އުޅޭ މާހައުލު އަދި ގޭތެރޭގެ ވައި ސާފުކޮށްދިނުމުގެ އަޒުމުގައި ޝާރޕް ކުންފުނިން ދުނިޔެއަށް ތައާރަފްކޮށްދިނީ "ޕްލާޒްމާކްލަސްޓަރ" ޓެކްނޮލޮޖީގެ ވާހަކަ ދައްކާލަމާ ހިނގާށެވެ.

ޕްލާޒްމާކްލަސްޓަރ އުފައްދައިދޭ، އަދި އެޑްވާންސް ވައިދައުރު ކުރާ ނިޒާމް ހިމެނޭގޮތަށް އެއަރކޯން އަދި އެއަރ ޕިއުރިފަޔަރ ޝާރޕްއިންވަނީ އުފައްދާފައެވެ. މިޓެކްނޮލޮޖީ އިން އިލެކްޓްރިކް ޑިސްޗާރޖެއް ގެ ޒަރިއްޔާއިން ޕްޒިޓިވް އަދި ނެގެޓިވް "އަޔޯންސް"(ions) ވައިގެ ތެރެއަށް ފޮނުވާލަދެއެވެ. އި "އަޔޯންސް" ވައިގެ ތެރޭގައިވާ ފެނާއި އެއްވެ، ވައިރަސް އާއި ބެކްޓީރިއާފަދަ ތަކެތީގައި ހަރުލައެވެ. މީގެ ސަބަބުން ވައިގެތެރޭގައިވާ ޕްރޮޓީންގައިވާ ހައިޑްރޯޖަން ބޭރުކޮށްދީ ބެކްޓީރިއާ އާއި ވައިރަސް ވައިގެ ތެރޭން ނައްތާލަދެއެވެ. އަދި މާހައުލުގައިވާ ވަޔަށް އިތުރު ތާޒާކަމެއް ގެނުވައެވެ.

އަދި މީގެ އިތުރުން ޕްލާޒްމާކްލަސްޓަރ އަޔޯންސް އިން "ސްޓެޓިކް އިލެކްޓްރިސިޓީ" މަދުކޮށްދެއެވެ. ނަތީޖާއަކީ، ޕޯލެން އަދި ޑަސްޓް އަދި މިފަދަ މާއްދާތައް އަންނައުނާއި ފަރުނީޗަރ ފަދަ ތަކެތީގައި ހަރުނުލާގޮތްވުމެވެ. އަދި ޝާރޕްގެ އެއަރ ޕިޔުރިފަޔަރ އަދި އޭސީގައިވާ މިކަމަށް ހާއްސަ އެޑްވާންސް ފިލްޓަރތަކުން އިން ޕޯލެންއާއި ހިރަފުސް ފަސޭހަކަމާއި އެކު ސާފުވެގެންދިޔުމެވެ. ވުމާއިއެކު ހާއްސަކޮށް މިފަދަ އެލާރޖީ ހުންނަ ބޭފުޅުންނަށްވެސް މިއީ އެންމެ އެކަށޭނަ ހައްލެވެ.

މިހައްލު އިތުރަށް ފުރިހަމަ ވެގެންދަނީ ޝާރޕްގެ މިޕްރޮޑަކްޓް ތަކުގައި ހިމެނޭ 4 ފިލްޓަރއިންނެވެ. "މައިކްރޯމެޝް ޕްރިފިލްޓަރ" އިން ކުނޑި ފިލްޓަރކޮށްދެއެވެ. "އެކްޓިވް ކާރބަން ފިލްޓަރ" އިން ސިނގިރޭޓުން، ޖަނަވާރުން ނުވަތަ ކެއްކުމުން އުފެދޭވަސް ކަނޑުވާލައެވެ. އަދި "އެންޓި މައިކްރޯބިއަލް ހެޕަރ ފިލްޓަރ" އިން ލޮލަށް ނުފަންނަހާ ކުދި (0.3 މައިކްރޯބްސް) ގެ ހިރަފުސް ނައްތާލަދީ – ފުރިހަމަ ސާފުކަމެއް ގޭތެރޭގެ ވަޔަށް ގެނުވައެވެ. މިގޭ އިތުރުން "އެންޓި ބެކްޓީރިއަލް ފިލްޓަރ" އެއް ޝާރޕްގެ މިޓެކްނޮލޮޖީ ހިމެނޭ އެއަރ ޕިޔުރިފަޔާރ ގައިވެއެވެ.

ޕްލާޒްމަރކްލަސްޓަރ ޓެކްނޮލޮޖީ ހިމެނޭ ޕްރޮޑަކްޓްތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަރަށް ހެޔޮއަގުގައި ލިބެން އެބަހުއްޓެވެ. ވުމާއި އެކު، އަޅުގަނޑުމެންގެ ގޭތެރޭގެ ވައި ސާފުކޮށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރަށް ޔަޤީންކުރުމުގެ ފުރުސަތުވެސް މިވަނީ ފަހިވެފައެވެ. ޝާރޕް ޕްލާޒްމާކްލަސްޓަރ ޓެކްނޮލޮޖީ ހިމެނޭ ޕްރޮޑަޓްތައް ލިބިވަޑައިގަންނަވާނީ ރެޑްވޭވުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯޖަލީލު

    މޮޅު އިސްތިހާރެއް

  2. އިޝީ

    ބޭނުން

  3. ސިނެކް

    ތިޔާގެން އެއްޗެއް ލިބޭ އަގު ބުލުނެލިނަ ދޯ ރަނގަޅު ވީސް