އަންތަރީސް ވާރުގެ ބޮޑެތި އިނާމުތަކާއި އެކު މިއަހަރު ރެޑްވޭވް އިން ފެށި ރޯދަމަހަށް ހާއްސަ ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ.

މިއަދު ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލްގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ހުރިހާ ނަސީބުވެރިން ވަނީ ހޮވާފައެވެ.

ރެޑްވޭވްގެ މިއަހަރުގެ ރޯދަ ސޭލްއަށް ހާއްސަކޮށް ފައިސާގެ އިނާމުތަކާއި، އަގުހުރި އެތައް އިނާމެއް ހުށަހެޅިއެވެ. މިއަދު ވަނީ އެ ހުރިހަ އިނާމުތަކެއްގެ ނަސީބުވެރިން ހޮވާފައެވެ.

ރެޑްވޭވްއިން ބުނީ، މި ސޭލް އެ ކުންފުނީގެ 11 ފިހާރައެއްގައި ކުރިއަށްގެންދިޔައިރު، އެތައް ހާސް ބަޔަކު މި ސޭލްގައި ބައިވެރިވެފައިވާ ކަމަށެވެ.

އެ ކުންފުނިން މިއަހަރު ކުރިއަށްގެންދިޔަ ރޯދަ ސޭލް މިދިޔަ އަހަރަށްވުރެ ބޮޑުވެފައި ފުރިހަމަކަން ފާހަގަކޮށްލަން ޖެހެއެވެ. މި ސޭލްއަކީ އެ ކުންފުނީގެ ކޮންމެ ފިހާރައަކުންވެސް ކުރާ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ސޭލް އެކެވެ.

އެގޮތުން ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އަށް ހޮވުނު ފަރާތަކީ ސޮއްފަތު އެވެ. އޭނާގެ ކޫޕަން ނަމްބަރަކީ 97451 އެވެ.

އޭނާއަށް 100،000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، 5 ނަސީބުވެރި ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިއަދު ވަނީ 75 އިންޗީގެ ޓީވީ، ފަސް ފަރާތަކަށް ދޭ 55 އިންޗީގެ ޓީވީ އަދި 10 ފަރާތަކަށް ދޭ 49 އިންޗީ ޓީވީގެ ނަސީބުވެރިންވެސް ހޮވާފައެވެ.

ހަމައެއާއެކު ސޯފާ ސެޓާއި އަގުހުރި އެހެނިހެން އިނާމުތައް ހިމެނޭ ގޮތަށް އިތުރު 10 ފަރާތެއް ގުރުއަތުލުންވެސް މިއަދު ކުރިއަށް ގެންގޮސްފައި ވެއެވެ.

ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ހާއްސަ ސޭލްއެއް ކުރިއަށްގެންދެއެވެ. އަދި މި ސޭލްގައި ބައެއް އައިޓަމްތަކުން ޑިސްކައުންޓްވެސް ދެމުން ގޮސްފައި ވެއެވެ.

ރެޑްވޭވް އަކީ ތަފާތު ގިނަ ވައްތަރުގެ މުދާ އެއް ތަނަކުން ލިބޭ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިޓް ފާޒިލް

    އަޅޭ!! ޝަރުމީލާއެއް ނޫންތަ؟ 🙁

  2. އަންނި

    ވަރައްދެރަކޮއް ދިމާވިކަމެއް އަތުގަ އެބައިން 14 ކޫޕަން ކޮޅު ނުލެވި ، ކޮވިޑުގެ ސަބަބުން ނުލެވުނީ.