ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެ އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރަން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރި ހިސާބުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ހުއްޓިފައެވެ. މި ބަލިމަޑުކަމުން އަރައިގަނެ، ނިއު ނޯމަލްގެ އުސޫލުތަކާއެކު ރާއްޖޭގެ އިގްތިސާދު އަލުން ހުޅުވާލުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އަންނަ ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ފަތުރުވެރިންނަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައުވަތު ދެއްވީ ތަފާތު މޭރުމަކުންނެވެ.

ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމާ ގުޅޭ ގޮތުން ފަތުރުވެރިކަމާ ގުޅޭ ވުޒާރާއިން ތައްޔާރު ކުރި ވީޑިއޯއިން ފެނިގެން ދިޔައީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދެވެ. އަލީ ވަހީދު ގެ އަޑުން އަޑު އަޅާފައިވާ އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. މިނިސްޓަރު ލޯންޗް ދުއްވަވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެންނާތީ ބައެއް މީހުން ވަނީ އެ ވީޑިއޯ ޖޭމްސް ބޮންޑްގެ ވީޑިއޯއަކާ ވައްތަރު ކަމަށް ބުނެ ސަމާސާ ރާގަކަށް ކޮމެންޓްވެސް ކޮށްފައެވެ.

 

މިފަދަ ވީޑިއޯތަށް މަޖާ ގޮތަކަށް އަލުން ހެދުމަކީ ބޭރު ގައުމުތަކުގައި އާންމުކަމެކެވެ.

މިއަށް ކިޔާ އުޅެނީ ޕެރޮޑީ ވީޑިއޯއެވެ. ނަމަވެސް މިއީ ރާއްޖޭގައި އެހާ އާންމު ކަމެއް ނޫނެވެ.

މީސްމީޑިއާއިން ސަމާލުކަން ހޯދީ އައްޑޫ ސިޓީގެ މީދޫ އަށް އުފަން އަލީ އަލްމާސް އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއެކެވެ.

މިނިސްޓަރު ވަހީދުގެ ކުރިން އިޝާރާތް ކުރި ވީޑިއޯއާ އެއް ގޮތް މަޖާ މަންޒަރުތަކެއް ފެންނަ މި ވީޑިއޯ އަށް އެތައް ހާސް ވިއުސް އެއް ވަނީ ލިބިފައެވެ.

އެގޮތުން ފޭސްބުކުން 14000 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އެ ވީޑިއޯ ބަލައިފައެވެ.

އަދި 300 އަށް ވުރެ ގިނަ ޝެއާ އެ ވީޑިއޯއަށް ވަނީ ލިބިފައެވެ.

https://www.facebook.com/almurse/videos/4222199314487361

އަލްމާސް ބުނީ އެ ވީޑިއޯގައި ކުރީގެ އާދަކާދައިގެ ރަހަ ހިމަނަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

" ކަރަންޓީނުގައި މިހެން ތިބޭ އިރު ކުޑަކޮށް މުނިފޫހި ފިލުވާލަން އެ ހެދީ. އިހުގެ އާދަކާދަ ވެސް ކޮންމެވެސް ވަރަކަށް މަޖާ ގޮތަކަށް ގެނެސްފަ އެހުރީ. ދެން ރާއްޖޭގެ ރީތިކަން ގެސްޓުންނަށް ދައްކާ އިރު އިހު ދިވެހިން އުޅުނު ގޮތް ވެސް އެނގެން ޖެހޭ. އެންމެންމެންވެސް ކިޔާދެނީ ވަރަށް ކުޑަ މިންވަރެއް. " އޭނާ ބުންޏެވެ.

އަލްމާސް އަކީ މީގެ ކުރިންވެސް މިފަދަ މަޖާ ވީޑިއޯތައް އެކި މައުޟޫތަކަށް އުފައްދާފައިވާ ޒުވާނެކެވެ.

އަދި ތަފާތު މަޖާ ލަވަ އާއި ވީޑިއޯވެސް އޭނާ އާއި އޭނާގެ އެކުވެރިން ވަނީ އުފައްދާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިމީ

    އެއްވެސް މަޖަލެއް ނޫން.....

    6
    6
  2. Anonymous

    ޜަނގަލހު