ގިނަ ފަހަރަށް އުޅެން ޖެހޭ މާހައުލުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާއި ހުރި ހަށިގަނޑުގެ ހަންގަނޑު ހިކި، ކުރަކިވުމުގެ މައްސަލައަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މި މައްސަލައަކި ހަންގަނޑު ރީތިކަން ވެސް ގެއްލި، އެކަމުގެ ސަބަބުން މީހާގެ ސިފަ ގެއްލިދާން މެދުވެރިވާ ކަމެއްވެސް މެއެވެ.

ހަންގަނޑު ހަލާކުވުމަށް މެދުވެރިވާ ގިނަ ސަބަބުތައް ވެއެވެ. އެންމެ ގިނަ ބަޔަކަށް އެ މައްސަލަ ދިމާވަނީ ހޫނު މާހައުލުގެ ސަބަބުންނެވެ. ގިނަ ވަގުތު އަވީގައި އުޅެން ޖެހޭ މީހުންނަށް މި މައްސަލަ މެދުވެރިވާ ގޮތް ބޮޑެވެ. އެހެންކަމުން ހަންގަނޑުގެ ރައްކާތެރި ކަމަށް މިފަދަ މާހައުލުތަކުގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން މިވަނީ ދިވެހިންނަށް ދިމާވާ މި މައްސަލައަށް އިތުބާރު ހައްލެއް ހޯދައި ދީފައެވެ. މިހާރު "ލިބޭ" އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ސެންޓީއޯ ޕިންކް ކޮލާޖަން" ބްރޭންޑުގެ "ރެޑިއެންޓް އެންޑް ފާމް ބޮޑީ އެސެންސް" އަކީ ހަންގަނޑުގެ ރީތިކަން އަލުން އަނބުރާ ގެނުވައިދޭނެ މޮޅު އުފެއްދުމެކެވެ.

ހަންގަނޑުގައި އުގުޅާ އެހެން ލޯޝަންތަކެކޭވެސް އެއްފަދައިން މި އެސެންސްވެސް ބޭނުން ކުރެވެއެވެ. ނަމަވެސް އެހެން ލޯޝަންތަކާއި ޚިލާފަށް "ސެންޓީއޯ ޕިންކް ކޮލާޖަން"ގެ "ރެޑިއެންޓް އެންޑް ފާމް ބޮޑީ އެސެންސް" ހަންގަނޑުގެ ތެރެއަށް ފަސޭހަކަމާއި އެކު ވަދެއެވެ. މި އެސެންސްގެ އެންމެ ޚާއްސަ ކަމަކީ، ހިކި ހަންގަނޑަށް ފަރުވާކޮށްދިނުމާއެކު ހަންގަނޑު މަޑުކޮށްދީ ތާޒާކަން އިތުރުކޮށްދިނުމެވެ. ހަމަ އެހެންމެ ހަންގަނޑުގެ އޮމާންކަން އިތުރުކޮށްދީ ހަންގަނޑު ދޮންކޮށްލުމަށްވެސް މި އެސެންސް ބޭނުންކުރެވޭނެ އެވެ.

ހަންގަނޑަށް ގެއްލުންވާ އެއްވެސް މާއްދާއެއް އެކުނުލެވޭހެން ތައްޔާރުކޮށްފައިވާ މި އެސެންސަކީ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ. މިގޮތުން މި ލޯޝަންގައި އުފެއްދުމުގައި ހަންގަނޑަށް ފައިދާކުރަނިވި ފަތްޕިލާވެއްޔާއި މޭވާގެ ބާވަތްތައް ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން މިއީ ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއިވެސް އެކަށީގެންވާ އުފެއްދުމެކެވެ.

"ސެންޓީއޯ ޕިންކް ކޮލާޖަން" ބްރޭންޑަކީ ދުނިޔޭގައި ވެސް މަޝްހޫރު، އަދި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ "ރެޑިއެންޓް އެންޑް ފާމް ބޮޑީ އެސެންސް" ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނާގޮތުން، އެސެންސް ބޭނުންކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާކުރަނިވި ނަތީާޖާތައް ފެނެއެވެ. އަދި ހަންގަނޑަށް ހީވެސް ނުކުރާފަދަ ރަނގަޅު ބަދަލު އާދަކޮށް މި އެސެންސް ބޭނުންކުރަން ފެށުމުން ފެނިގެންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

"ލިބޭ" އިން "ސެންޓީއޯ ޕިންކް ކޮލާޖަން" ބްރޭންޑުގެ "ރެޑިއެންޓް އެންޑް ފާމް ބޮޑީ އެސެންސް" ގެ 350 އެމްއެމްގެ ފުޅިއެއް ވިއްކަނީ 179 ރުފިޔާއަށެވެ. "ލިބޭ" އިން އަންނަނީ މި ޕްރޮޑަކްޓު ހޯލްސޭލް އަދި ރީޓެއިލްކޮށްވެސް ވިއްކަމުންނެވެ.

"ލިބޭ" އިން މި ޕްރޮޑަކްޓަށް، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ނުވަތަ "ލިބޭ" ގެ ނަމްބަރު، 9759452 އަށް ގުޅައިގެން އޯޑަރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. "ލިބޭ" ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.


"ލިބޭ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އީރާ ބްރޭންޑުގެ މީރުވަސް ދުވާ ސެނެޓައިޒާ (25 އެމްއެލް - 40ރ. | 500 އެމްއެލް - 250ރ..)


2. ޑެލީ ބްރޭންޑް ސެނެޓައިޒާ (480 އެމްއެލް - 150ރ. | 240 އެމްއެލް - 100ރ. | 30 އެމްއެލް - 50ރ.)


3. ފޮއިބަސްބަޔޯ ބްރޭންޑުގެ ސެނެޓައިޒާ ލިކުއިޑް (500 އެމްއެލް - 160ރ.)


4. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (150 ރުފިޔާ)


5. ބަރުދަން ލުއިކޮށްދޭ، ލޭންސްލޭ ކޮކޯ ޕްލަސް (ހޮޓް ޗޮކްލެޓް) (150 ރުފިޔާ)