ސިބްކޯ އިން ޑެޑީ ބްރޭންޑްގެ ނޫޑުލްސް މިއަދު ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ސިމްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް، ހާނީ ނައީމް ވިދާޅުވީ ޑެޑީ ނޫޑުލްސް
އަކީ މެލޭޝިއާގެ ސަރަވަކްގެ އުފެއްދުމެއްކަމަށާއި މިއީ ކޮލިޓީގެ ގޮތުން ރަނގަޅު އުފެއްދުމެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ބްރޭންޑުގެ ދެ ވައްތަރެއް މިހާރު ރާއްޖެއިން ލިބެން ހުންނާނެއެވެ. އެއީ 365 ކަރީ ފްލޭވާރ އަދި ތްރީ އިން ވަން ޗިކަން ފްލޭވަރ ނޫޑްލްސް އެވެ.

"ދިވެހިންނަކީ ތަފާތު އެކި ގޮތްގޮތަށް ނޫޑްލްސް ތައްޔާރުކުރާ ބައެއް. ޑެޑީ 365 ކަރީ އަކީ ކުޅި ރަހައެއް އެކުލެވޭ ސުޕް ނޫޑްލްސް ނުވަތަ ހިކިކޮށް ތައްޔާރުކުރެވޭ ނޫޑްލްސް. އަދި ތްރީ އިން ވަން ޗިކަން ފްލޭވަރ ނޫޑްލްސްއަކީ ހުހަށްވެސް ކާލެވޭ، ސުޕް ނުވަތަ ހިކިކޮށް ކައްކާލެވޭނެ ނޫޑްލްސް އެއް". ހާނީ ވިދާޅުވިއެވެ.

ސިބްކޯއިން ބުނީ، ޑެޑީ ނޫޑްލްސް ހޯލްސޭލްކޮށް މިހާރު ސިބްކޯ ބާޒާރު އަދި ސިބްކޯ ފުވައްމުލަކުން ލިބޭނެ ކަަމަށެވެ. އަދި އަންނަ ހަފްތާގައި
ސިބްކޯ އައްޑޫ އިން ވެސް ލިބެން ހުންނާނެ ކަމަށާއި، މީގެ އިތުރުން ހދ. ކުޅުދުއްފުށީ ސަތޭކަ ފިހާރައިން ވެސް ލިބޭނެ ކަމަށް ސިބްކޯއިން ބުންޏެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ އަދި ވޮންޑާ ޕްރީމިއަމް ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.