ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަށް ހުއްޓިފައިވާ މި ދަނޑިވަޅުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިސްނަގައިގެން ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަނދާންތައް ވާޗުއަލްކޮށް މުޅި ދުނިޔެއަށް ދައްލާކުމަށް ތައްޔާރު ވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ މި ލައިވް އިވެންޓަކީ "މޯލްޑިވްސް: ދަ ސަން ވިލް ރައިޒް އަގެއިން" ގެ ނަމުގައި މިރޭ ކުރިއަށް ގެންދާ ލައިވް އިވެންޓެކެވެ.

ޓުއަރިޒަމް މިނިސްޓްރީ އާއި ޕީއެސްއެމް، މޮންދު ޕްރޮޑަކްޝަން އަދި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިއަށް ދާ ލައިވް އިވެންޓް އޮންނާނީ މިރޭ 20:00 އިން 00:00 އަށެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭޣެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖޭއާ ގުޅޭ އުއްމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމުގެ އިތުރުން އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައްވެސް ހާމަ ކުރެވިގެންދާނެ ކަމަށެވެ.

މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިވެހި މިޔުޒީޝަނުންނާއި އާޓިސްޓުންގެ އުއްމީދުން ފުރިގެންވާ މެސެޖުތައްވެސް ގެނެސްދެވޭނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމަށް މި އިވެންޓުގެ ތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ދިނުމަށް
ކުއިޒްއެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސް ހިމެނޭ ގޮތުން ގުރުއަތުން ހޮވޭ 8 ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ހަމަ ޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަޒް

    މުޅި ދުނިޔެއަށް ފެންނާނެއޭ ތި ބުނީ ކީއްވެ.. ބެލި މީހަކަށް ފެންނާނީ

    34
    1
  2. އދ.

    އަނެއްކާވެސް ލާރިގަޑެއް ކަޓުވާލައް ގޭމެއް ރާވާލީދޯ ވަރައްމޮޅުވާނެ ތިކަހަލަ ކަންކަމަށް ރައްޔަތުމީހާއައް އެއްޗެއްދޭން ވެއްޖެތަ އެކަމެއްނުވާނެ ނުވެސްއެގޭނެ މީވަގުންގެ ސަރުކާރު

  3. ދަރަނި ދަންތުރަ

    އެމީހުން ދައްކަނީ މުޅިދުނިޔެއަށް އެކަމަކު ސޯލިހު ބަލަނީ ދުނިޔޭން ބޭރުން...

    16