މިއަހަރު ރާއްޖެއަށް 980000 ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.7 މިލިއަން ފަތުރުވެރިން ކަމަށާއި އެހެން ނަމަވެސް މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 42 އިންސައްތަ ދަށް އަދަދެކެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއިރު ވެސް ފަތުރުވެރިން އައުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އޭރު ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުން ގިނަ އެއާލައިންތަކުގެ ދަތުރުތައް ވެސް އޮތީ ހުއްޓާލާފައެވެ.

ކޮވިޑް-19 ޑިސެމްބަރު މަހު ފެތުރެން ފެށުމުން އަހަރު ފެށުނު އިރު ވެސް ފަތުރުވެރިކަން ވަނީ ދަށް ވާން ފަށާފައެވެ. ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ އިން ރާއްޖެ އިން މީހުން އައުމުން މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ސަރުކާރުން މަނާ ކުރިއެވެ. ދެކުނު ކޮރެއާ އާއި އިޓަލީން ރާއްޖެ އަށް މީހުން އައުން ވެސް މާޗް މަހުގެ ކުރީކޮޅު މަނާ ކުރިއެވެ.

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން އައުމުން މަދުވެ މިއަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 382760 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 40 އިންސަތަ ދަށްއަދަދެކެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލަން ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ދަނީ ރާއްޖެއަށް މިއަހަރު އެއްމިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެލަނޑުދަނޑިއަށް ވާސިލްވުމަށް އެމްއެމްޕީއާރުސީއާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއެކު ސަރުކާރުން މިއަހަރު ދެމިލިއަން ފަތުރިވެރިން ގެނައުމަށް އަމާޒު ހިފިއެވެ. އެހެންނަމަވެސް، އެއަދަދާއި ގާތައް ވެސް މިއަހަރު ރާއްޖެ އަށް ފަތުރުވެރިން ނާންނާނެ ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޮދޮންމީހާ

  ރިސޯޓްތަކަށް ގެސްޓުން ގެނައު މުގެކުރިންް ރިސޯޓްތކުން ނުދީހުރި ހުރިހާ މުސާރަ އާއި އިނާޔަތްތައް ސްޓަރފުންނަށްދޭންޖެހޭ. ރަ މަޟާންް އިނާޔަތްވެސް ގިނަރިސޯޓަކުންްުނުުދޭޭ އަދިވެސް

 2. އަބްދޫ

  ލަފައެއް ނުކުރެވޭ އިގިރޭސިން ނާދޭ ޗައިނާ ެަނެއްކާ ލޮކްޑައުން އަކަށް ދަނީ އިޓަލީ ސްޕޭން ން އައުމުގެ ގެރެންޓީ ކުޑަ. ފްރާންސް ޖަރުމަން ކޮންމެވެސް ވަރަކަށް އަތުވެދާނެ އޭސިޔާ ގެ މީހުން އަދި ތިބީ ބިރުވެރިކަމުގަ ލޯނު ނަގާނަގާ ގައުމުގެ ދުވަސް ހިގައްޖެ

 3. އާހޫ

  އެޢަދަދައް މީހުންއަންނަނީ ކަލޭ އަންބޮޑިތެރެއިން ހެއްޔެވެ. އަދިވެސް ރަށްޔިތުންގުބޯހެއްދުމުގައެވެ.

 4. ދިވެއްސެއް

  2020 ގަ އުޅޭނީ އުދުހިފަ ކަމަށް ވެސް ހީވި.

 5. ޝަޒީން

  މިއަހަރު ކުރީކޮޅުގަ އައިބަޔަކު އައިސް ނިމިއްޖެ.. ދެން އަންނާނީ ހަޔެއްކަ މީހުން.

 6. އަދުލުވެރި

  ފަރުރުވެރިން އަންނާނެ ގައުމުތަށް ހާމަކޮށްދީބަލަ؟