ނަން މަޝްހޫރު، އިތުބާރު ކުރެވޭ ބްރޭންޑްތަކުގެ މާސްކް "ލިބޭ" އިން ވިއްކަން ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެޑިޑާސް، ޕޫމާ، ކްއިކް ސިލްވާ، ނައިކް ފަދަ ގިނަ ބްރޭންޑްތަކުގެ މާސްކް މިހާރު އެކުންފުނިން ވިއްކަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އާއްމުން ބޭނުން ވާނެ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މާސްކްތައް ފޯރުކޮށްދިނުމަށް. މިއަދުން ފެށިގެން އަޅުކަނޑުމެން އާއްމުން ބޭނުންވާނެ ފަދަ ވަރަށް ފުރިހަމަ މާސްކްތަކެއް ވިއްކަން މިވަނީ ފަށާފައި." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިމާސްކް ތަކަކީ އަޅާލަން ފަސޭހަ އަދި ކޮންމެ މީހެއްގެ މޫނަށް ވެސް ފަސޭހައިން އެޖެސްޓް ކޮށްލެވޭ ގޮތައް ތައްޔާރު ކޮށްފައި ހުރި މާސްކްތަކެއް ކަމަށެވެ.

"ގިނަ ވަގުތު މާސްކް އަޅައިގެން އުޅުމުން ދިމާވާ ދަތިތަކާއި، މާސްކް ހެޔޮވަރު ނުވުމުގެ މައްސަލަ އަށް ހައްލު ލިބިގެންދާނެ މާސްކަކަށް މިއިން ކޮންމެ މާސްކެއް ވެސް ވެގެންދާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" އިން ވިއްކާތަކެތި ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެކުންފުނިން އެދެއެވެ.

"ލިބޭ" އިން ގެންދަނީ ކޮވިޑް-19 ފެތުރެން ފެށުމުން ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާނެ އިތުރު އުފެއްދުންތައް ވެސް ވިއްކަމުންނެވެ. އޭގެ ތެރޭގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ މާސްކްގެ އިތުރުން، ސެނެޓައިޒާ ވެސް ހިމެނެއެވެ.

"ލިބޭ" އިން ވިއްކަމުން ގެންދާ ސެނެޓައިޒާތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލް އުފެއްދުމަކީ އީރާ ބްރޭންޑްގެ ސެނެޓައިޒާ އެވެ. މިބާވަތުގެ ސެނެޓައިޒާ އިން ވަރަށް މީރު ވަހެއް ދުވަހެވެ.

"ލިބޭ" އިން ވިއްކާތަކެތި އިތުރު އަގަކާއި ނުލާ މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.