ޗުއްޓީ އަށް އެކި ގައުމުތަކަށް ދާން ބުކިން ހައްދާ މީހުންގެ އަދަދު އިނގިރޭސި ވިލާތުގައި ގިނަވެފައިވާ އިރު، އޭގެތެރެއިން ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ ރާއްޖެ އަންނަން ކަމަށް އިނގިރޭސި ވިލާތުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ތެރޭގައި ޗުއްޓީ ހޭދަކުރުމަށް ގައުމުތަކަށް ދިއުން ރައްކާތެރިއެއް ނޫނެވެ. އެހެންވެ، އިނގިރޭސި ވިލާތުގެ ރައްޔިތުން ތައްޔާރުވެފައި ވަނީ "އެކްސްޓްރާ ސްޕެޝަލް" ޗުއްޓީއެއް ނެގުމަށް ކަމަށް ނޫސްތަކުގައިވެއެވެ. އަދި އެކި ގައުމުތަކުގައި ޗުއްޓީ ހޭދަކުރުމަށް އެ ގައުމުގެ ރައްޔިތުން ފައިސާ އެއް ކުރަމުންދާ ކަމަށްވެއެވެ.

އެމީހުން ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ ތެރޭގައި އެކި ގައުމުތަކަށް ޗުއްޓީ ހޭދަކުރާށެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓްރެވަލް ކުންފުނި "ކޯނި" އިން ބުނެފައިވަނީ އަންނަ އަހަރު ޗުއްޓީ ހޭދަކުރަން ބުކިން ހައްދާފައިވާ މީހުންގެ އަދަދު ކުރީ އަހަރާ ބަލާ އިރު އިތުރު ކަމަށެވެ. ބުކިން ހެއްދި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބުކިން ހެއްދީ ރާއްޖޭގެ އެކިއެކި ރިސޯޓުތަކަށް އަންނަން ކަމަށް ވެސް ކޯނީން ބުނެެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތް ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދިޔަ "ދަ ސަން ވިލް ޝައިން އެގެއިން" އިވެންޓުގައި ވެސް އެކި ގައުމުތަކުން މީހުން ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބިކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުރޭޓް

    ތޮއްޑޫ ކަރާއެއްކަމަކު ބޮލުގެ ތެއްކަން ހެޔޮވަރު ވަރަކަށް އެބަހުރި...
    ދަ ސަން ވިލް ޝައިން އޯލްވެއިސް އިން މޯލްޑިމްސް.
    އިންޝާ ﷲ

    6
    4
  2. ޢަގީލަންބާ

    ގޫގްލް ގަ ޖަހާލަބަލަ ދަ ސަން ވިލް ޝަ އިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެލ