ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑް އޫދް އަލް ސަބާޔާގެ ފިހާރަ ފުރަބަންދުގެ ލުޔަށް ފަހު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. ދެ މަހެއްހާ ދުވަސް ފަހުން އެ ފިހާރަ ހުޅުވާފައިވާއިރު، މިއީ އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކުރި ފަހުން، އެ ފިހާރަ ބަންދުކޮށް، ހިދުމަތް ދެމުން ގެންދިޔައީ އޮންލައިން ކޮށެވެ.

އޫދް އަލް ސަބާޔާއިން މިއަދު ބުނީ، ފުރަބަންދަށް ދިން ލުއިތަކާއެކު، މިހާރު މާލޭގެ މިރިޔަސް މަގުގައި ހުންނަ އެ ކުންފުނީގެ ފިހާރަ ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެގޮތުން އާ އާއްމު ހާލަތުގައި ފިހާރަ ހުޅުވާފައި ހުންނާނީ މެންދުރު 14:00 އިން އަސްރު ނަމާދު ވަގުތަށެވެ. އަދި 16:00 އިން މަޣްރިބް ނަމާދު ވަގުތާއި ހަަމައަށެވެ. އަދި ރޭގަނޑު 20:00 އާއި 22:00 އަށެވެ.

އޫދް އަލް ސަބާޔާ އަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަޝްހޫރު އަތަރު ބްރޭންޑެކެވެ. އެ ބްރޭންޑުގެ އަތަރާއި ސެންޓް، އަދި ލޯޝަނާއި، އެއާ ފްރެޝްނާ ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން، މަޝްހޫރު އެތައް ބްރޭންޑްތަކުގެ އަތަރާއި ސެންޓް އެ ފިހާރައިން ދަނީ ވިއްކަމުންނެވެ.

އޫދް އަލް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ.

އޫދް އަލް ސަބާޔާގެ ފޯން ނަމްބަރަކީ 9495757 އެވެ.