މިދިޔަ މެއި މަހު މީރާއަށް ލިބުނު ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. އެކި ގޮތްގޮތުން މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ އެންމެ 206.28 މިލިއަން ރުފިޔާއެވެ.

މީރާއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 206.28 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް ޑޮލަރުން ލިބިފައި ވަނީ 7.03 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތަކާއި އަޅާބަލާއިރު، 81.0 އިންސައްތައިގެ ދަށްވުމެކެވެ.

މީރާ އިން ބުނީ، މި ދަށްވުމަކީ ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކޮށްފައި އޮތުމާއި އިގްތިސާދީ ހިނަ މަސައްކަތްތައް ހުއްޓި، އަދި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ފަތުރުވެރިން އައުން ހުއްޓި، މީރާ ހުޅުވެން ދެން ޓެކްސް ދެއްކުން ފަސްކުރުމާއި ގުޅިގެން ދަށްވި ދަށްވުމެއް ކަމަށެވެ.

މީރާ އަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ 55.0 އިންސައްތަ އެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ 113.5 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް 19.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އިންސައްތައިގެ ގޮތުން ބަލާނަމ ަ9.7 އިންސައްތައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓްފީގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އިންސައްތައިގެ ގޮތުން ބަލާނަމަ އެއީ 8.2 އިންސައްތައެވެ.

އަދި މިދިޔަ މަހު ޓޫރިޒަމް ލޭންޑް ޓެކްސްގެ ގޮތުގައި 11.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ހަތް މިލިއަން ރުފިޔާއެވެ. ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބިފައި ވަނީ 1.9 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އާ ހެދި ފަތުރުވެރިކަން ހުއްޓިފައި އޮތުމުން ދައުލަތަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަންހާން

    ރާއްޖެ ނިކަމެތި ވެ ފަގީރު ވެއްޖެ. ސިޔާސީ ކަންކަމައް ކުރާ ޚަރަދު ކުޑަކުރަންވީ.. މެމްބަރުންގެ އަދަދުތައް 20 މެމްބަރުންނައް ބަދަލު ކޮއް ކައުންސިލަރުންގެ އަދަދު ކޮންމެ ދާއިރާއަކައް 2 ކައް ބަދަލުކޮއް ހުރިހާ ސުޓޭޓް މިނިސްޓަރުންތައް އުވާލާން ޖެހޭ. ކިހިނެތް މި އެންމެންގެ ބޭކާރު ވަގުތުތަކައް ބޮޑު މުސާރަދީގެން ދެކޮޅު ޖެއްސޭނީ. މިކަން އަވަހައް ކުރަންވީ. ކުރިޔަށްއޮތް 3 އަހަރުތެރޭވެސް ޓޫރިޒަމް ހަމަޔަކައް އެޅޭނެކަމުގެ ޔަގީންކަމެއް ނެތް.

  2. ބޮނބިނަރު ސަރުކާރު

    އެއީ މި ލޮކްޑައުންގަ ރައްޔިތުން އަތުން ޖޫރިމަނާ ގެ ގޮތުގައި ފެލާލި 8 މިލިޔަން ރުފިޔާއާއި އެކު. ސާބަސް އިނގޭތޯ.

  3. ތުކައްޒިބާން

    ބާރުގެ ބޭނުން ނަހަމަ ގޮތުގައި މަޖްލީހުގެ ރައީސް ބޭނުން ކުރުން އެއީ ނިކަމެތީންގެ ބައްދުއާ ވަރަށް އަވަހަށް ލައްވާލާނެ ކަމެކޭ ކޮންފަދަ ބާރުގަދަ ރަސްރަސްކަލުން އަދި ކޮންފަދަ ބޮޑެތި މަހުޖަނުން ނިކަމެތިންނަށް އަނިޔާ ދިނުމުން އެމެންގެ ބާރު މިދުނިޔޭގައި ނިކަމެތި ކޮށްލާތަން ދަނީ ފެންނަމުންނޭ އޮޅުވާލާ މަކަރާއި ހީލަތުން މެލޭޝިއާގެ ބޮޑުވަޒީރު ކަން ހޯދި ފަރާތަށް މިހާރު ދިމާވަމުންދާ ހިތި ނަތީޖާ އެދަނީ ލޯމަތިން ފެންނަމުންނޭ ތަމެން ކޮންކަމަކަށްތޭ އިންކާރުކުރަނީ ތަމެންނަށް ވުރެން ބާރުގަދަ މީހަކު ރާއްޖޭގައި ނެތް ކަމަށް ހީކޮށް އެހެން މީހުންނަކީ ބާރެއް ނެތް ބަޔެއް ކަމަށް އިންކާރުކުރަނީތޭ ތަމެންނަށް ވުރެން ބާރުގަދަ ފަރާތެއް ވާކަމަށް ތަމެން އިންކާރުކުރަނީތޭ ތަމެން ނަށް ވުރެން ބާރުގަދަފަރާތެއް ވާ ކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ ތަމެން ކޮން ކަމަށްތޭ އިންކާރު ކުރަނީ ތަމެން ކޮން ކަމަކަށްތޭ އިންކާރުކުރަނީ ތަމެން ކޮން ކަމަކަށްތޭ އިންކާރުކުރަނީ އިންކާރުކުރަނީ އިންކާރުކުރަނީ އިންކާރުކުރަނީ

  4. ޚަރުން

    މަކަތުވެރި

    3
    1
  5. އަހުމަދު

    އަޅުގަނޑުމެން ފައިސާއެއް ނުޖަހާނަން
    އަޅުގނޑުމެން ދަރަންޏަށް ލޯނެއް ނުނަގާނަން
    އަޅުގނޑުމެން ކޮންކުރީޓް ތަރައްގީ އެއް ބޭނުމެއްނޫން
    އަޅުގނޑުމެން ސިޔާސީ މަގާމު ބޮޑު ތަނުން ކުޑަ ކުރާނަން
    އަޅުގނޑުމެން މަސް ވެރިންނަށް ހަމަ އަގުދޭނަން
    އަޅުގނޑުމެން ކައުންސިލްތައް ބާޜު ވެރި ކުރުވާނަން
    ކޮބާ ކިހާވަރެއް ވީ ތިޔަތިބީ ދަންތުރަައެއްގައި ޖެހިފައި ދަރަނި ދަންތުރާގައި
    ދެން އަނެއްފަހަރު އިސްތިއުފާދީފައި ދާނީ ހެ ހެހެެ ޕަކަ = ޕަކާސް