ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގެ ހަރަކާތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ރޭ ކުރިއަށްގެންދިޔަ "ދަ ސަން ވިލް ޝައިން އަގެއިން" ގައި އާއްމު ކުރި ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ވީޑިއޯއަށް ޚަރަދު ކޮށްފައި ވަނީ 3000 ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދުގެ ވީޑިއޯއަށް ޚަރަދުކުރި ފައިސާގެ އަދަދު ހޯދަން "ދިޔަރެސް" އިން ޓްއަރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯއަށް ޚަރަދު ކޮށްފައި ވަނީ 194 އެމެރިކާ ޑޮލަރު ނުވަތަ 3000 ރުފިޔާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފައިސާ އަކީ މިއުޒިކް ކޮމްޕޯސާއަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.

ވީޑިއޯގެ މަސައްކަތަކީ ޓްއަރިޒަމް މިނިސްޓްރީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތެއް ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ހަތަރު މުވައްޒަފެއްގެ ނަން ވެސް ޓްވީޓްގައި ފާހަގަ ކުރައްވާފައެވެ.

ރާއްޖެ ޕްރޮމޯޓް ކުރަން މިނިސްޓަރ އަލީ ވަހީދު އެކްޓް ކުރައްވާފައިވާ ވީޑިއޯގައި މިނިސްޓަރ ވިދާޅުވީ، ދުނިޔެމަތީގައި މިފަދަ ދެވަނައެއް ނުވާ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ 1972 ވަނަ އަހަރުގައި ކަމަށާއި އުންމީދަކީ އަންނަ ޖުލައި މަހު އަނެއްކާވެސް ފަތުރުވެރިކަން ހުޅުވާލުން ކަމަށެވެ.

ރާއްޖެ ޕްރޮމޯޓް ކުރަން އާއްމު ކޮށްފައިވާ ވީޑިއޯގައި މިނިސްޓަރ އަލީ ވަހީދު ފެނިގެންދާ ގޮތައް ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ. އެއަށްވުރެ ފުރިހަމައަށް ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވީޑިއޯއެއް ތައްޔާރު ނުކުރެވެނީ ކީއްވެތޯ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސުވާލު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޝައިލް

  އެއްވެސް ކަހަލަ މާކެޓިން ސުޓެރެޓެޖީއެއް ނެތި ހަމަ ހުރެލާފަ ޓޫރިޒަމް ވިޑިއޯއޭ ކިޔާފަ މިނިސްޓަރު ކުރާކަމަކީ ދެއިޅިއެއްނެތް އަދި މަގާމުގެ ގޮތުން އެ މަގާމުގައި ހުންނަ މީހަކު ކުރާކަހަލެ ކަމެއް ނޫން.. ކުރަންޖެހޭ މުހިންމު ކަންކަން ބައިވަރު އެބަހުރި.. އޭގެ ތެރެއިން އެއްކަންވެސް އެދެވޭގޮތުގައި އަދި ނުކުރެވޭ.. މިއީ ފެންވަރެއް ނެތް ސިތާސީ ގޮތުން ހައްދުފަހަނަޅާފައިވާ ޕާޓީއަކައް ވެރިކަން ދިނީމަ ވާގޮތް. އެމީހުން ދެކޭ ގޮތުގަ ހުރިހާކަމެއްގެ ހައްލަކީ ސިޔާސީ ޗަރުކޭސް.

  18
  1
 2. ގުއިދައިތަ

  ތީ އޭނާގެ ކިއްލި ކުންފުނިން ސީ.އެސް.އާރގެ ދަށުން ކޮށްދިން ކަމެއް.

  20
 3. މޑޕ އަކީ އައްޗި ޕާޓީއެއް

  ކާލާ ކާލާ ހުރިހާ ފައިސާ ތައް ބަނޑަށް އަޅާފަ ހަޖަމު ކޮށްލާ
  މުޅި ދުނިޔެއަށް ފެންނާނެއޭ ބުނި ލައިވް އަށް ލިބުނީ އެއްހާސް ދުއިސައްތަ ވިއުސް ، ރާއްޖެ ޕްރޮމޯޓް ކުރަން އުޅުނު ބަޔަކަށް މިލިއަނެއްހާ ވިއުސް ވެސް ނުލިބުނު ? ދެން އަތްޖަހާ
  3000 ހާހޭ؟ ބިލިޔައަނެއް ހާ ރުފިޔާ ޙަރަދުކޮށްލިނަމަ

  16
 4. ހުސޭނުބޭ

  ކިއްލިތަޅައިގެން މާލޭން ބޮޑު ގެއަކާއި ހުޅުމާލޭން 2 ގޯތި ގަތް މީހާ 3000 ރުފިޔާއެއްނޫން ......... ތިކަމަށް ޚަރަދުކުރީ 3 ރުފިޔާއޭ ބުނިނަމަ އަދި މާ ފުރިހަމަވީސް!

 5. ޝަމްހީދު

  މާކެޓިންނަކުން މިފަހަރު އަދި ޓޫރިސްޓުން ނުގެނެވޭނެ.. ގައުމުތަކުގެ އާބާދީތައް އޮތީ ބަނގުރޫޓުވެފަ.. އެތަކެއް މިލިޔަން ބަޔަކު ވަނީ ވަޒީފާ ނެތިފަ.. މުއްސަނދީން ފަހަތުން އެމީހުންގެ މުއައްޒަފުންތައް މުސާރަހޯދަން ދައުވާ ކުރަނީ.. އަދި މުއްސަނދީންގެ އަތުން ޓެކުސް ލާރިލިބޭތޯ ސަރުކާރުތަކުން ދުވަނީ.. އަދި މުއްސަނދީންގެ ޕުރޮޕަޓީތަކުގެ އަގު ވެއްޓެމުން ދަނީ.. ވީނާ މިދަނޑިވަޅެއް އެއްވެސް ބަޔަކައް ފަސޭހައެެއްނޫން.. މިތަނައް ޓޫރިސްޓުން ގެންނަންބަލާއިރު މިއީ ސޭފް މަންޒިލެއްކަމައްވެސް އަދި ލުސްޓު ނުކުރެވޭ. އަދި މިތަނާ ވާދަކުރާ ގައުމުތައް ގިނަވެފަ އެމީހުން ކުރާ މަސައްކަތް ހަރުދަނާވެފަ ކާމިޔާބު. ރާއްޖޭގަ އަހަރެމެންގެ ހާލަކީ ފުޓުބޯޅަ ހިންގަން އުޅުނު އެއްވެސް މަތީތައުލީމެއްގެ ފެންވަރެއް ނެތް މީހަކު ރާއްޖޭގެ އެންމެ ބޮޑު ސިނާޔަތާއި ހަވާލުކޮއްގެން ދުރުން ބަލަން ތިބުން. މިކަން ދިވެހި ބޭސް ވެރިޔަކާ ހަވާލު ކުރިޔަސް ވާނީ ހަމަ މިހާކައްވަރު. ދެން ވަރައް ދެރަ ކޮންމެއަކަސް.. ކުރާނެ ކަމެއް ބުނާނެ ބަހެއް ނެތް.. ލޮލުކުރިމަތީން މިފެންނަމުން ދަނީ އަހަރެމެންގެ ދެއަތުން ބުއި ބޮނޑި.

 6. ޝަމްހީދު

  މާކެޓިންނަކުން މިފަހަރު އަދި ޓޫރިސްޓުން ނުގެނެވޭނެ.. ގައުމުތަކުގެ އާބާދީތައް އޮތީ ބަނގުރޫޓުވެފަ.. އެތަކެއް މިލިޔަން ބަޔަކު ވަނީ ވަޒީފާ ނެތިފަ.. މުއްސަނދީން ފަހަތުން އެމީހުންގެ މުއައްޒަފުންތައް މުސާރަހޯދަން ދައުވާ ކުރަނީ.. އަދި މުއްސަނދީންގެ އަތުން ޓެކުސް ލާރިލިބޭތޯ ސަރުކާރުތަކުން ދުވަނީ.. އަދި މުއްސަނދީންގެ ޕުރޮޕަޓީތަކުގެ އަގު ވެއްޓެމުން ދަނީ.. ވީނާ މިދަނޑިވަޅެއް އެއްވެސް ބަޔަކައް ފަސޭހައެެއްނޫން.. މިތަނައް ޓޫރިސްޓުން ގެންނަންބަލާއިރު މިއީ ސޭފް މަންޒިލެއްކަމައްވެސް އަދި ލުސްޓު ނުކުރެވޭ. އަދި މިތަނާ ވާދަކުރާ ގައުމުތައް ގިނަވެފަ އެމީހުން ކުރާ މަސައްކަތް ހަރުދަނާވެފަ ކާމިޔާބު. ރާއްޖޭގަ އަހަރެމެންގެ ހާލަކީ ފުޓުބޯޅަ ހިންގަން އުޅުނު އެއްވެސް މަތީތައުލީމެއްގެ ފެންވަރެއް ނެތް މީހަކު ރާއްޖޭގެ އެންމެ ބޮޑު ސިނާޔަތާއި ހަވާލުކޮއްގެން ދުރުން ބަލަން ތިބުން. މިކަން ދިވެހި ބޭސް ވެރިޔަކާ ހަވާލު ކުރިޔަސް ވާނީ ހަމަ މިހާކައްވަރު. ދެން ވަރައް ދެރަ ކޮންމެއަކަސް.. ކުރާނެ ކަމެއް ބުނާނެ ބަހެއް ނެތް.. ލޮލުކުރިމަތީން މިފެންނަމުން ދަނީ އަހަރެމެންގެ ދެއަތުން ބުއި ބޮނޑި...

 7. ާބޭރު މީހާ

  އަސްލު ތި ވީޑިއޯ ވަރައް ފުރިހަމަ ވެފަ މާބޮޑައް ވެސް ރީތި ވެފަ މީހުން މާބަލާލާ ހިތުން ބެލިސް ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ލައްވާ ކުޅުވި ނަމަ .....ތިކަހަލަ ކަންކަމައް އަޅުގަނޑަށް ޖާބިރު ވަރެއް ނެތް...ޖާބިރު ގެ އެކްޓިން މާ ހަބޭސް ވާނެ...