އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަސްތައް އިއިލާނުކޮށްފިއެވެ.

އެ ބޭންކުން މިއަދު ބުނީ، މި މަހުގެ 15 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް ހުޅުވާފައި ހުންނާނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

ބީއެމްްއެލް އިން ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި ބްރާންޗްތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށެވެ. އަދި ހަމައެހެންމެ ދެމުންދާނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކެވެ.

އޮންލައިންކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް:

o ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން
o ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
o ލޯކަލް ބޭންކް ޓްރާންސްފަރ
o މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
o ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން

އޭޓީއެމް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް:

▪ ނަގުދު ފައިސާ ޖަމާކުރުން
o ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
o އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
▪ ޗެކު ޖަމާޖުރުން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު ޝާހް، ރ.ވާދޫ

    ބީއެމްއެލްގެ އެތައް ކާޑެްްގެ ކާދު ނަންބަރާ މައުލޫމާތު ލީކުކޮށްލައިގެން ކަސްޓަމުން ތެޅޭއިރުވެސް ދިވެހިންގެ ބޭންކުން އެކައްޗެއްވެސް ނުބުނެ ކަސްޓަމަރުން ބިރުވެރި ކަމެއްގަ ބައިތިއްބައިގެން އެތިބެނީ ކަހާތަން ހިރުވާވެސް ނުލާ އެއީ ނުވާކަމެއް ކަމަށްދައްކަން.

  2. ބބ

    ދިވެހިން ކާޑު ގެންގުޅެނީ ދުނިޔޭގެ އެންމީހުން ކާޑު ގެންގުޅޭ ގޮތަށްތަ؟ އެސުވާލަށް ޖަވާބު ދޭންވީ ފުރަތަމަ