ދިރާގު ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.
ދިރާގުން މިއަދު ބުނީ މިއީ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ދޭން ނިންމި ޑިސްކައުންތަކެއް ކަމަށެވެ.
އެގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބެންޑުން 33% އިތުރު އެލަވަންސް 21 ޖޫން އިން 15 ޖުލައިގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.
އަދި މޮބައިލް ޕޯސްޓްޕެއިޑުން 30% ޑިސްކައުންޓް 16 ޖޫން އިން 15 ޖުލައިގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.
މީގެ އިތުރުން، މަމެން 20% އިތުރު އެލަވަންސް 20 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ޑޭޓާ ބަންޑަލް ތައަކުން ލިބިގެންދާނެއެވެ.
ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.
ރަމަޟާންމަހު 45 ރުފިޔާ އަށް ހުރި 1 ޖީބީ ޕުލަސް 500 އެމްބީ މިހާރު އެހުރީ 63 ރުފިޔާ އަށް، 25 ރުފިޔާ އަށް ހުރި 500 އެމްބީ މިހާރު އެހުރީ 35ރުފިޔާ އަށް، އެހެންވީމަ ކިހާ އަގުހެޔޮ ދޯ، އެއްޗެއް ފެނުނީމަ ލިއަނީ ވާނުވާއެއް ބަލަނީކީވެސް ނުން
ތިޔަ އެލަވަންސު ސޯލިހުއަށް ވެދުމަށް އަރުވަން ފެނޭ އެހެންނާ ފަހެ ވެރިކަމަށް އައީ އިންޓަނެޓު އަގު ހެޔޮކޮށްދޭނަމޭ ބުނެ ދޮގުވައުދު ވެފަ.
ބުހުތާނު ދޮގު. ބައްތިފޯނަކަށް 1500ރފ. އަރައިގެން ހިތަނަނށް ހުޅީމަ ބުނީ އިންޓަރނެޓް އިތުރަށް ބޭނުން ބޭނުން ކުރީމަކަށް އަގު ބޮޑު ވީ.! މީ ރޯދަމަހު ތިބުނާ އޮފަރ ދިނީމަ ވީގޮތް!! ބޮޑުވަރު ދޮހ. ކިހައި ވަރެއް ކާލަންތަ ތިއުޅެނީ! ! ދިވެހިން ފެލަނީ!!
އަދި އިތުރު 25 ޕަސެންޓް އިނގެރޭސި ނޫނީ ގެރި އިންޑިއާ ކުންފުންޏަކަށް ވިއްކާލަން ވީނު!! ދިވެހިން ނުފެލާ!! މިމީހުން ދިވެހިން ވީދައިކަނީ!!
މަގޭ ފޯނު ބިލް ނުދެއްކިގެން ބުނީމަ ކުޑަދުވަސްކޮޅަކަށް ގުޅާދީފަ ދެން އެއްކޮޅު ކަނޑާލާފަ ދުވަސްގަޑެއްގަ ބާއްވާފަ މިއަދު އެއްކޮށް ކަނޑާލައިފި. އެކަމު ސަރުކާރާ އެއްބަސްވެފަޔޯ އޮތީ މި ހާލަތުގައި ބިލް ނުދެއްކުނަސް ފޯނު ކަނޑާނުލަން . މީ ހާލަތު އޮތްގޮތް ވަރަށްސާފު.މީޑިއާގަ ހަމަ ހުސްފޮނި ވާހަކަ ބަހާ އަމަލާ ދިމާނުވާ. ސުުކުރިއްޔާ ދިރާޤު ސުކުރިއްޔާ ސަރުކާރު