ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި، ޑޮލަރު ލިބުން ދަތިވެފައި ވާތީ ބްލެކް މާކެޓްގައި އެމެރިކާ ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ހިނގައިދާނެ ކަމުގެ އިންޒާރު މަޝްހޫރު ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ދީފިއެވެ.

އާއްޓޭ ކުރި ޓްވީޓެއްގައި ބުނީ ދުނިޔެއަށް އައިސްފައިވާ ބޮޑު ލޮޅުމުގައި ޖުލައި މަހު ހުޅުވާލާ ފަތުރުވެރިކަމުގެ ސިނާއަތައް އެކަށީގެންވާ ތަރުހީބެއް ނުލިބިއްޖެނަމަ ރާއްޖޭގައި ވެސް ގިނަ ފިހާރަތަކެއް ބަންދު ކުރަން ޖެހޭނެ ކަމަށެވެ. "އަދި އެމެރިކާ ޑޮލަރު ބްލެކް މާކެޓްގައި އުޅޭ އަގު ފުރަތަމަ ފަހަރަށް 20 ރުފިޔާ ގިރާކުރާނެ ކަމަށް ބެލެވޭ" އާއްޓޭ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެމުން އަންނާތީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ ވަނީ ދަށަށް ދާން ފަށާފައެވެ. ފަތުރުވެރިކަން އަލުން ޖުލައި މަހު ހުޅުވާލަން ސަރުކާރުން ނިންމާފައި އޮތް ނަމަވެސް ދުނިޔޭގެ ހާލަތު އޮތް ގޮތައް ބަލާއިރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުމުގެ ފުރުސަތެއް ނެތެވެ.

ދައުލަތައް ލިބޭ އާމްދަނީ ދަށްވަމުން ދާތީ ސަރުކާރުން މިހާރު ވަނީ ފައިސާ ޗާޕް ކޮށްގެން ނެރެން ފަށާފައެވެ. މިއީވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފައިސާގެ އަގުވެއްޓި، ތަކެތީގެ އަގު ބޮޑުވެގެން ހިނގައިދާނެ ސަބަބެއް ކަމަށް އިޤުތިޞާދީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ފަރުވާއެއް ނުހޯދެނީސް މިހާރު މިއޮތް ހާލަތުން އަރައެއް ނުގަނެވޭނެއެވެ. އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީއަށް އަސަރު ކޮށްފައި ވާތީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުނު ނަމަވެސް ކުރިއެކޭ ގޮތައް މީހުން ދަތުރު ކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ދުނިޔޭގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޒުހުރާ

  މޑޕ ސަރުކާރެއްގަ ޑޮލަރު ރަނަން ނުވެނުދާނެ. އިކޮނޮމިސްޓު ދެކެ ރުޅި އެރީ ޑޮލަރު އަގު ކޮންޓްރޯލް ކޮސް މެދު ފަންތީގެ ވިޔަފާރިތައް ފުޅާވުމުން މުއްސަނދި މަހުޖަނުންގެ ޑޮލަރު ވިޔަފާރި ދަށްވާތީ. ދިވެހި ރައްޔިތުން ގަމާރުވީމަ އެވަރު ނޭނގެނީ. ދެން ތިބޭ ތުންގަނޑު ބިމަށް ހަރާލައިގެން.

  69
 2. ސަރުބަތު

  ބުނެލަން ބޭނުމީ މިއީ އައްޑިހައިގެ އަހަރުތަކެއް ނޫނޭ. ޥިޔަފާރިވެރިންނައް ލިބެމުންދިޔަ 300ޕަ ސެންޓް ފައިދާ ފަހަރެއްގަ ވިޔަފާރިވެރިންނައް ނުލިބިދާނެ ފަހަރެއްގަ ކުރިއައް އޮތް އަހަރުތެރޭގަ.
  އް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  7
  30
 3. މުހަންމާ

  ފިނޭސްމިނިސްޓަ ރަ ކަންހު ރީނުކިޔަވާހު ރި އެއްޗެއް
  ނޭގޭ ނުކިޔަވާހު ރިތަނެއްދޮ ރެން ނޭނގޭމު ރަނގަ
  ގަސްދޮށޮމާލިމީ އަންގަނީޑޮލަ ރުގެއަގުއިސްކޮޅައްވު ރެ
  ރެންމައްޗަ ކައްނުދާނެކަމައް

  28
  1
 4. ރާޖާ

  ކޮބާ ކޮއްކޯ ކަލޭގެ އެއްކަލަ 'ވިޔަފާރިވެރި' ބައިވެރިޔާ ސިވާ ތަ އެހެން ބުނީ؟ މީ ވަރަށް ވާހަކަ

  20
  4
 5. މިދަނޑިވަޅުގައި....

  އަސްލު ތިދިނީ، ޑޮލަރު ވިއްކާ މީހުންނަށް ބޮޑު އަގުގަ ޑޮލަރު ވިއްކުމުގެ ލަފައެވެ! ތިފަދަ ވާހަކައެއް ދެއްކުމަށްވުރެ ހަނު ހުރިއްޔާ ގައިމުވެސް ބަޔަކަށް ގެއްލުންވުމުގެ ފުރުޞަތު ކުޑަވާނެއެވެ. ޚާއްޞަކޮށް މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށް ދަރިން ފޮނުވައިގެންނާއި، ބޮޑެތި ބަލިތަކަށް ބޭރުން ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި، ވާފަހަރާއި، ނުވާފަހަރު ތަޙަންމަލް ކުރަމުންދާ ޢާއިލާތައް، ނުހަނު ގިނައެވެ. އެފަދަ މަޖުބޫރީ ޙާލަތުގައި އުޅޭ މީހުންގެ ހިތްތަކަށް މިހާރު ތިބޭނީ ބިރުވެރި ކަމާއި، ނުތަނަވަސްކަން ވެރިވެފައި ކަން ޔަޤީނެވެ. އެހެންކަމުން ތިފަދަ ވާހަކައެއްގެ ބަދަލުގައި، މިދަނޑިވަޅުގައި ޑޮލަރު އަގުބޮޑުކޮށް ނުވިއްކުމަށް އެދުނުނަމަ، ބައެއްގެ ހިތަށް ކުޑަނަމަ ވެސް އުންމީދެއް ލިބި، ހެޔޮދުޢާ ކުރާނެ އެވެ.

  30
  1
 6. ވަކިވަކިސިޓީ

  ރައީސް އިބްރާހީމް ވިދާޅުވި ޑޮލަރު ދަތިނުވެ ލިބޭނެ ކަމަށް އެވެދާނެ ވަކި ބަޔަކަށް ކަމަށް

  32
  1
 7. ދަރަނި ދަންތުރަ

  ހަމަ އެކަނި ތިޔަ ބޮޑުވަނީ ޑޮލަރުގެ އަގެއްނޫން ރާއްޖޭގެ ބާޒާރުގައި ވިއްކާ ހުރިހާ އެއްޗެއްގެ އަގުބޮޑު ވާނެ ރީދޫކުދިން ބާރަށް އަތްޖަހާ ، އިބޫ އަށް ވޯޓުދިން ބޭފުޅުން ނަށް ހެޔޮވިސްނުން ދެއްވާށި ކަލޯމެނޭ ގައުމުގެ ދުވަސް ގޮއްސި...

  43
  1
  • ޢަހުމަދު

   މިކަމަކާ އިބޫއަކާ ގުޅުމެއް ނެތް ! މީމުޅިދުނިޔެ ތަހައްމަލް ކުރަމުންދާ ކަމެއް

   2
   18
 8. ބޯޖަލީލު

  އަޅުގަޑުގެ ވެރިކަމުގައި ޑޮލަރު އޮޅާފައި 10 ރުފިޔާއަށްވުރެ ދަށްކޮންބަހައްޓާނި ކެނެރީގޭ ގުންޑާ ބުނި އިބޫގެ ވެރިކަމުގައި ޑޮލަރު ތެލުލާފައި 20 ރުފިޔާއަށް ބަހައްޓާ ދިވެހިންނަށް އެހެންގޮތެއް ހޯދައިދެނީ ހައްގުވާ މިންވަރު ހޯދައިދެނީ " އެއީ އަނގަޔާ އަތާ ދިމާނުވުން ބޫޓާ ފަޔާ ދިމާނުވުން " ބާރަށް އަތްޖަހާ ވަށްކަމެއްނުކުރާނަމޯ ގައުމު ދަވާލައިފި

  43
  2
 9. ސުއްޓާ ޒަކީ

  އިންޒާރު ދޭން ތީކާކު.. ރިސޯޓް ބަންދުކުރިތާ 10 ދުވަސްނުވަނީސް އަތްމަތި ހުސްވެ، ފަމުވައްޒަފުކޮޅު ކަނޑާލާ ނާށިގަނޑު ހިފައިގެން ނިކުންނަން ޖެހުނު. ވިޔަފާރިވެރިޔާ.. ކަލެއަށް އިންޒާރު ދެވޭނީ ލޮޓަސްފިހާރަ ނުހުޅުވާނަމޭ ކިޔައިގެން... އެ ފިހާރަ ދުވަހަކު ނުހުޅުވިޔަސްހެޔޮ...

  26
  3
 10. އެމަންޖެ

  ތީހަމަ ބުއްޅަބޭގެ ދުރުވިސްނުން.

  35
  2
 11. މަރީ

  ޑޮލަރުގެ "ހަމަ" އަގަށް ވެއްޓެނީ ތާ.

 12. Anonymous

  ތީކީ މައްސަލައެއް ނޫން! އޭއިރުން ޑޮލަރަކަށް ލިބޭ ފައިސާ ގިނަވާނެ! އަނެއްކޮޅުން މި ސަރަހައްދުގެ ގަދަބާރު ގެރި އިންޑިއާ އަށްވުރެ ފައިސާގެ އަގު މަތިވާކަށް ގެރިޖިސްތާން މީހުން ވެސް އަދި މި ގައުމުގެ އަޅުވެތި ބޭފުޅުންނެއްވެސް ބޭނުންފުޅެއްނުވޭ! އެއީ ލަދުވެތިކަމެއް!! އެހެންވީމާ ކޮބައިތޯ މައްސަލައަކީ؟ އަދި ރައްޔިތުންގެ ޖީބުވެސް ބަރުވާނީ ފައިސާގެ އަގު ވީހާވެސް ބޮޑަކަށް ވެއްޓިގެން! އެހެން ނޫނީ ޖީބަށް ބަރު ކުރަން ވީ ވައުދު ނުފުއްދި ލަދާ ކުރިމަތިވެދާނެ!! ޔެލޯއިންވެސް ބޭނުންވާ ގޮތް މީ އަދި ދިވެހި ރައްޔިތުން ވެސް މި ގޮތް ބޭނުންވޭ!! އެހެންވެ ތާ ކުރިން ވެސް މިގަނޑުގަނެފަ ގައުމު ދޮވެލި ބަޔަކަށް ވެރިކަން ހަވާލު ކުރީ!! އަތް ޖަހާ ކުރިޔަށް އޮތީ ޖީބަށް ބާރުބޮޑު ފާގަތި ދުވަސް ކޮޅެއް!! އަތްޖަހާ ބާރަށް އަތްޖަހާ!!

 13. މިީހާ

  ކޮބާތަ ނަގާހާ ޑޮލަރ ގެލޯނުތަކާ ލިބޭހާ ޑޮލަރުގެ އެހީތައް. ނުވިތާކައް މުވައްޒަފުންނައް ދޭ ޑޮލަރ ކޮޅުވެސް ކަނޑާލީ