ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކޮށްފައި އޮތް މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން، އިރުޝާދުތަކަށް ކިޔަމަންތެރިވާކަން ހާމަވެފައި ވަނީ ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވުމުންނެވެ. ބަލި ކޮންޓްރޯލްވެފައި ވަނީ ގިނަ ދިވެހިން ގޭގައި ބަސް އަހައިގެން ތިބުމުންނެވެ. އެކަން ސިއްހީ ހިދުމަތްތެރިންވެސް ވަނީ ފާހަގަކޮށްފައެވެ.

މިހާރު ފުރަބަންދަށް ދީފައިވާ ބޮޑެތި ލުއިތަކާއެކުވެސް ދިވެހިން އަދި މި ހާލަތުގައި ރައްކާތެރިކަން އިސްކުރަން ޖެހެއެވެ. ދިވެހިންގެ މި ހިތްވަރާއި ގުޅިގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައެއްގައި އައިސްކްރީމް ވިއްކަމުން އަންނަ "މޫވެންޕިކް" އިން މި ވަނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ހަދިޔާއެއް ދިނުމަށް ނިންމާފައެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހަށް ދެމިގެންދާ މި ޕްރޮމޯޝަންގައި މޫވެންޕިކް އިން އޯޑަރު ކުރާ ކޮންމެ އައިސްކްރީމް ސްކޫޕަކަށް ހިލޭ އިތުރު އެއް ސްކޫޕް ލިބިގެން ދާނެއެވެ.

މޫވެންޕިކުން އައިސްކްރީމް ޑެލިވަރީ ކުރަން ފެށީ އޭޕްރިލް ހަތް ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އައިސްކްރީމް ޑެލިވަރީ ކުރަން ފެށި ބަޔަކީ މިއީއެވެ.

އެތަނުން ޑެލިވަރީ ކުރަމުން ދާނީ 150 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ އޯޑަރަކަށެވެ. އެތައް ވައްތަރެއްގެ އައިސްކްރީމް ވިއްކަމުން އަންނަ މޫވެންޕިކުން، ދިވެހިންނަށް މި ދިން ހަދިޔާއިން ދިވެހިން އުފާވާނެ ކަން ހަމަ ޔަގީނެވެ.

މޫވެންޕިކުން ބުނީ މި ހާއްސަ ހަދިޔާ މޫވެންޕިކްގެ ފަރާތުން ދޭން ނިންމީ، ދިވެހިން ފުރަބަންދުގެ ހާލަތުގައި ސާބިތުކަމާއި، ކެއްތެރިކަން ދައްކައި، ގޭގައި މަޑުކޮށްލަ ދިނީތީ އެކަމުގެ ރިވޯޑެއްގެ ގޮތުން ކަމަށެވެ.

"މިހާރު މޫވެންޕިކުން ހަމަޖައްސާފައި އިންނާނީ ބައިވަން ގެޓް ވަން ފްރީ". މޫވެންޕިކުން ބުންޏެވެ.

މޫވެންޕިކުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އައިސްކްރީމް ފްލޭވާތަކުގެ އަދަދު 15 އަށް ވުރެ މައްޗަށް އަރާނެ ކަމަށެެވެ.

އެތަނުން ހެނދުނު 9:00 އިން ރޭގަނޑު 11:00 އާއި ހަަމައަށް ޑެލިވަރީ ހިދުމަތް ދެމުންގެންދާއިރު، ޑެލިވަރީއަށް ގުޅަންވީ ނަމްބަރަކީ 9561012 އެވެ. އަދި އައުލެޓަށް މެސެޖްކޮށްގެންވެސް ޑެލިރީ ހިދުމަތް ދޭނެ ކަމަށް މޫވެންޕިކުން ބުންޏެވެ.