ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2020 ވަނަ އަހަރުގެ އަހަރީ ފީ ނުދައްކާ ހުރި ކުންފުނިތަކުގެ އަހަރީ ފީ ޖުރީމަނާ އާ ނުނަގާ ދެެއްކޭ ގޮތަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ މިއަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާއި ނުލައި މީރާ މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ޑިސެމްބަރު 31ގެ ނިޔަލަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/2،000 ރުފިޔާ ކަމަށާއި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/10،000 ރުފިޔާ އެވެ.

އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރޗް މަސް ނިމުމުގެ ކުރިން ދައްކަންވާނެ ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

އެހެންނަމަވެސް ކޮވިޑް-19 އާ ހެދި ކުންފުނިތަކަށް ލިބުނު ގެއްލުމާއި ގުޅިގެން އަހަރީ ފީ ދެއްކުމުގައިއެ މިނިސްޓްރީން ލުއި ގޮތްތަކެއް މި ވަނީ ހަމަޖައްސާފައެވެ.

ކުންފުނިތަކުގެ އަހަރީ ފީ ނުދައްކާނަމަ ކުންފުނިތައް ގަވާއިދު ކުންފުނި އުވައިލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގެ އަމަލު ކުރާނެ ގޮތުގެ ގަވާއިދު ކަނޑައެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙެޔޮ

    ރައްޔިތުންގެ ހިމާޔަތުގާ އައިބައެކޯ ، ކީއްވާނީ ރައްޔިތުންގ ކަ ރަންޓްބިލްތަކާއި ފެންބިލްތަކުގެ ޖޫ ރިމަނާ ކަނޑާލަން

  2. ޑޮން

    ސައިކު ފީތަކުގެ ޖޫރިމަނާ ކަނޑަންވީނު....

  3. Anonymous

    މީ ހާދަ ހެއްވާ ގޮތެކޭ.. އަހަރެމެން ަެޕްރަިލް މަހު ދެއްކީ ޖޫރޮމަނާ އާ އެކު. އެ ފައިސާ އަނބުރާ ގެނޭ!