އެކަނި ކަމަށްވީ ނަމަވެސް މިހާރު އީ-މޯލް މެދުވެރިކޮށް ކާބޯ ތަކެތީގެ އިތުރުން ރީތިވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނުވެސް ލިބޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.

"އީ-މޯލްއިން ވަރަށް ފަސެހަވާނެ ވިޔަފާރިކުރަން. ފިހާރައަށް ވަދެފައި ވަށިގަނޑަށް އަޅާ ގޮތަށް އައިޓެމްސް ސެލެކްޓް ކުރަމުންދާންވީ. ކުރާވަރަކަށް ޓޯޓަލް ރުފިޔާ ފެންނާނެ. މިގޮތަށް ބަދަލް ކުރީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން. އަޅުގަނޑުމެން 500 ރުފިޔާއިން މަތީގެ ތަކެތި ބައްލަވައިގަތީމަ ބޯޓަށް ގެންގޮސްދެން ކުރިއެކޭވެސް އެއްގޮތަށް." އޭނާ ވިދާޅުވިއެވެ.

ނަޝާތު ވަނީ ކޮންމެ ދުވަަހަކުވެސް ވެބްސައިޓަށް އާ އެއްޗެހި އިތުރުވަމުންދާނެ ކަމަށް ބުނެފައެވެ.

މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އައި"ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް މުޅި ރާއްޖެއަށް ހޯލްސޭލްގެ ޚިދުމަތް ދޭން ފަށާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުކުޅު ފިހާރައިގެ ޚިދުމަތް އީ-މޯލް އަކަށް ފުޅާކުރަން ނިންމާފައި ވާއިރު، އޮންލައިންކޮށް ހޯލްސޭލްގެ ޚިދުމަތް ދޭ އިރު އެ ޚިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެއެވެ.

މިހާރު ކުކުޅު ފިހާރައިގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން، ޕްރޮމޯޝަނެއް ވެސް އެބަ ކުރިއަށް ގެންދެއެވެ. މި ޕްރޮމޯޝަނަކީ، އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 100 ވަނަ ކަސްޓަމަރަކަށް 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން، ކުކުޅު ފިހާރައިން މިހާރު ވެސް ހޯލްސޭލް ކުރާ ފަރާތްތަކަށް 20-30 އިންސައްތަ އާއި ދެމެދުގެ ޑިސްކައުންޓެއް ދެމުންދާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން 100 ވަނަ ކަސްޓަމަރުގެ ބިލުގެ 40-50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ދުވާލެއްގެ މައްޗަށް އެތަށް ސަތޭކަ އޯޑަރެއް ލިބެމުންދާ އެ ފިހާރައިން އޯޑަރު ކުރާ ކަސްޓަމަރުންގެ އަދަދު ވެބްސައިޓުން ފެންނާނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން ދަނީ ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ 6 އަހަރުވެފައިވާ އިރު، ރީޓެއިލް ކުރަން ފެށީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމައަސްލު

    ވެ ބްސައިޓް އަށްވަދެފަ ވަރަށް ހިތްހަމަ ޖެހުނު އަގުތަކަށް......ހަމަ އޮ ބި އިނގޭ މާޝާ ﷲ

    12
    1