މަޝްހޫރު ސައިކަލު ބްރޭންޑް "ހޮންޑާ"ގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަ ޝީޝާ އިން ސްޕެޝަލް އޮފަަރ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ އަބަދުވެސް ޝީޝާގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު ޕްރޮމޯޝަނެވެ.

ޝީޝާ އިން ބުނީ، މިފަހަރުގެ ޕްރޮމޯޝަން ހާއްސަ ވަނީ އެ ކުންފުނީގެ އައުޓްލެޓްތަކުން ވިއްކާ ހުރިހާ މޮޑެލްއެއްގެ ސައިކަލު ތަކުން ވެސް ޑިސްކައުންޓް ލިބިގެންދާނެތީ ކަމަށެވެ. އެގޮތުން ބައެއް ސައިކަލުތަކުން 9000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށްދާނެއެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް މިހާރު ލުއި ދީފައިވާ އިރު، ޝީޝާއިން ވެސް ވަނީ އާ އާންމު ހާލަތަށް ތައްޔާރުވެފައެވެ. ޝީޝާއިން ވެސް މިހާރު ކަސްޓަމަރުންނަށް ބާރު އަޅަނީ އޮންލައިންކޮށް ހިދުމަތް ހޯދުމަށެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް

އެގޮތުން ޝީޝާއިން ލިބެން ހުރި ހުރިހާ ސައިކަލުތަކާއި އެ ސައިކަލުތަކާއި ބެހޭ މައުލޫމާތު ޝީޝާގެ ފޭސްބުކް ޕޭޖް އަދި ވެބައިސައިޓުން ލިބޭނެއެވެ.

ޝީޝާ އިން ބުނީ، މިގޮތަށް އޮންލައިންކޮށް ހިދުމަތް ހޯދުމުގެ ބަދަލުގައި ކަސްޓަމަރުން ބޭނުންވާނަމަ ޝީޝާގެ އައުޓްލެޓަށް އައުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް

ޝީޝާގެ ބައެއް އައުޓްލެޓްތައް ހިންގަމުން ދަނީ ސާވިސް ސެންޓަރަކާވެސް އެކުގައެވެ. އެއީ މާލެ ހުޅުމާލެ، އައްޑޫ އަދި ކުޅުދުއްފުށީގައެވެ. ކޮވިޑް-19އާ ގުޅިގެން ޝީޝާގެ ސާވިސް ސެންޓަރުތައް ހިންގަމުންދާ މި ރަށްތަކުގެ ސާވިސް ސެންޓަރުތަކުގައި "ޕިކްއަޕް އެންޑް ޑްރޮޕް ސާވިސް"ގެ ނަމުގައި ހާއްސަ ހިދުމަތެއް ވަނީ ތައާރަފްކޮށްފައެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް

ޝީޝާ އިން ބުނީ، ސާވިސް ޗާޖެއް ނަގާ ގޮތަށް ދޭ މި ހިދުމަތުގެ ތެރެއިން ސައިކަލު ރިޕެއާ ކުރުމަށްޓަކައި އެ އައުޓްލެޓްލެޓެއްގައި ހުންނަ ސާވިސް ސެންޓަރަށް ސައިކަލު ގެނެސް ދިނުމާއި، ސައިކަލު ރިޕެއާކޮށް ނިމުމުން، އެނބުރާ ގެންގޮސްދޭނެ ކަމަށެވެ.

މިކަމަށް ޖެހޭނީ އެޕޮއިންޓްމެންޓެއް ހަދާށެވެ. ބުކިން ހެދުމަށް 9643215 އަށް ނަމާއި ފޯނު ނަމްބަރު އަދި ވެހިކަލް ނަމްބަރު ފޮނުވާލާށެވެ. ނޫނީ ވެބްސައިޓް މެދުވެރިކޮށް އެ ހިދުމަތަށް އެދެވޭނެއެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް
ޝީޝާ އިން ވިއްކާ ސައިކަލްތަކެއް - ވަގުތު އިމޭޖްސް: އިމޭޖްސް

ޝީޝާއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އެންމެ ފަހުގެ ބްރޭންޑެޑް ސައިކަލުތައް ވިއްކަމުން އަންނަ ކުންފުންޏެވެ. ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި އެ ކުންފުނީގެ އައުޓްލެޓްތައް ހިންގަމުން ދެއެވެ.