ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް ކަމަށްވާ ނަލަދޫ އައިލެންޑް އިން ކޮވިޑް-19 އާއި ގުޅިގެން އިޖުތިމާޢީ ގައިދުރުކަން ބޭއްވޭނެ ގޮތައް، ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެ ރިސޯޓްގައި އެންމެ ރެއެއް ހޭދަކޮށްލުމުގެ އަގަކީ 35000 އެމެރިކާ ޑޮލަރު ކަމަށް މަޝްހޫރު "ފޯބްސް" މަޖައްލާ އިން ބުނެފިއެވެ.

35000 އެމެރިކާ ޑޮލަރަކީ ދިވެހި ރުފިޔާ އިން ބަލާނަމަ 539700 ރުފިޔާއެވެ.

ބައިނަލްއަޤުވާމީ އެތައް އެވޯޑެއް ހޯދާފައިވާ ނަލަދޫ އައިލެންޑް ރިސޯޓް އެންމެ ރެއަކަށް ބައިމިލިއަން ރުފިޔާ އަށް ވިއްކަނީ އެންމެ މީހަކަށެވެ. އެހެންކަމުން ރިސޯޓަށް އަންނަނީ ބައި މިލިއަން ރުފިޔާ ދައްކާ ފަރާތަކާއި އޭނާ ކަނޑައަޅާ ބައެކެވެ.

މިޕެކޭޖްގެ ދަށުން 20 ވިލާއެއް ލިބޭނެއެވެ. ކޮންމެ ވިލާއަކަށް ވަކިން ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. ކޮންމެ ވިލާއެއްގައި އެވިލާއެއްގައި ތިބޭ މީހުން ހަމައެކަނި ބޭނުން ކުރުމަށް ޕޫލެއް ވެސް އޮންނާނެއެވެ.

"ނަލަދޫ އައިލެންޑް ރިސޯޓްގައި ގިނަ މޫދު ކުޅިވަރު ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ. އެހެންކަމުން އެއީ ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް އެކަށީގެންވާ ރަށެކެވެ." ފޯބްސްގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދުކޮށްފައި ވާއިރު، ޖުލައި މަހު އަލުން ފަތުރުވެރިކަން ހުޅުވާލަން އަންނަނީ ތައްޔާރު ވަމުންނެވެ. ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ރާއްޖޭގެ އެންމެ މުހިއްމު މާކެޓަކަށް ވާނީ އެކަހެރިކޮށް ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ މަހުޖަނުން ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

މަހުޖަނުންނަށް އަމާޒުކޮށް ނަލަދޫ ފިޔަވައި އެހެން ބައެއް ރިސޯޓްތަކުން ވެސް އަންނަނީ ޕެކޭޖްތައް ތައްޔާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނުވާ

    ތިރަށަކީ އަސްލު އެހާ ރީތި ބީޗެއްވެސް އޮތް ތެނެއް ނޫން..ވ ގާތައް އޮންނާނީ...ވިއްކިދާނެ

  2. އީސަ

    ރާއްޖެ މީހެއްގައިގަ މިފެން ވަރުހުންނާނެ ބާ؟

    3
    1
  3. މުހައްމާ

    ތިވަރަށް ލާރި ނަގާ އިރުވެސް ކަމެއް ޖެހޭ އިރަށް ލާރިއެއް އޮންނަކަމަށް ނުވޭ

    10
    1