ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ތަރުޚީބާއި އިތުބާރު ހޯދާފައިވާ "ކުކުޅު ފިހާރަ އީ މޯލް" އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފަސް ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިންގާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މިހާތަނަށް އައި އިރު އެ ޕްރޮމޯޝަންގެ ފަސް ހަފުތާ ނިމިފައިވާއިރު، ފަސް ވަނަ ހަފްތާގެ ނަސީބުވެރިއަކީ ނިޝާއެވެ.

ޖުމްލަ ތިން މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ ހޯމަ ދުވަހަކު ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރަ އީ-މޯލްއިން ވިއްކާ ބައެއް ބާވަތްތަކުގެ އަގު މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

އެގޮތުން ބަލާއިރު

  • ކުރިން 22ރ. އަށް ލިބުނު 340 ގްރާމްގެ ޗިކެން ސޮސެޖް، 17ރ. އަށް.
  • ކުރިން 180ރ. އަށް ލިބުނު 2 ކިލޯގެ ޗިކަން ތައި، 160ރ. އަށް.
  • ކުރިން 180ރ. އަށް ލިބުނު 2 ކިލޯގެ ޗިކަން ވިންގް، 150ރ. އަށް.
  • ކުރިން 175ރ. އަށް ލިބުނު 5 ކިލޯގެ ބާސްމަތީ ރައިސް، 165ރ. އަށް.
  • ކުރިން 65ރ. އަށް ލިބުނު 900 ގްރާމްގެ ބީފް ޗަންކް، 59ރ. އަށް.
  • ކުުރިން 140ރ. އަށް ލިބުނު 1 ކިލޯގެ ބީފް ޓެންޑަރލޮއިން 120ރ. އަށް.
  • ކުރިން 120ރ. އަށް ލިބުނު 1 ކިލޯގެ ބީފް ޓޮޕްސައިޑް 95ރ. އަށެވެ.

ކުކުޅު ފިހާރައަށް އާންމުންގެ މަގުބޫލުކަން ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިންގ މޯލްއަކަށް ބަދަލުކުރަން ނިންމާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ.

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ މުހައްމަދު ނަޝާތު ވިދާޅުވީ އީ-މޯލްގެ ޚިދުމަތް މުޅި ރާއްޖެއަށް ލިބޭނެ ކަމަށާއި، އީ-މޯލް މެދުވެރިކޮށް ޝޮޕިން މޯލްއަކުން ލިބޭ ހުރިހާ އެއްޗެއް ލިބެން ހުންނާނެ ކަމަށެވެ.