ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ކޮސްމެޓިކްސް މޮނޯ ސްޓޯރް ކަމަށްވާ ނޯޓް މޮނޯ ސްޓޯއިން ނޯޓް ސުޕާ ސޭވާ ސީޒަންގެނަމުގައި 200ރ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ނޯޓް އިން މައުލޫމާތުދޭ ގޮތުގައި ޕްރޮމޯޝަންގައި ކޮންމެ 1000ރ އިން މަތީގެ ވިޔަފާރިއަކަށް 200ރ ޑިސްކައުންޓް ލިބޭނެއެވެ. މިޕްރޮމޯޝަން ކުރިޔަށް ދާނީ ނޯޓް މޮނޯ ސްޓޯރގައި އާއި ނިއު އެޑިޝަން ފިހާރައިގައެވެ.

ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްއިން މައުލޫމާތުދީފައިވަނީ، މިޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ކަންބަލުން ބޭނުންކުރާ ނޯޓްގެ ޕްރޮޑަކްޓްތައް ގަނެލުމަށް މިއީ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. ކުރާ ކޮންމެ 1000ރ ގެ ވިޔަފާރިއަކަށް 200ރ ގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ނޯޓްގެ ބްރޭންޑެޑް ސްލިމް ޕޮކެޓް މިރާ: އަތްދަބަހަށް ހައިގެން ނުވަތަ ޖީބަށް ލައިގެން ގެންގުޅެން ފަސޭހަ، ތުނި އަތްމަތީ ފަތްޖަހާލެވޭ ލޯގަނޑެއް ހަދިޔާއަކަށް ލިބޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޯޓް ކޮސްމެޓިކްސްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާ، ނިއު އެޑިޝަން އޮތީ ތައްޔާރަށެވެ. އެގޮތުން ނޯޓު މފިހާރަ އަދި ނިއުއެޑިޝަން ޑިސްއިންފެކްޓްކޮށްފައިވާއިރު، އެ ފިހާރައިން ވިއްކާ އަދި ޑެލިވަރީ ކުރާ ހުރިހާ މުދަލެއްވެސް ޑެލިވަރީ ކުރަނީ ޑިސްއިންފެކްޓް ކުރުމަށް ފަހުއެވެ.

ލޮނުޒިޔާރަތް މަގުގައި ހުންނަ ނޯޓް މޮނޯ ސްޓޯ ހުޅުވިފައި ހުންނަނީ މެންދުރު 1.30 އިން ރޭގަނޑު 9 އަށެވެ. އަދި ހެންދުނުން ރޭގަނޑަށް ނިއުއެޑިޝަނުން ޙިދުމަތް ރައްކާތެރިކަމާއެކު ލިބޭނެއެވެ.

މީގެ އިތުރުން ނޯޓް މޮނޯ ސްޓނޯޓް ހޮޓްލައިން އަށް ގުޅައިގެން ނުވަތަ ވައިބާ އަދި ފޭސްބުކް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 12:00 އާއި ހަމައަށް ތަކެއްޗަށް އޯޑަރު ކުރެވެއެވެ. ނޯޓް ޕްރޮޑަކްޓް އޯޑަރު ދެއްވުމަށް ގުޅޭނެ ނަމްބަރުތަކަކީ 9972727، 9672727، 7483120 އެވެ.

ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ ސްކިން ކެއަރ ޕްރޮޑަކްޓްގެ ބާވަތެއްގެ ގޮތުގައި އުފައްދަމުން އައި ބްރޭންޑެކެވެ. %100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ މި ހަލާލު ޕްރޮޑަކްޓް ބޭނުންކުރުމުން ހަންގަނޑު ރީތިވެއެވެ. ހަމަށް ހާއްސަކޮށް ފުރަތަމަ އުފެއްދި ނޯޓް ބްރޭންޑް ފަހުން ވަނީ ކޮސްމެޓިކްސް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްއިން ވަނީ ގިނަ ބާވަތްތަކެއްގެ ހަމަށް މިންގަންޑުތަކެއް ކަނޑައަޅާ، ގިނަ ބާވަތްތަކެއްގެ ނާޒުކު ހަމަށް، ކޮންމެ ވައްތަރެއްގެ ހަމަކަށް ތަފާތު ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ.

ނޯޓް ކޮސްމެޓިކްގެ އެންމެ ހާއްސް އެއް ކަމަކީ، ނޯޓް ގެ ހުރިހާ ޕްރޮޑަކްޓު ތަކަކީ ވެސް ހަލާލު ޕްރޮޑަކްޓުތަކަށްވުމެވެ. ވަރަށް ގިނަ މޭކަޕް ބްރޭންޑުތަކުގައި އޫރުގެ ބައެއް މާއްދާތައް ބޭނުންކޮށްފައިހުރެއެވެ. ނަމަވެސް ނޯޓް ކޮސްމެޓިކްސްގެ އެއްވެސް އުފެއްދުމެއްގައި މިފަދަ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުހުރެއެއެވެ. އެންމެ ފުރަތަމަ ހަލާލް މޭކަޕް ބްރޭންޑަށް ވުމުގެ އިތުރުން، ނޯޓް ކޮސްމެޓިކްސްގައި އެއްވެސް ނުރައްކާތެރި ކެމިކަލެއްވެސް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ނޯޓް ސުޕާ ސޭވާ ސީޒަން ޕްރޮމޯޝަން ކުރިޔަށްދާނީ ޖުލައި މަހުގެ 15ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯޒް

    އާޗާ ގުޅާލަންވީދޯ

    3
    1
  2. ޖެނިފާ

    ނޯޓް އެއްޗެހި ހާދަ ސަޅިއޭ. މީހަމަ އިންޓަނެޝަނަލް ކޮލިޓީ. ގުޅައިގަން ގަނެވޭތީ ވަރަށް ސަޅި. ޝުކުރިއްޔާ

    2
    1
  3. ކަފަބުރު

    ވަރަށް ފައްކާ

    2
    1