މި އަހަރު ހުޅުމާލެ އިން އަމިއްލަ ފަރާތް ތަކަށް ބިން ވިއްކާނެ ކަމަށް، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން އިމާރާތް ކުރުމުގެ ދާއިރާއާބެހޭ ގޮތުން މިއަދު ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މި އަހަރު ބިން ވިއްކަން ފަށާނެ ކަމަށެވެ. ބިން ވިއްކުން ލަސްވަނީ ދެވަނަ ފިޔަވަހީގައި ބައެއް ވަސީލަތްތައް ގާއިމް ކުރަން ޖެހޭތީ ކަމަށެވެ.

"އަޅުގަނޑު އެޗްޑީސީ އާއި ހަވާލުވީއިރު ވެސް އެއް ބުރަށް ބިން ވިއްކާފައި ވަނީ. ނަމަވެސް އެސެންޝިއަލް ސާވިސް ގާއިމް ނުވެ ހުރީ. އަދި ވެސް އިލެކްޓްރިކް ނެޓްވޯކް ފޯރުކޮށް ދެވޭނެ ޑެޑްލައިނެއް ފައިނަލެއް ނުވޭ. އަޅުގަނޑުމެން މި ބަލަނީ އިލެކްޓްރިކް ނެޓްވޯކްގައި ހުރި މައްސަލަތައް ސޯޓްއައުޓް ވީހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދަން. ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ކުރަމުން އެބަ ގެންދޭ،" ސުހައިލް ވިދާޅުވި އެވެ.

މިމަސް ނިމުމުގެ ކުރިން ހުޅުމާލެ 2 ވަނަ ފިޔަވަހީގެ މުހިންމު ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިޢުލާންކުރާނެކަމަށް ވެސް ސުހައިލް މިއަދު ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކޮންޓަރަކްޝަން މައި މަސައްކަތްތައް އިޢުލާންކުރުމަށް ކުރިން ހަމަޖެއްސީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިކަމަށެވެ. ނަމަވެސް މިކަން އިޢުލާންކުރުމަށް ލަސްތަކެއް ދިމާވިނަމަވެސް މިމަސް ނިމުމުގެ ކުރިން މުހިންމު ކޮންސްޓަރަކްޝަން ޕްރޮޖެކްޓަތައް އިޢުލާންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީ އިން ކުރާނެ ކަންތައްތަކުގެ ވާހަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިމް މިހާމަ ކުރެއްވީ ފާއިތުވި ދޮޅު އަހަރު ދުވަހު އެޗްޑީސީ އަށް އެކަށީގެންވާ ވަރަށް ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެޗްޑީސީ އަކީ އެންމެ ގިނަ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ާަާަަައަސްލު

    ޔާމީން ސަރުކާރުގަ މާލޭގެރައްޔިތުންނައް ގޯތިކުޑައަގެއްގައި ވިކަންއުޅުނީމަ ލީހަޅޭއް އަހުރެމެން ދެކުނީމު..!؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    24
    1
    • ަ

      ކޮން ޔާމީނެކޭ ކިޔާކަށް ކަނޑު ކޮސް އައުވާނުން، ރ. ޔާމީން އަޅުއްވައިދިން ފްލެޓޭ އެއީ... ރ. ޔާމީން އެފްލެޓް ތައް އަޅުގަނޑުމެން އެމްޑީޕީ މެމްބަރުންނަށް ވެސް ދެއްވީ... އެމްޑީޕީގަ ނަން އޮތަސް ދެއްވީ... މި ކަނޑު ކޮހުން މި އުޅެނީ ޕާރޓީގެ އެކްޓިވިސްޓުން ނަށް އެކަނި ދޭންތަ؟ ކިހާ ދެރަކަމެއް

  2. ޔޫޖާ

    ބިންވެސް ހިއްކަނީ މުންސަނދިން އިތުރަށް މުއްސަނދި ވުމަށް... މަދު މީހެއްގެ މިހުންނަނީ ބިން ހިއްކާނެ ފެންވަރު... އެހެންވެގެން ހުރިހާ މުއްސަނދިން އެކެއްޗެއް ކިއައިގެން ސަރުކާރުގެ ޙަރަދުގަ ބިން ހިއްކަނީ.. ހިއްކާފަ ބިން ގަނެެފަ، އެތަނުގައި އިމާރާތް އަޅާފަ ނިކަމެތިންނަށް ކުއްޔަށް ދޫކޮށްލަނީ... މިޤައުމުގަ އަރާމެއް އޮތީ މުއްސަނދިންނަށް... އަހަރުމެން ގަނަ ތެޅެންް ޖެހެނީ.. ކޮތަރު ކޮއްޓެއް ވިއަސް އާއްމު މީހާ ކިއާ އަގަށްވުރެ ކުޑަކޮށް ސަރުކާރުގެ ފްލެޓަކަށް ކުލި ދެއްކުން މާހިތަށް ފަސޭހަ...

    24
  3. އަހްމަދު

    ތިޔަވިދާޅުވާ ކަރަންޓްއެހިސާބައްނުފޯރައިއޮތީ މިސަރުކާރުގެ ނާގާބިލްކަމުންނޭވިދާޅުވާން ކެރިވަޑައިނުގެންނެވީތޯ

    22
    1
  4. ސޯކާބެ

    އަނެއްކާ މިވަނީ ކިހިނެއްތޯ ކުރީގެ ސަރުކާރުން ވިއްކަންއުޅުނީމަ އެންޓިކޮރަޕްޝަނާ ދެންވެސް ޖެހިގެން އޮއްހާ އޮފީ ހަކައް ގޮސް ގެން އެކަން ހުއްޓުވިމީ އިއަދު ވެރިކަމައް އަރާ ބިންވިއްކުން ހަލާލް މީތޯ އެބުނާ މޮޅު ޑިމޮކްރަސީ ރައްޔތުން އަޅުވެތި ރައްޔިތުންގެ ރުފިޔާ ޙަރަދުކޮއްގެން ހިއްކާބިން ވެރިން ހިތުހުރިބަޔަކައް ވިއްކާ ދީ މިހަދަނީ ރައްޔިތުމީހާ ބޮޑު އަގުގައި ކުއްޔައް ވޯޓް ހޯދަންވީމަ އައިސް މިބުނަނީ ތިމަންނަ މެންނނަން އެނގެޔޭ 100 އަކަފޫޓެއްގައި 3،4 ކުދިންގޮވައިގެން އުޅޭކަން ހޮވާ ދެއްވާށޭ ތިކަން ރަގަޅު ވާނޭ މީގަ އެންމެ ހެއްވާކަމަކީ ނަސްލީ އިމްތިޔާޒެއްގެދަށުން ބިން ގަންނަން މިޖެހެނީ މިމާލޭގެ ޒުވާނާ އެކަމަކު ރައްރަށުގެ ޒުވާނާޔައް ހިލޭ ގޯތި ދެވޭ މީ ކޮންކަހަލަ ނާތަހުޒީބް ނަސްލީ އިމްތިޔާޒެއްތޯ ރައްޔިތުން ވޯޓްދެއްވާއިރު މިކަމާ ފިކުރުކޮއް ނޫނެކޭ ބުނަން ދަސްކުރާނީ ކޮން ދުވަހަކުންތޯ މާމަ ދަރިން ކާފަދަރިން މިދަނީ އަހަރެމެން ވޯޓްދީގެން ހޮވި ބަޔަކު އަޅުވެތި ކުރަމުން

    12
    1
  5. އަލީ

    ރައީސް ޔާމިން ހިއްކައިދެއްވި ބިންކޮޅު ވިއްކާލައިގެން ވެސް ލާރިއެއް ހޯދޭތޯ ބަލައިބަލަ.

    20
    1
  6. އަލަނިރު

    އިންޑިޔާ މީހުންނަށްތަ. ޓާޓާ ފްލެޓް އަޅަން ދިންް މީހުން ތިބީ ބަޑަށް. އަވަހަށް ތިކަން ކުރަން އުޅޭ. ނަޝީދު ގޯތި ނާޝިދު ލާންވާނެ ހައުސިން މިނިސްޓަރަށް. އިންޑިޔާގައި ގަ.ޑުފިއްލާ ކުޅެން މޮޅު އެދުރެއް ކަމަށްވޭ

    13
    1
  7. ލޫތު

    ރަ އްޔިތުންގެ ފަ އިސާ އިން ހި އްކާފަ އިވާ އެހެން ރަށްރަށުގެ ބިންތަ އް އެރަށެ އްްގެ މީހުންނަށް ހިލޭ. މާލެ މީހުން މިޖެހެނީ ބިން ގަންނަން. އެވެސް އެހެން ރަށްރަށުގެ މީހުން ގަނެ ބާކީވާ ބިން. މާލެ މީހުނަށް ބިދޭސީންނަށް ވާވަރު ވެސް ނުވޭ.

    15
    1
  8. މާލެ

    މާލޭ ކުދި ބިންކޮޅަށް ތިތަނުންބިންނުދީ ވިއްކާހުސް ނުކުރާތި

    15
  9. ޑައެލޯގް

    މިކަހަލަ ދަޑިވަޅެއްގައި ގިނަމީހުން އަތުގައި ފައިސާނުހުންނާނެއެވެ. މިކަމުގެ ބޭނުމަކީ ޕާޓީކުދިންނަށް މިތަނުން ބިންވިއްކުމެވެ. އޭރަށް ބުނަންއޮންނާނެތާ ތިމަންނަމެން އިއުލާނުކުރީމޭ ގަންނަން އެދުނުމީހުނަށް އެއޮތީވިއްކާފަޔޭ ޕާޓީކުދިންނަށް ފައިސާވެސް ހޯދާދޭނީ މިސަރުކާރުން

    16
  10. އެމްޑީޕީ ބުރޯ

    ތިބިންތަށް ހައްގުމީހުންނަކީ މިސަރުކާރު ގެނައުމަށް ހަރަދުކުރިމީހުން! އެނޫންބަޔަކަށް ނުދޭތި!

    2
    16
  11. ބޭޗާރާ

    ކޮވިޑް ކަންތައް ނިމެނީ، ބިންވެސް ގެދޮރުވެސް ގަނެވެނީ. ވަލްހަމްދުލިއްލާހި.

    8
    1
  12. ގޮޅާ

    މަޖިލިސް ކުދިން ބައިއަޅަންވާ ވަގުތު އައިސް ލައިގަންނަނީ! ޕާޓީތަޢްބަދަލު ވާނެ މިފަހަރު!

    15
  13. މާޒިން

    އާނ މިދަނޑިވަޅު ވިއްކީމަތާ އާދައިގެ މީހަކަށް ނުގަނެވޭނީ. އެންމެން މާލީގޮތުން މިހާ ދަތިވެފަ ތިއްބަ.

  14. ބެއްޔާ

    ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ގެނެސްދިން މީހުންނަށް ފައިސާލިބުމުން ބިން ވިއްކަންވީއެވެ. ތިބުނާ ބިންތައް ގިނައިން ގަންނާނީ މިބުނި ފަރާތްތަކައި މިސަރުކާރުން ބަދަލުގޮތުގައި ފައިސާ ލިބިފައިވާ ފަރާތްތަކާއި މިސަރުކާރު ގެންނަށް އިންވެސްޓް ކުރިމީހުންނެވެ. އަދި ފޮރިންމިނިސްޓްރީގެ މަތީ ފަނޑީގެ މީޙުންނާއި ފޮރިންމިނިސްޓަރުގެ ގާތް މީހުންނެވެ. ރައްޔިތުން ހަމަހަަމަވާނީ މިހާވަރަށް. އަނިޔާވެރި ސަރުކާރެއްމީ.

  15. ދިވެހިސޮރު

    10 ބަޔަށް ބައިއަޅަންޖެހޭނެ... ފުރަތަމަ އެމްޕީ ބޭކަލުން